އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ހުޅުމާލެ އަަށް ވަޑައިގެންނެވުމުން އޭނާ އަށް ދޭން އުޅުނު ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އިބޫ އަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް އިން ނިކުތްތަނާއެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ހިތްހަމަނުޖެހުން ފާޅުކުރި މީހަކުވަނީ އިބޫ އަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ވީޑިޔޯތަކުން ފެންނަނީ ބަޔަކު އެސަރަޙައްދުގައި ހަމަނުޖެހުން ހިންގާތީކަން ފާހަގަކޮށްލެވެއެވެ.

އިބޫ އަށް ރައްކާތެރިކަން ދީފައިވަނީ އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީންނެވެ. އިބޫ ވަނީ ސެކިއުރިޓީންގެ އެހީތެރިކަމާއެކު ވެހިކަލެއްގައި ގެންގޮސްފައެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަދު ބަޔަކު ވެގެން ހިންގި މި އަމަލު ކުށްވެރިކުރާ ކަމަށާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅޭފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް މި ބަޔާނުގައި އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ހުޅުމާލެ އަށް އިބޫ ވަޑައިގެންނެވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. ހަމަނުޖެހުމެއް ހިނގި ނަމަވެސް އެ ހަރަކާތް އިބޫ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ އިތުރުން ދާދިފަހުން އިބޫ ވަނީ މާލޭގަ އާއި ވިލިމާލޭގެ ރައްޔިތުންނާއި ވެސް ބައްދަލުކުރުމަށް ހަރަކާތެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގިވްއިން

    އިބޫ އަށް ދޭން އުޅުނު ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި ނަމަ މަމެން ކުށްވެރި ކުރަމޭ އިބޫ އާއި ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ރާއްޖޭގެ ސްޕެޝަލީ ފުރަ މާލޭގެ ވިޔަފާރި ވެރިންގެ އެކައުންޓްސް ތައް އީޔޫ މެދުވެރިކޮށް ފްރީޒް ކޮށްގެން އެފައިސާ އިބޫގެ ކެމްޕެއިނަށް ޔޫރަޕްގެ ބޭންކްސް ތަކުގައި ތިބޭ ވަގުން މެދުވެރިކޮށް ނަގައިގެން ބޭނުން ކުރަން އުޅޭތީވެ އެއީ މަމެން ކުށްވެރިކުރާ ކަމެކޭ. އިބޫ މެން ދެން މާލެ ސަރަަހައްދުގައި ޑޯރ ޓު ޑޯރ ކެމްޕެއިން ޖެއްސުން ހުއްޓާލަންވީއޭ ތަމެން ދަގަ ދެން ދަ ރާއްޖެތެރޭ އައްޑޫ ފަދަ ރަށަކަށް ޑޯރ ޓު ޑޯރ ޖައްސަން މާލެ ސަރަަހައްދަކު ތިކަމެއް ނުވާނެއޭ. އެމްޑީޕީން އީޔޫ މެދުވެރިކޮށް މަމެންގެ ސަރުކާރުގެ ވެރިންނާއި ފުރަމާލޭގައި ވިޔަފާރި ކުރާ ވިޔަފާރި ވެރިންނަށް ދަތި ކުރާނަމަ ދެން ތަމެން ހަނދާން ނައްތާލާ މާލެ ސަރަހައްދުގައި ކެމްޕެއިން ކުރުން ހަނދާން ނައްތާލާ އޯއް ޓްރައި ޓު އަންޑަރސްޓޭންޑް މީ ބިކޮޒް ޔޫއާރ ދަ ވަންސް ހޫ ޑިޑް އިޓް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  2. ފާގަ

    މިއަދު ނެރިނު ބަޔާން ރޭގަ ލިޔެފަދޯ އޮތީ ؟

  3. ޢަހުމަދު

    ޙަޖަމުނުވީދޯ

  4. މަކަރޭ

    އަމިއްލަ އަށް ކަޅުތެޔޮ ޖަހަަފަ، ނަސީމު ދާންވީނު ފޮޓޯ ހިފައިގެން އިޔޫ އާ އެމެރިކަާއަށް. ދަތިކުރިމުގެ ފިޔަވަޅު އަވަސްކުރޭތޯ.

  5. މަހަށްދޭބަލަ

    ފަސް ޖެހުމެއް ނެތް، ދާނީ ކުރިއަށް ކަމަށް ތަމެން ބުނި ނަމަވެސް ތަމެންނަށް މާލެ ސަރަހައްދުން 2000 ވޯޓް ވެސް ނުލިބޭނެއޭ ތަމެން ބަލަން ތިބެއްޗޭ މާދަމާ އަކީ ދަފްތަރު ހުޅުވާލާ ދުވަހޭ ހުޅުވާލުމާއި އެކު ދެން ފްލެޓްސް ތަކަށް އެދޭ ހުރިހާ މީހުންނަށް 2019 ވަަނަ އަހަރު ނިމުމުގެ ކުރިން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން މަމެން އެމެންނަށް ހަވާލު ކުރާނަމޭ. ތަމެން ޖެހޭނީ މިފަހަރު ރިޔާސީ އިންތިޚާބުގައި މަހަށް ދާން މަހަށް މަހަށް މަހަށް ދޭބަލަ..

  6. ޑިމޮކްރަޓިސްޓް

    ރައީސް ޔާމީނުގެ ވެރިކަން ވައްޓާލަންބަޔަކު އުޅުން އަހަރުން ކުއްވެރިކުރަން!

  7. އެމްޑީ

    ހަޖަމު ކުރާން ދަސްކޮއްބަ..

  8. އާބިދާ

    އީޔޫ އިން އަދި ތިކަމެއް ކުއްވެރި ނުކުރޭތަ؟ ފޮޓޯ އަދި ނުފޮނުވެނީތަ؟

  9. ބުރުމާ

    މައިންތިޒާރު މިކުރަނީ އިޔޫގެ ބަޔާނަކަށް ކީކޭތޯ އެމީހުން ބުނަނީ، އަދި ފޮޓޯ ނުފޮނުވޭ އުތަ...؟؟؟