ހަމަނުޖެހުންތައް ހިންގަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެނގިވަޑައިގަންނަވާތީ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައިވާއިރު ހުޅުމާލެ އަށް މިއަދު ވަޑައިގެންނެވުމުން އޭނާ އަށް ހަމަލާދޭން ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ.

އިބޫ އަށް ރައްކާތެރިކަން ދީފައިވަނީ އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީންނެވެ. އިބޫ ވަނީ ފަހުން ސެކިއުރިޓީންގެ އެހީތެރިކަމާއެކު ވެހިކަލެއްގައި ގެންގޮސްފައެވެ.

މި ކަންތައްތަކާ ގުޅިގެން އިބޫ ވިދާޅުވީ އޭނާއަށް ދޭ ހަމަލާއަކުން ކެމްޕެއިންގެ ހަރަކާތައް ނުހުއްޓުވޭނެ ކަމަށާއި އިދިކޮޅު ކޯލިޝަން ނިކުމެ އޮތީ ރާއްޖެ އިން އަނިޔާވެރިކަމާއި ބިރުވެރިކަން ނައްތާލުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބުވެސް ކުރައްވާނެ ކަމަށާއި އެ މިފަދަ ކަންތައްތައް ކުރިމަތިވީ ނަމަވެސް ފަސްޖެހުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތުގައި ކުރިއަށްދާނީ އެގޮތަށް ކުރިމަތިވާ ހަމަލާއަކަށް ފަސްޖެހުމެއް ނެތި" އިބޫ ވިދާޅުވިއެވެ.

މިއަދު ފެނިގެން މިދަނީ ރައީސް އަބްދުﷲ ޔާމިން އިންތިހާބުން ބަލިވެފައި އޮތްތަން ކަމަށާއި މިފަދަ ކަންކަން ކުރައްވަނީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންތިހާބެއްގައި ވޯޓުލައިގެން ރައީސް ޔާމިނަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަން އެނގިވަޑައިގަތީމަ ދެން ކުރައްވާ ކަންތައްތައް އެ ކުރައްވަމުން އެ ގެންދަވަނީ،" އިބޫ ވިދާޅުވިއެވެ.

ހުޅުމާލެ އަށް އިބޫ ވަޑައިގެންނެވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. ހަމަނުޖެހުމެއް ހިނގި ނަމަވެސް އެ ހަރަކާތް އިބޫ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ އިތުރުން ދާދިފަހުން އިބޫ ވަނީ މާލޭގަ އާއި ވިލިމާލޭގެ ރައްޔިތުންނާއި ވެސް ބައްދަލުކުރުމަށް ހަރަކާތެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހެވެންޓްއައި

