ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ. މުޙައްމަދު ޝަހީމް އަށްޓަކައި ފަހުރުވެރި ވާކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމަށް މަރުހަބާ ދެއްނެވުމުގެ ގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި މުފްތީ މެންކް ވިދާޅުވީ އެކުވެރި ޑރ. ޝަހީމު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށެވެ.

"ޑރ ޝަހީމުގެ ކުރިމަގަށް ރަގަޅުގޮތް މެދުވެެރި ވުމަށް އެދެން, އަދި މިއީ ރާއްޖެއަށް އިތުރު ރަގަޅު ގޮތްތައް މެދުވެރިވާ ކަމެއް ކަމުގައި ލެއްވުމަށް ދުއާކުރާނަން" މުފްތީ މެންކް ވިދާޅުވިއެވެ.

https://twitter.com/muftimenk/status/1016731619808501760?s=19

މުފްތީ މެންކް ވަނީ ރާއްޖެއަށް ދެފަހަރެއްގެ މަތިން ވަޑައިގެންފައެވެ. އެންމެ ފުރަތަމަ މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދަ މެސެޖް“ ޕްރޮގްރާމުގެ ދަށުންނެވެ.

މުފްތީ މެންކަކީ އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެކެވެ. މެންކުގެ ތަޤްރީރުތަކަކީ، ޔޫޓިއުބް އަދި މީސް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ތަގްރީރުތަކަށް ވުމާއެކު، ދިވެހިންގެ މެދުގައިވެސް މެންކަކީ މަޤްބޫލް ދީނީ އިލްމުވެރިއެއްކަން ފާހަގަކޮށްލެވެއެވެ.

މުފްތީ މެންކް އަކީ ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައިވާ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ އެންމެ އިސް ބޭފުޅާގެ މަގާމު ފުރުއްވަމުން އަންނަ ފަރާތެވެ.

މުފްތީ މެންކް ވަނީ 2015 އަދި 2016 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައެވެ. އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ ދަރުސްތަކަށް ބަލާއިރު، ޚާއްސަ ގޮތެއްގައި ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކަލޯ ކެނެރީގޭ ބުއްޅަބޭ ކޮބާ މުފްތީމެންކާ ބެހޭގޮތުން ފަޅާލާނެ ސްޓޯރީއެއްނެތް؟

    1
    1
  2. ޙަމޭ

    ޑރ އިޔާޒް ކޮންފަޅިއެއްތޯ ސައްހަ ވާނީ.

  3. ޙުސެން

    މުފުތީއަށް ކިހާވަރެއް ލިބުނުބާ

    • ލާއިގު

      ކަލެއަށް ލިބޭވަރު ބަލަން ހުރި މީހެއްތަ!؟ ކަލެއަށް ކިހާވަރެއް ދީގެންތަ ތި ތެޅެނީ! ޙެޔޮ ބަހެއް މީހަކު ބުނާއިރަށް ދޭވަރު ތިއަހަނީ!

      1
      1
    • މާރިޔާ

      ކަލޯބޯގޯސް

  4. އަހުމަދް

    އަލްހަމްދުލިﷲ

  5. އަޙްމަދް

    މެންކު ސެލަފީ ނަގަން މޮޔަވެފަ ހުރިޝޭޙެއް.
    ޝޭޙުންގެ ފެންވަރު!؟

    • އިބޫ ހުޅުމާލެ

      ސެލްފީ ނުވަތަ ނަފުސީއަކީ ވަކިމީހަކަށް އޮތް ކަމެއްބާ ނޫނީ އެއީ ޙަރާމް ކަމެއްބާ؟ކީއްވެބާ އޭނައަށް ސެލްފީ ނުނެގެންވީ؟؟ ނޭގުނަސް ފާޑު ފާޑުގެ ވާހަކަ ދައްކާތި...

      1
      1
    • ސ

      ޝޭހެއް ވިއްޔާ ސެލްފީ ނުނެގޭ؟

  6. ރޭވް

    2018 ގައިވެސް ރާއްޖެއައިސްފައިވޭ، އައްޑޫސިޓީ އަށް އައުމަކީ ރާއްޖެކަމަށް ވާނަމަ

  7. މުޙައްމަދު

    ٱلْـحَـمْـدُ للهِ

  8. އިބްރޭ

    ޑރ އިޔާޒް ކޮންފަޅިއެއްތޯ ސައްހަ ވާނީ.

  9. ޖކގްދލ

    މެންކް ގެ ތަޢްލީމު ރަނގަޅަށް ނޭނގުނީތަ އެއްކޮށް ނުޖެހީ...އެހެން ނުހަދާ