ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ވާދަކުރުމަކީ ޕާޓީ ޕޮލިޓިކްސްއާއި ޑިމޮކްރަސީއާ ޚިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވި ވާހަތަކަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ރައްދު ދެއްވައިފައެވެ.

އިކްރާމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވިއިރު، ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އެމްޑީޕީއަށް ދީފައިވާ ގޮނޑިއަކަށް އެހެން ޕާޓީތަކުން ވާދަކުރުމަކީ ހަޑި ސިފައެއް ކަމަށެވެ.

މި ކަމާއި ގުޅިގެން "ވަގުތުން" ކުރި ސުވާލެއްގެ ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ވޯޓު ލާނީ އެންމެ ގާބިލު، އެންމެ ތަޖުރިބާކާރު، އެންމެ ފަސްބައި ސާފު، މަސްތުވާތަކެއްޗާއި ޚިޔާނާތާއި ދެކޮޅަށް ވަކާލާތު ކުރެއްވޭ ބޭފުޅަކަށް ކަމަށެވެ.

ޑިމޮކްރަސީ ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިން ކަމަށް ވާތީ، ރައްޔިތުންނަށް ދޫކޮށްލެވޭ އިޚްތިޔާރުތައް ހަނިވާނެ ގޮތަކަށް އިކްރާމް ދެއްކެވި ވާހަކައަކީ ޑިމޮކްރަސީއާ ބީރައްޓެރި ވާހަކަތަކެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މޫސާ ފަތުހީއަކީ ތައުލީމީ ބޭފުޅެއް ކަމަށާއި ހިންގުންތެރި ނަޒާހާތްތެރި ބޭފުޅެއް ކަން ކޮމަންޑޫ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

"މި ފަހަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިއްބެވީ އުސްތާޛު ފަތުހީ ހޮވަން ފޫގަޅާލާފައި،" މި ވަގުތު ކޮމަންޑޫ ދާއިރާގައި ކެމްޕޭން ހަރަކާތްތައް ހިންގަވަން އުޅުއްވާ ޕީޕީއެމް ޕީއެންސީގެ ވަފުދުގައި ހުންނެވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަތުހީއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ކަން ކުރެއްވިއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު މިދިިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އެހެންވެ މި ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވައެވެ.

ވެރިކަން ކުރާ މައި ޕާޓީ އަދި މިހާރު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރިން ކައުންސިލްގެ ރައީސް މުހައްމަދު ރަޝާދެވެ.

މީގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީން ވެސް މި އިންތިޚާބުގައި ވާދަކުރައްވައެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި އުޅުއްވި އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފައްތޭއިން

    އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން އިއްޒަތޭ އައުޓް އިންޑިއާ އައުޓް ފައްތޭ އިން

    6
    1
  2. އިންޑިއާއައުޓް

    ތިޔަ އިކިރާމަކީ ހާދަ ގަމާރު ބޭކަލެއްހެން ހީއެބަވެއެވެ. ބަލަގަ ޑެމޮކްރަސީއާއި ހިލާފު ކަމެއްނަމަ އިލެކްޝަނުން ބަލައިގަންނަނީ ތިޔަކިއުއްވާ ރީދޫފޯލި އެކަނި ނޫންތޯއެވެ. އެހެން ފޯލިތައް ބަލައިގަތުމުން އެގެނީ ޝަރުތުފުރިހަމަވާ ކޮންމެ މީހަކަށްވެ ބައިވެރިވުމުގައި މަނަލެއްނުވާކަމެވެ. މިވަރުވެސް މިކަލޭގެއަށް ނޭގުމަކީ އަހަރުމެންގެ މައްސަލައެއް ނޫނެވެ. ގާނޫނު ހަދާ މަޖިލިހަށް ނާގާބިލް މީހުން ކުރިމަތިލެވޭ މައްސަލައެއެވެ. ވަރަށް ގިނަފަހަރު ތަޅުމުގައިވެސް މިޒާތުގެ ކޮސް އަގަތަޅައެވެ. މީނާހީކުރަނީ އަހަރުމެން ލައްކައެކޭ ހީކުރާނެ ކަމައްހެއްޔެވެ.

