އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ދިނުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުން އޮޅުވާލާފައިވާ ކަމަށް، މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ބުނެފިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ކުޑަ އުޖޫރައާ އެއްވަރަށް ސިވިލް ސާވިސް މުވައްޒަފުންގެ އަސާސީ މުސާރަ އިތުރު ކުރެވެން ދެން އެ މުވައްޒަފުންގެ ކުޑަ އުޖޫރަ ހަމަޖައްސަން އެލަވެންސެއް ދޭން ވަނީ ނިންމައިފައެވެ.

އެމްޓީޔޫސީން ނެރުނު ބަޔާނެއްގައި ސަރުކާރުގެ އަމަލު ސިފަކޮށްފައި ވަނީ ވޭޖު ބޯޑުގެ ނިންމުމާ ޚިލާފު އަމަލެއްގެ ގޮތުގައެވެ.

މިނިމަމް ވޭޖު ދިނުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުން އޮޅުވާލާފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެމްޓީޔޫސީން ބުންޏެވެ.

‎‏"ނިގުޅައިގަނެވިފައިވާ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއްކޮށް އަޑު އުފުލުމުގައި ޔޫނިއަނައިޒްވެ އާ ހިތްވަރާއި އެކު އެކުގައި ކޮޅަށް ތެދުވުމަށް ހީވާގި މަސައްކަތްތެރިންނަށް ގޮވާލަން،" އެމްޓީޔޫސީން ބުންޏެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ބޭފުޅުން ވިދާޅުވި ގޮތުގައި، އެ ގޮތަށް ނިންމި ސަބަބަކީ، މި ވަގުތު މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ހުރުމުން އަސާސީ މުސާރައަށް ވަގުތުން ބަދަލު ގެނައުން ދަތިވާނެތީއެވެ.

މިނިމަމް ވޭޖު އެލަވެންސް ދޭން ފެށުމުން 11،800 އަށްވުރެ ގިނަ މުވައްޒަފުންނަށް މި އެލަވެންސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިދަޖެހުނީ

  ބަލަ މިއީ ވައުދުނުފުއްދޭ ނާގާބިލް ބަދަލްދޭސަރުކާރު ހުރިހާ ވަޒީރުން ޖީބުފުރާސަރުކާރު ސިވިލްސާވަންޓުނައް ފުރައްސާރކުރާސަރުކާރު ކޮބައި މިހާރުސިވިލްސާވަންޓް ބާރައްއައްޖާ މޮލުތަކެއްވެތަ؟؟ އަމަލާބަހާދިމާނުވާސަރުކާރު ގައުމުހަޒާނާ ހުސްކޮއްލިސަރުކާރު؟؟މިހާރުވެސް ސިޔާސީ މަގާމުތައްމުސާރަ ސާޅިހާސް ދެރަމީހާއައް ދުއިސައްތާގެއަދު ބާރައްއައްޖަހާ /؟؟މިފަހަރު ހިޔާފުލެޓްމިކަން ދައްކާނައްވޯޓުން؟؟

  27
  1
 2. ކަނބުލޮ

  މިނިމަމް ވޭޖް އެއް ނޫން އެލަވަންސެއް އެވެސް ވަކި ބަޔަކަށް. މީ ވަރަށްބޮޑު އޮޅުވައިލުމެއް.

  29
  1
 3. އިއްމަ

  ތިޔަ ކުރިއެރުމުގެ މިންވަރު 2023ގައި ފިސާރި ދައްކާލާނަން!!!

  10
  1
 4. މާމީ

  ސޯލިހު ދެން އިސްތިއުފާ ދޭންވީ ދޯ ރައްޔިތުންނައް ވަރައް ކަންތައް އޮޅުވާލާ ރައްޔިތުން ބަނޑައްޖެއްސިއްޖެ

  9
  1
 5. އޮޅުވާލިވޭޖު

  ޝިފްޓްއެލަވަންސް ދޭތީ މިނިމަމްވޭޖް ނުލިބޭ ހަސްފަތާލުމީހުންންނަކަށް. ދެންމިވާގޮތަކީ ސަލާމެއްބުނެފިނަމަ ނުވަތަ އަހަރީ ޗުއްޓި ނަގައިފިނަމަ މިނިމަމްވޭޖް ހަމައެއްނުވޭ.

  7
  1
 6. ކަދުރު

  ސިވިލް ސާޓުންނަކީ ކޮންބައެއް؟