    ހަމަނުޖެހުންތައް ހިންގަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އެނގޭތީއޭ އެހެންތޭ ހިންނަވަރޭ ރަށަށް ދޭބަލަ ދެން ތަމެން ނުޖެހޭނެއޭ މާލެ ސަރަހައްދުގެ ގެތަކަށް ޑޯރ ޓު ޑޯރ ޖައްސަން ތަމެންނަށް ނޭގެނީތޭ އެކަން ހިންނަވަރޭ ދަ ރާއްޖެތެރެއަނޭ ތަމެން މާލެ ސަރަހައްްދުގެ ގެތަކަށް ޑޯރ ޓު ޑޯރ ޖެއްސި ނަމަވެސް ތަމެން މާލެ ސަރަަހައްދަށް ކޮށް ދޭނެ ކަމެއް ނެތޭ އިއުލާން ކޮށްފައި އަދި އެއް ދެން ތަމެން މަނިފެސްޓޯ ގައި ވެސް ލިޔެފައި އޮތީ ދަ ގަމާރުއަންސް އުޅޭ ދަ ރާއްޖެތެރެއަނޭ މެންނަށޭ ހުރިހާ ކަމެއް ކޮށް ދޭން ކޮން ޖޫނިއަރ ކޮލެޖްސް ތަކެއް ތޭ ކޮން ފާލަން ތަކުން ރަށް ތައް ގުޅުވާލަން ތޭ ކޮން ދަތުރު ފަތުރުގެ ނިޒާމެއްތޭ ދަ ރާއްޖެތެރޭގައި ގާއިމް ކުރަންވީ 15 ހާހުން ދަށުގެ އާބާދީ ތައް މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ ކޮން ޖަޒީރާ ރާއްޖެ އެެއްތޭ ޖަޒީރާ އޮޅާލަބަލަ އޮޅާލާ ޖަހާބަލަ ހިންނަވަރޭ ގެ ބެކަށް އަދި ބީތާއިން ތައް ކޮންމެ ރެއަކު މަނިފެސްޓޯ ސައްލާ އޭ ކިޔާ މާލޭގައި ހުރި ބާރުތައް ނަގާ ވަގުން އުޅޭ ދަ ރާއްޖެތެރެއަށް ދޭން ގޮވާނަގައޭ އެއިރުން ރާއްޖެތެރޭގައި ނޯންނާނެއޭ އެއްވެސް އިންސާފެއް އޮންނާނީ މުޅިންވައްކަން ކުރުމޭ އެކަން އެނގުނެއް ނޫންތޭ ދަ ރާއްޖެތެރޭގެ ރަށުކައުންސިލް ތަކުން ވަގަށް ގޯތި ވެސް ދީފައި އެބަހުއްޓޭ ރަށްރަށުން ބަދަވިން ތައް ލާމު އަތޮޅު ގަން އެއީ މިސާލޭ. ތަމެން ޑޯރ ޓު ޑޯރ ޖައްސަން ރަށަށް ދޭބަލަ ރަށަށް ރަށަށް ދޭބަލަ ދެން. ޑޯން މެސް އިޓް އަޕް ޓޯކިންގް ޖަޒީރާ ނޮންސެންސް ގެޓް އައުޓް ޑޯން ގޯ ލުކިންގް މީ ވިދް ދެޓް ލުކް އިން ޔުއަރ އައިޒް އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ސިކްސް ތައުޒަންސް ޓައިމްސް މާލެ ސަރަހައްދުން ފެެއްސެން އުޅޭށޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން ކޮން ބައްލަވާ އެެއް ތޭ ހޭވް ޔޫ ގޯން ނޯ ޝޭމް ޔޫ ލުކިންގް ސޯ އިންސޭން ސޯ ޑޯން ގޯ ލުކިންގް މީ ވިދް ދެޓް ލުކް އިން ޔުއަރ އައިޒް އައި ޓޯލްޑް ޔޫ ވަން ޓޫ ތްރީ ފޯރ ފައިވް ސިކްސް ތައުޒަންސް ޓައިމްސް މިތަނުން ފެއްސެން އުޅޭށޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ހެވެންޓް އައި މޭޑް އިޓް އޮބްވިއަޒް ހެވެންޓް އައި މޭޑް އިޓް ކްލިއަރ ހަހަހާހާހާހާ ހަހަހާހާހާހާ ހާހާހާހާހާހާ ހޮހޮހޮހޮހޮ..

  2. ޖަލީލް

    ޑްރާމާ ޖައްސަނީ އޭ ކަލޯމެން.

  3. އާފިޔާ

    ކަލޭމެން އަމިއްލައަށް ކަންކޮށްފަ އެހެންމީހުން ބޮލުގަ ނާޅުވަ...ތިޔައީ މުނާފިގުންތަކެއް

  4. ފަޒީލާ

    ކަލޭމެންނަށް ކާމިޔާބު ނުވާނެކަން އިނގޭތީ މީހުންގެ ހަމްދަރުދީ ހޯދަން ޖައްސާ ސްޓަންޓް

  5. Anonymous

    ކޯންޗެކޭ ތިކިޔަނީ؟ އދ އިން ވަފުދު އައިމަ އެމް.ޑީ.ޕީގެ ޑްރާމަ ތިފެށީ. މަކަރުވެރިން މަކަރު ހަދާ! ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތް. ކަލޭމެންގެ ތިހުރިހާ މަކަރެއް ބަލިކުރައްވާނެ.

    • ބުރުމާ

      ޔަޤީނޭ ބޮޑު މަންޒަރު ދައްކަން ހަމަ

  6. މަރިއްތަ

    ތިޢީ އިބޫމެން ރާވައިގެން އދ ގެ ވަފުދަށް ދަޢްކަން ކުރި ނުބައި މަކަރުވެރި އަމަލެއް. ކާކު ތިއީ ހަމަލާދޭން. އަލަށް މިގައުމުގެ މަގުމައްޗަށް ނުކުތް މީހެއްތަ؟

  7. ރަނދަ

    ތިޔަފަދަ ޢަމަލު ތަކަކީ ޕީ.ޕީ.އެމް. އާއި ގުޅޭ ކަންކަމެންނޫން. އެކަން މާޒީގައި ހިންގާފައިވާ ކަންކަމުން ވަރަށް ރަނގަޅަށް އެނގި ސާފުވޭ. ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ދީފައިވާ އަނިޔާއާއި، ގެއްލުމުންވެސް އެކަން ސާފުވެ ހާމަވޭ. ވަރަށްދަލާމް.