    13
    1
  3. ކޮވިޑް

    ދާއިރާގެ މެމްބަރަކަށް ތިޔަ އިކްރާމް ވީތީ ހިތާމަކުރަން ވާނުވާނޭގި ނޫނީ ހަންދާން ނެތުމުގެ ކަންތައްވެސް މާބޮޑީ ކަން ނޭންގެ. އިކްރާމް ޑރ. އަފްރާޝީމް ޝަހީދު ކޮށްލި ހާދިސާ އަށް ފަހު އެ ގޮޑިއަށް އެމްޑީޕީން ކުރިމަތިލީ އިރު ހަޑި ކަމަކަށް ނުވިތޯ؟ ވާނުވާނޭންގި އަނގަހުޅުވަން ލަދެއް ހަޔާތެއް ނެތޭ ދޯ އިކްރާމް ކަލޭ ދޯ؟ ފުކެއް ބޮޑުވަރު ތީ. # އިންޑިއާ އައުޓް #

    14
    1
  4. ބޮކި

    ރައްޔިތުން ތިބީކީ ބޮޑު ވަގެއްފަހަތެއްގެ ނޫން ؟ އާދަނާ...........

    5
    20
  5. މޙއމދ

    ބޮކި!ބޮކި ދިއްލޭހެން ހިޔެއްނުވޭ. އަސްލު ވަޤުން ބޮކަށް އެގޭތައް. މާތްﷲ އިރާދަފުޅުން މިފަހަރު އުސްތާޛު ފަތުހީ ހޮވާނަށް.

    9
    3
  6. ނާޅި

    ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިލިސްގައި ތިބޭނީ ރައްޔިތުންގެ ސިއްރު ވޯޓުން ހޮވާ ރައްޔިތުންގެ މަންދޫބުންތަކެއް އެއީ އެއްވެސް ސިޔާސީ ޕާޓީގެ ބައެއްނޫން ، އޮޅުވާ ނުލައްވާ ! މަޖިލިހަކު މައިނޯރިޓީ އާއި މެޖޯރިޓީ ކިޔާއެއްޗެއްވެސް ނޯނާނެ !

  7. ނިޒާރުބެ

    އަތޮޅުގެ ގިނަމަގާމުތަކެއް ފުރުއްވި ޑެޕިއުޓީމިނިސްޓަރުކަންވެސް ކުރެއްވި ތަޖުރިބާކާރެއް އަތޮޅުގެރަށެއްގެ ތަރައްގީއަށް މަގުފަހިވާގޮތަކަށް ކުރި އެންމެކަމެއްވެސް ނެތް ރައްޔިތަކަށްވީ އެއްވެސްފައިދާއެއް ނެތް ހުސައިން ވަހީދު ފަދަ ހިދުމަތުންފުރިގެންވާ ފަރާތެއް ފުރުއްވިގޮނޑިއަކަށް ފަތުހީ ކުރިމަތިލާން ލަދުގަންނަންޖެހޭނެ ޕާރޓީ މުހިއްމީ ވަކި ޕާރޓީއެއްނޫން

    1
    3
  8. ހަސަމާ

    އާދަނޫ ރައްޔިތުން ތިބި ގޮތް އާދަނަކަށް އެނގިވަޑައި ނުގަންނަވާ.

    2
    3
  9. ރަދީފް ހުސެން

    ޑިމޮކްރަސީއޭ ފަޅޮލޭ ކިޔަން މޑޕ މާތާހިރެއްނޫން. ޑރ. އަފްރާސީމް އަވަހާރަވެ ރމ ގޮނޑި ހުސްވެ އެފަހަރު ދެންބޭއްވި ބައިއިލެކްސަނުގަ މޑޕ ކަންކުރިގޮތް ނުފެނޭތަ؟ ކޮންމެ ކަމެއްގައިވެސް އޮޅުވާލުމާ މަކަރު ނޫންއެއްޗެއް ތި އިކްރާމުއަށާ މޑޕ އަކައްނޭގޭނެ

    4
    1
  10. ޏަމް

    ރަށްޔަތުން ތިބީ ކަޅުދަބަހުގެ މުގުލަކުނޫން ރަށްޔަތުންތިބީ ތަރަށްގީގެ ބާނީގެ ފުރަގަހުންނާއި ކުރިމަތިން ތަށްޔާރު އެޓެންޝަން.

    6
    1