ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، މަނީ ލޯންޑަ ކޮށްގެން ފައިސާ ހޯދާފައިވާ މީހުންނާ މެދު ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން، އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އަލަށް އެކުލަވައިލާ އުސޫލުގެ ދަށުން އެމެރިކާއިން ތަންތަނަށް ގަނެ އެ ގައުމުގެ ބޭންކުތަކަށް ފައިސާ ޖަމާކޮށްފައިވާ މީހުން، އެމީހުންގެ މުދާ ހޯދީ ސައްހަ ގޮތުގައިކަން ސާބިތުކޮށްދޭން ލިޔެކިޔުން ހުށައަޅަން އެމެރިކާ ސަރުކާރުން އަންގާނެ ކަމަށެވެ. ލިޔެކިޔުން ހުށަނޭޅޭ ނަމަ ފިޔަވަޅު އެޅި މީހުންގެ ލިސްޓު އާއްމު ކުރާނެއެވެ.

އެއީ ހައްގު ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެމީހެއްގެ މުދާތައް އަތުލައި ބޭންކް އެކައުންޓްތައް ފްރީޒް ކުރާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

މަނީ ލޯންޑަރިން ހުއްޓުވުމަށް ބައިޑެންގެ ސަރުކާރުން ގެންދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. އެ ސިޔާސަތުގެ ދަށުން، ބޭރު މީހުން ގަނެފައިވާ ތަންތަނުގެ ތަފްސީލް އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފިޔަވަޅުތައް އަޅާ ލިސްޓުގައި ރާއްޖެ ހިމެނޭހެން ދެކުނު އޭޝިޔާގެ ފަސް ގައުމެއް ހިމެނެއެވެ. އެއީ އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ. އެމެރިކާގެ އިންޓެލިޖެންސާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުން ލިސްޓުގައި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މަދަނީ އަސްކަރީ ބިއުރޯގެ ފަރާތްތައްވެސް ހިމެނުން އެކަށީގެންވެއެވެ.

މަސްދަރުތައް ބުނާ ގޮތުން މަނީލޯންޑާކޮށްގެން އެންމެ ގިނައިން އެމެރިކާއިން ތަންތަން ގަނެފައިވަނީ ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހުމަދު

    އެމެރިކާ މީހުން ނުހިމެނޭތަ؟

  2. ޑައެލޯގް

    ތިޔައުޅެނީ އިރާގުގަވެސް ކެމިކަލް ހަތިޔާރު ހުއްޓޭކިޔާފަ އެތަނުގެ ސައްދާމު މަރާލިހެން އެމެރިކާ ހިތްހަމަނުޖެހޭ ވެރިން ދުވަސްދުއްވާލާށެެވެ. އެމީހުން ބޭނުންވާނީ އިސްލާމްދީނާއި ދެކޮޅުވެރިން ހުރިހައިގައުމެއްގައިވެސް ބައިތިއްބާށެވެ.

    9
    1
  3. ފާތާނިކެ

    އެމެރިކާއިން އަފްޣާނިސްތާނުގައި 20 އަހަރު ހިންގި ހަނގުރާމައިގެ މައިގަނޑު ބޭނުމަކީ މަނީ ލޯންޑަރ ކުރުން. އެކަން ވިކިލީކްސް ކޭބަލްތަކުން ވަނީ ފަޅާ އަރާފަ. އެއީ އެމެރިކާގެ ސަރުކާރުން ހިންގާ ޖަރީމާއެއް. ބޭނުމަކީ މުއްސަނދިން މުއްސަނދިކޮށް ފަޤީރުން ދެރަކޮށްލުން. އަދި އެކަން ކުރަމުންދާއިރު އިތުރު ފައިދާ އަކީ މުސްލިމުން މެރުން.

