ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ މީހެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޑރ.ޝަހީމު ރައްދު ދެއްވައިފިއެވެ.

ނަޝީދުގެ އެ ވާހަކަތަކަަށް ރައްދުދެއްވައި ޑރ ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ.

"ސައުދީ އަރަބިއްޔާއަކީ އެތަށް ޒަމާނެއް ވަންދެންވެސް ރާއްޖެ އާއި ގާތް ގުޅުން ބާއްވާ އެކުވެރި ބޭބެއެއް ފަދަ ގައުމެއް, ސައުދީ އަރަބިޔާ އަކީ ނިރުބަވެރިކަމާއި ހައްދު ފަހަނައަޅައި ދިޔުމާއި ދެކޮޅަށް އަބަދުވެސް މައްސަކަތް ކުރާ ގައުމެއް" ޑރ ޝަހީމު ވިދާޅުވިއެވެ.

އަރަބި ބަހުން ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކުރައްވާ ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޑރ.ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.

މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.

އެހެންނަމަވެސް، މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.

ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ގެ މައްސަލައެއްގައި ޖަލު ހުކުމެއް ކުރައްވާފައިވާ އަދި އެޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ނަޝީދު އަކީ ބޭރުގެ ބައެއް ފަރާތްތަކުގެ ރުހުން ހޯއްދަވަން، ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައްވެސް އުޅެމުންދާކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތިއީ މުޑުދާރު ދޮގުހަދާ މީހެއް

  2. Shame on those who sell Islamic Scholars for a little money

  3. މި އަންނިގެ އަނގަ ހައްދު ޖަހަން ގޮވާލަން

  4. އެކުވެރިޔާ

    މީނަގެ އަތާއިފައި ހިފައްޓަން ވެއްޖެއްނު، މީނަގެ ސަބަބުން އެމްޑީޕީގެ އަގުވެސް ވެއްޓިއްޖެ

  5. ސަހީމްދެން ނަސީދުކަހަލަ ހަމަަނުޖެހޭ މީހަކު ދައްކާ ވާހަކައަށް ރައްދުދިނުމަކީ މޮޔަކމެއް

  6. ހަނދާން ނައްތާލާ

    ނަޝީދަކީ ހޭދެބައިވެފައިހުރި މޮޔައެކެވެ. ވެރިކަމާހެދި ބޫތަކައިފައިހުރިމީހެކެވެ. އެކަލޭގެ ރަނގަޅު ހެޔޮވާހައެއްނުދައްކާނެއެވެ.

  7. ބަތްކަށްކާ ކުޅެ ކަހަލަ ވަހަދައްކަބައެއް.ތަންތަނުގެ ވެރިންނަށް ކަމުދޭބާ.

  8. ގަދަ އިނގޭ! އެ ގަންޖާ މުރުތައްދު އަށް ރައްދު ދޭނެކަމެއް ނެތް!! އެހީ ދެއިރު,' ހަމަޔަށް ހުންނަ މީހެއް ނޫން!!!

  9. ތިނަސީދަކީ ސަންޑޭނައިޓުއަންނަމީހެއް

  10. ޑރ.ޝަހީމު ހައްދައްވަނީ ބުހުތާނު ދޮގު

  11. އައިއެސް ޕުރޮމޯޓުކުރެވެނީ އަދުއްވުންގެ އަނގަތަކުން.

  12. މާތްﷲ މި ނަސީދަށް ހިދާޔަށް ދެއްވާންދޭ އަދި ނުދެއްވައިފިނަމަ އޭނާ ހަލާކުކުރައްވާންދޭ.

  13. މުހައްމަދު

    ނަޝީދުގެ ޖަހަންވީ އަނގަ ޙައްދެއް އެކަންޏެއް ނޫން! އޮތިއްޔާ އޮތް ޙައްދެއް ޖަހަންވީ ޝައިޠޯނެއް ބޮޑު ދައްޖާލެއް!

  14. ކެރަފާ އައްނި އަށް ޑރ ޝަހީމާމެދު ކިޔާނެ އެއްޗެއް ނެތުނީމަ ޗޭވަނީ، އެހެންމީހުންނަށް ވަގަށް ގޮވާހެން ޑރ ޝަހީމަކަށް ވަގަކަށް ގޮވޭކަށްނެތް

  15. ތި ކެނެރީގެ މޮޔަ އެދެންކާކު އެއީ

    ސައިކޯމީހެއް

  16. ނަޝިދަކީ އަހަރެމެން ދިވެހިންގެ ދީނާއި ޤައުމުގެ ދުޝްމަނެއް، މިއަދު އެވަނީ ހުރިހާއެއްޗެއް ގެއްލި މީހާ ހަފުސްވެފަ ވެރިކަން ވެއްޓުނީވެސް ﷲ އާއީ ރަސޫލާ އަށް ހަޖޫ ޛަހަމުން ދީނަށް ފުރައްށަރަކުރަމުން ދުވަނިކޮށް ﷲ ލެއްވި ކޯފާއަކުން

  17. މިތާ މިހިރަ ކޮމެންޓުތައް ބަލާލީމަ އެގޭ ނަޝީދު ދެއްކީ ރަގަޅު ވާހަކެއެއް ކަން