  8. ފެއްސޭ

    ހަމަނުޖެހުންތައް ހިންގަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އެނގޭތީ ކަމަށް ތަމެން ހިންނަވަރޭ މެންނަށް އިނގޭ ނަމަ ދެން ތަމެން ކޮންމެހެން ދަ ރާއްޖެތެރެއަނޭ އަކު މާލެ އަށް އަރައިގެން މާލެ ސަރަހައްދުގައި ސްޕެޝަލީ މަމެން ޕިންކީންގެ މިލްކިއްޔާތެއް ކަމުގައިވާ މާލެ ހުޅުމާލެ އަދި ވިލިގިލި އަދި ގުޅިފަޅު އަދި ތިލަފުށީގައި ޑޯރ ޓު ޑޯރ ކެމްޕެއިން ޖައްސަން ހިތަށް އެރީ އެއީ ކިއެއްވެތޭ ތަމެން މާލެ ސަރހައްދަށް ކުރި ކަމެއް ނޯންނާނެއޭ ގަންޖާބޯ ވަގުކަލޭގެ ވެރިކަމުގައި. ކުރިއްޔާ ކުރީ ވައްކަމޭ މާލޭގެ ބިން ތައް ޓާޓާ އަށް ވިއްކައިގެން އެއްގޮތަަކށް ވެސް އެމްޑީޕީ އަށް މާލެ ސަރަހައްދުގައި ކެމްޕެއިން ކުރުމުގެ ފުރުސަތެއް ދީގެން ނުވާނެއޭ ސަބަބަކީ އެއީ އެމެންނަކީ އެއީ ރާއްޖޭގެ އިގްތިސާދު ފުނޑާލައިގެން ރާއްޖޭގެ ވެރިކަމަށް އަންނަން އުޅޭ ނަގޫކެނޑިން ތަކެކޭ ސްޕެޝަލީ މާލެ ސަރަހަައްދަށް ނިސްބަތްވާ ފުރަމާލޭގެ ވިޔަފާރި ވެރިން ގެ އެކައުންޓްސް ތައް އީޔޫ މެދުވެރިކޮށް ފްރީޒް ކޮށްގެން މާލޭ މީހުން ބަނޑަށް ޖައްސާލައިގެން ވެރިކަމަށް ފާވާން އުޅޭ މަސްކައްކާ ހިންނަވަރޭ އެކޭ ނުޖެހޭނެއޭ މާލެ ސަރަހައްދުން ތަމެންނަށް ކެމްޕެއިން ކުރަން ފުރުސަތު ދޭން ތަމެން ދަގަ ތަމެންގެ ރަށަށް ކެމްޕެއިން ކުރަން ފެެއްސެން އުޅޭ ހިންނަވަރަށް ޑޯރ ޓު ޑޯރ ކެމްޕެއިން ޖައްސަން. ފެއްސޭ ފެއްސޭ ފެއްސޭ...

  9. ސިއްތިޔައްތަ

    މޮޔަނުގޮވާ ! ތިތިބީ ރާވައިގެން! ކަލޭމެންގެ ބައެއް އެކަންކުރީ! ކަލޭމެން ބުނެގެން!

  10. ހުސޭނުބޭ

    އިބޫ! އެހެންވިއްޔާ 8 ނޮވެންބަރުގައި ކަލޭގެ ޕާޓީގެ މީހުން މުޅި ރާއްޖޭގައި ހުޅުޖެހީ ކޮންތަނަކު އޮތް އިންތިޚާބެއް ކާބުކުރަންތަ؟

  11. ފާގަ

    އިބޫ އަށް މާތާއީދެއް ނެތީމަ ޖައްސާލި ޑްރާމާޔަކާ ވައްތަރީ. ލޮނު މަޑު ކުޅި މަޑު ރިހަ އެއްޗަކަށް ކިތަންމެ ވާރަކަށް ކާކުލަ އެޅިޔަސް ލޮނު ވެސް ކުޅިއެއްވެސް ގަދައެއް ނުވާނެ.

    • ބުރުމާމަ

      ކިތަންމެ ވަރަކަށް ޑްރާމާ ކުޅުނަސް ތާޢިދެއް ދެން އިތުރުނުވާނެ ވިޔަސްވަނީމަދު، އެއްލަކިން ޔާމީން - ޝަހީމް 2018 އިންޝާﷲ

  12. ހޫން

    ތި ބޭފުޅާާ އަށް ކާާމިޔާާބު ނުވާާނީ. ދެން ލަލަލަ.ހިތުން މީނަ ވަރު މީހެއް ނެތް..

  13. އިއްބެ

    އިބޫ، ނޭމާގެ އެކްޓިންވެސް ތިޔަށް ވުރެ އަސްލު

  14. ބުރުގާ

    ކަލޯމެންގެ ރޭވުން. ފޮޓޯ ކޮޅެއް ނަގާލާ ވީޑިއޯ ކޮށްލަންކުރާ ކަމެއް....

  15. އަންނި

    އަނިޔާވެރިކަމާއި ބިރުވެރިކަން މިޤައުމުން ނައްތާލާކަމަށް ވަނީނަމަ އެމް.ޑީ.ޕީ އުވާލާ އޭރުން އިތުރުކަމެއް ކުރާކަށް ނުޖެހޭނެ، މިހުރިހާ ނުބަޔަކީ އެމީހުން