  4. ސސ

    މަނީ ލޯޑަރިންއޭ ކިޔާއިގެން ޤައުމުތަށް ފަސާދަކުރަން ކަލޭމެން އުޅެނީ، ބަލަ އެމެރިކާއިން އެންމެ ގިނައިން ޔަހޫދީ އިސްރާއީލް ދައުލަތަށް މަނީ ލޯންޑާ ކޮށްދެނީ !

    12
  5. ބޮކި

    ބޮޑު ވަގު ޔާނުކަލޯވެސް ހިމެނޭދޯ ؟؟

    6
    15
    • Anonymous

      މިސަރުކާރުގެ މީހެއްގެ ނަން އަރައިފިއްޔާ ކީކޭ ބުނާނީ، ދޮންވެލިއޭދޯ

  6. ރަން ރީނދޫ

    މިފަހަރު ރަނގަޅަށް ވަގުން ބަސްޓްވާނެ. މަޖިލިސް މެންބަރުންނަށް ވަރަށް ވެދުން.

    14
  7. ނިޒާރުބެ

    ބަޔަކު ކުދިން ހާދަ ކަންބޮޑުވާހެން ހީވޭ

  8. ޙުސައިން މޫނާބޭ

    ނަސީދު ނުހިމެނެނީ ލަންޑަނުގައި މީނާގެ މުދާތަށް ހުންނާތީ، ސަހިދުގެ ހުރެދާނެ ކަމަށް ބެލެވޭ!

  9. ރަބަރޭ

    އަދިވެސް ރިސޯޓް ވިއްކައިގެން ލިބޭ ލާރިބޮޑި ރާއްޖޭގައި ނުބަހައްޓާ ގެންގޮސް ބޭރުގެ ބޭންކުތަކުގައި ބަހައްޓާ އެހުރިހާ ޑޮލަރެއް މަނީ ލޯންޑްރިންގެ އޭ ކިޔާފައިި ފުރީޒު ކޮށްލީމަ ހުންނާނީ ރަގަޅަށް ރާކަނިމަސް ކެވިފަ

  10. އަބްދޫ

    އެމެރިކާ އުފެދުނުތާ 200 ވަރަކަށް އަހަރުވެގެން ދިޔައިރު އެމެރިކާ އެއްގެ ސިފަ އަދި ދުނިޔޭގެ ބޮޑުބާރެއްގެ ސިފަ ހޯދުމަށްޓާކާ އެމެރިކާއިން ކުރި އެންމެ ބޮޑު މަސައްކަތަކީ ދުނިޔޭގަ ތުިބި ބޮޑެތި ވަގުންނާ ދަވްލަތް ދަވާލާފަ ފިލައިގެ ންއުޅުނި މީހުނާ. ވަގުވިޔަފާރީގެ ކަޅުފައިސާ އެމެރިކާއަށް އެތެރެ ކޮށް އެމީހުންގެ ބޭންކް ތަކަށް ޖަމާކުރުން. މިހާރު އެމެރިކާއިންއެކުރާ މަސައްކަތަކީ އެމީހުން ކުޅުނު ދަވްރު ފުރިހަމަކޮށްގެން އެމީހުނަށް ވުރެ އެހެންބަޔަކު ކުރިއަރައި ގޮއްސާނެތި އެކަން ހުއްޓުވާ ހުރަސް އެޅުމުގެ މަސައްކަތް. އެމްރިކާއަކީ އެންމެ ގިނައިން މަނީލޯންޑް ކުރި އެއްގައުމު.

  11. އިބިލީސް

    އެމެރިކާ އަކީ ދުނިޔޭގައި އޮތް އެންމެ ފުޅާ ދާއިރާއެއްގަި މަނީ ލޯންޑަރ ކުރާ ޤައުމު. އެކަމަކު ދުވަހަކު ތީގެން ލިސްޓެއްގައި އެމީހުންނެއް ނުހިމެނޭނެ

  12. ރާއްޖެތެރެ

    އިޒުރޭލް ނުހިމެނެދޯ؟