މާލެ އާއި ހުޅުލެއާ ދޭތެރޭ ހަދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕާ ސްޓްރަކްޗާ ގުޅާލައި ނިންމައިފިއެވެ.

އެކަން ނިމިއްޖެކަން މިއަދު ރައީސް އަބްދުﷲ ޔާމީންވެސް ވިދާޅުވިއިރު، ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒުވެސް ވަނީ ޓްވިޓާ މެދުވެރިިކޮށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ، އެމަނިކުފާނަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ބަޔަކު ފާޑުކީ ކަންތައް އެ އޮތީ ނިންމަވާފައި ކަމަށެވެ. އަދި އެ "ބްރިޖް މަތިން މިހާރު ހުޅުލެއަށް އެއްވެސް ދަތިކަމަކާ ނުލާ ދަތުރުކުރެވޭނެ" ކަމަށްވެސް މިއަދު ރައީސް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މަލެ އާއި ހުޅުލެއާ ގުޅާލެވިއްޖެކަމަށް ވިދާޅުވެ މިއަދު ޓްވީޓް ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ، މާލެ އާއި ހުޅުލެ ގުޅާލެވުމުން ދެން އޮންނާނީ ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމާއި ވެހިކަލް ދަތުރުތަކަށް ލޭންތައް ހެދުމާއި ލައިޓު ޖެހުން ފަދަ ކަންކަން ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓަރ މުއިއްޒު މީގެ ކުރިން ވިދާޅުވިގޮތުގައި، މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބްރިޖް އަންނަ މަސް ނިމުމުގެކުރިން ހުޅުވާނެއެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަމީދު

    ނުބަލަންހުއްޓަސް ބެލޭއެއްޗެއް ނާރަންބުންޏަސް އަރާނެއެއްޗެއް ކޯންެއެއްޗެއް؟

    • ސަމް

      ބުރިޖް ހެހެހެހެ

  2. ޢަބްދުﷲ ސަޢީދު ހުޅުމާލޭ ޚައިރާތު

    ޝުކުރިއްޔާ!

  3. ހައްވަ

    ޝުކުރިއްޔާ ރައީސް ޔާމީން.

  4. ހައްހާ

    މިކަހަލަ ތަންތަން ފެންންޏާ، ނަސީދު މެންނަށް އަމިއްލަ އަތުން އަމިއްލަ ގައިގާ ކަޅުތެޔޮ ވެސް ހޭކޭނެ. އަނެއްކާ އދ އާ އީޔޫ ގައިގަ ނު ހާކާތި.

  5. އާބިދާ

    އަންނި ނޭޅޭނެޔޭބުނި ބުރިޖު އެއޮތީ އަޅާފަ........

  6. ހާނީ

    ކެނެރީގޭ މުޙައްމަދު ނަޝީދު ދެން ލަލަލަލަލަލަލަ. ހިނި ނާދޭތަ އަޅެފަހެ. މަ ހީހީ ހލާކު. ނަޝީދު ރާއްޖެ އަންނަ ފުލައިޓް ޖައްސާނީ ދެން ބުރިޖްމަތީގަ. ދެންއޮންނާނީ