މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަރުން އެންމެ ވިދާލި އެއް ލަވަކިޔުންތެރިތާ އިބްރާހީމް ވަހީދު އުސްމާން (ބޮޑުބެ) ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ޕާޓީއަށް ސޮއިކުރިއިރު، އެ ފޯމް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއެވެ.

ބޮޑުބެއަކީ މިހާރު ހަބޭސް ބޮޑު ބެރު ޓީމްގެ ލީޑް ވޯކަލިސްޓެވެ.

ބޮޑުބެ އައިޑޮލް އިން ކަޓައިގެން ދިޔައީ ގަދަ ފަހަކަށްވެސް ދަތުރުކުރުމަށްފަހުއެވެ. އޭނާ އަކީ އައިޑޮލްގައި ވިދާލި ތަރިންގެ ތެރެއިން މިއަދު ފަޑުވުމެއްނެތި އަދިވެސް ވިދަމުން އަންނަ އެއް ތަރިއެވެ.

މި ދުވަސްކޮޅު ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ ޕީޕީއެމްއާ ގުޅެމުންނެވެ. އެގޮތުން ރޭ ވެސް އިތުރު ޒުވާނުންތަކެއް ޕީޕީއެމްއާ ވަނީ ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    މަރްޙަބާ. ބޮޑުބެ ތިޔައެޅީ ރަނގަޅު ފިޔަވަޅެއް.

    • ރިޒުނާ

      ކަލޭނޭ މިރާއްޖޭގެ ގިނަ ޒުވާނުން މިހާރު ސަޕޯޓުކުރަނީ ޔާނުއަށް

  2. ގާސިމް

    މަރްޙަބާ. ބޮޑުބެ