ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ މީހެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޑރ.ޝަހީމު ރައްދު ދެއްވައިފިއެވެ.
ނަޝީދުގެ އެ ވާހަކަތަކަަށް ރައްދުދެއްވައި ޑރ ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ.
"ސައުދީ އަރަބިއްޔާއަކީ އެތަށް ޒަމާނެއް ވަންދެންވެސް ރާއްޖެ އާއި ގާތް ގުޅުން ބާއްވާ އެކުވެރި ބޭބެއެއް ފަދަ ގައުމެއް, ސައުދީ އަރަބިޔާ އަކީ ނިރުބަވެރިކަމާއި ހައްދު ފަހަނައަޅައި ދިޔުމާއި ދެކޮޅަށް އަބަދުވެސް މައްސަކަތް ކުރާ ގައުމެއް" ޑރ ޝަހީމު ވިދާޅުވިއެވެ.
އަރަބި ބަހުން ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކުރައްވާ ކަމަށެވެ.
انني استنكر بأشد العبارات ما قاله الرئيس السابق محمد نشيد عن المملكة العربية السعودية؛ لتشويه سمعتها. فالمملكة العربية السعودية دولة شقيقة تقف مع المالديف ومع شعبها منذ عقود. وهي دولة تقاوم الارهاب وتدعو الى السلام والاستقرار في العالم. @BaderAlkahail @MohamedNasheed
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 10, 2018
ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޑރ.ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.
President Yameen picks Shaheem - an alleged recruiter for Islamic State - as his running mate. Saudi amb. @BaderAlkahail endorses him. Tells you everything you need to know about Saudi support for violent extremism in the Maldives.
— Mohamed Nasheed (@MohamedNasheed) July 10, 2018
މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.
އެހެންނަމަވެސް، މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.
ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ގެ މައްސަލައެއްގައި ޖަލު ހުކުމެއް ކުރައްވާފައިވާ އަދި އެޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ނަޝީދު އަކީ ބޭރުގެ ބައެއް ފަރާތްތަކުގެ ރުހުން ހޯއްދަވަން، ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައްވެސް އުޅެމުންދާކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ.
ތިއީ މުޑުދާރު ދޮގުހަދާ މީހެއް
Shame on those who sell Islamic Scholars for a little money
މި އަންނިގެ އަނގަ ހައްދު ޖަހަން ގޮވާލަން
މީނަގެ އަތާއިފައި ހިފައްޓަން ވެއްޖެއްނު، މީނަގެ ސަބަބުން އެމްޑީޕީގެ އަގުވެސް ވެއްޓިއްޖެ
ސަހީމްދެން ނަސީދުކަހަލަ ހަމަަނުޖެހޭ މީހަކު ދައްކާ ވާހަކައަށް ރައްދުދިނުމަކީ މޮޔަކމެއް
ނަޝީދަކީ ހޭދެބައިވެފައިހުރި މޮޔައެކެވެ. ވެރިކަމާހެދި ބޫތަކައިފައިހުރިމީހެކެވެ. އެކަލޭގެ ރަނގަޅު ހެޔޮވާހައެއްނުދައްކާނެއެވެ.
ބަތްކަށްކާ ކުޅެ ކަހަލަ ވަހަދައްކަބައެއް.ތަންތަނުގެ ވެރިންނަށް ކަމުދޭބާ.
ގަދަ އިނގޭ! އެ ގަންޖާ މުރުތައްދު އަށް ރައްދު ދޭނެކަމެއް ނެތް!! އެހީ ދެއިރު,' ހަމަޔަށް ހުންނަ މީހެއް ނޫން!!!
ތިނަސީދަކީ ސަންޑޭނައިޓުއަންނަމީހެއް
ޑރ.ޝަހީމު ހައްދައްވަނީ ބުހުތާނު ދޮގު
އައިއެސް ޕުރޮމޯޓުކުރެވެނީ އަދުއްވުންގެ އަނގަތަކުން.
މާތްﷲ މި ނަސީދަށް ހިދާޔަށް ދެއްވާންދޭ އަދި ނުދެއްވައިފިނަމަ އޭނާ ހަލާކުކުރައްވާންދޭ.
ނަޝީދުގެ ޖަހަންވީ އަނގަ ޙައްދެއް އެކަންޏެއް ނޫން! އޮތިއްޔާ އޮތް ޙައްދެއް ޖަހަންވީ ޝައިޠޯނެއް ބޮޑު ދައްޖާލެއް!
ކެރަފާ އައްނި އަށް ޑރ ޝަހީމާމެދު ކިޔާނެ އެއްޗެއް ނެތުނީމަ ޗޭވަނީ، އެހެންމީހުންނަށް ވަގަށް ގޮވާހެން ޑރ ޝަހީމަކަށް ވަގަކަށް ގޮވޭކަށްނެތް
ތި ކެނެރީގެ މޮޔަ އެދެންކާކު އެއީ
ސައިކޯމީހެއް
ނަޝިދަކީ އަހަރެމެން ދިވެހިންގެ ދީނާއި ޤައުމުގެ ދުޝްމަނެއް، މިއަދު އެވަނީ ހުރިހާއެއްޗެއް ގެއްލި މީހާ ހަފުސްވެފަ ވެރިކަން ވެއްޓުނީވެސް ﷲ އާއީ ރަސޫލާ އަށް ހަޖޫ ޛަހަމުން ދީނަށް ފުރައްށަރަކުރަމުން ދުވަނިކޮށް ﷲ ލެއްވި ކޯފާއަކުން
މިތާ މިހިރަ ކޮމެންޓުތައް ބަލާލީމަ އެގޭ ނަޝީދު ދެއްކީ ރަގަޅު ވާހަކެއެއް ކަން