އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރި، އިމަޖެންސީ ރޫމު ބޭނުން ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު މުހައްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ވޯޑުގައި ހުރި 32 އެނދު ފުރި މިހާރު ބައެއް ކުދިންނަށް ފަރުވާ ދެނީ އެމަޖެންސީ ރޫމުގައި ކަމަށެވެ.

"މި ކަން ހައްލު ވާނީ ރަށްތަކުގައާއި މާލެ ސަރަހައްދުގެ ސަރުކާރުގެ އެހެނިހެން ތަންތަނުގައި ބަލިތަކަށް ފަރުވާ ދެވިގެން، ފައިސަލް ލިޔުއްވާފައިވެއެވެ.

އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލަކީ މާލެ ސަރަހައްދުގައި އާސަންދައިން 100 ޕަސެންޓް ކަވަރު ކޮށްދޭ ގޮތަށް ބޭސްފަރުވާގެ ޚިދުމަތް ދެމުން އަންނަ ހަމައެކަނި ދެ ތަނެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ނެތުމުން އައިޖީއެމްއެޗްއަށް އަބަދުވެސް ބާރު ބޮޑުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިވާހަކަ ނުދައްކާ މިހާރުވެސް ވެއިޓް ލިސްޓުގަ އޮންނަތާ ދެމަސްވެގެން މިދަނީ.

    10
  2. މަތަރަސްމާ

    މިސަރުކާރުންވަނީ ސިއްހީހިދުމަތްވަނީފޭލީވެފައި ކޮބައިކެރަފނަސީމު ކޮބައިރައީސްމީހާ އާއަހަރުފާހަގަކުރަނީދޯ؟؟ ފަގިރުމީހާ ހިދުމަތްނުލިބިފައި ސަރުކާރުވެރިން ޑާސްކުރަނީއާއަހަރައް ދެންމަވާ ދެހާސް ތޭވީސް މިވެރިންނައް

    13
  3. އަހުމަދު

    ހޯރަ އިއްބެ ގެނެސް އެތަނަށް ވައްދާ. ޖާހިލު ސަރކާރު.

  4. ކޮރަލް

    މިނިސްޓަރު އިސްތިއުފާ ދޭން ވީ އެވެ.

  5. ކެރަފާ

    ކެރަފނަސީމު އާއި ސޯލިހަށް ސަލާމް..
    1 މަސް ކުރިން އޮޕަރޭޝަން ކުރަން އެޕޮއިންޓް މެންޓް ހޯދާ އެތާރީހުގައި ބަަލިމީހާ ހޮސްޕިޓަލްގައި އެދުމަތި ކުރުވާ މުޅިދުވަހު ބޭއްވުމަށްފަހު މިބުނަނީ ހޭނައްތާ ޑޮކްޓަރަކު މެންދުރު ފަހުގައި ނުހުރެއޭ، އެމަޖިންސީ ކޭސްތައް ގިނައީއޭ ކިޔާފައި ބަލި މީހާ ގެއަށް މިފޮނުވާލަނީ .. ދެން ބުނަނީ 1 ހަފުތާ ފަހުން އަންނާށޭ. ކޮބާތަ ބަލިމީހާގެ ހައްޤު، މިމީހުން އިނގިލި ކުރީގާ ރިއްސާލިއަސް ފުރައިގެން ސިންގަރޕޫރަށް ދާންވީ. އެއްކަލަ ރާއްޖެތެރޭމީހާ ވޭނުގައި އުޅެން މިޖެހެނީ، މިކަންކަން ހައލެއް ނުކުރެވޭނެ ދުވަހަކުވެސް،