އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޝޯ ބެލުމަށް 11،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ލަވަ ކިޔާފައިވެއެވެ. އަދި ދިވެހި މަޝްހޫރު ފަންނާނުނާއި ބޮޑުބެރު ގްރޫޕް "ހަބޭސް" ވެސް ލަވަތައް ހުށަހަޅައި ދިނެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު ފަހުން މިހާ ގިނަ ބަޔަކު އެއްތަނަކަށް އެއްވި ފުރަތަމަ ފަހަރެވެ.

މަހްލޫފް ވިދާޅުވީ، އެ ޝޯ ފުރިހަމައަށް ގެންދިއުމުގައި ހަރަކާތްތެރިވި އެންމެންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. ހާއްސަކޮށް އެމްއެންޑީއެފް އާއި ފުލުހުންނާއި ޔޫތް މިނިސްޓްރީގެ މުވައްޒަފުން ކުރި މަސައްކަތް މަހްލޫފް ފާހަގަ ކުރެއްވިއެވެ.

އަދި ދިގު ކިއުތަކާއި ޓްރެފިކްގެ ސަބަބުން ޝޯ ބަލަން ނުވަދެވުނު މީހުންގެ ކިބައިން މާފަށް އެދޭ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އެ ޝޯ ބެލުމަށާއި ހަވާ އަރުވާ ތަން ބެލުމަށް މާލެ އިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުޅުމާލެ އަށް ގޮސްފައެވެ. އެހެންވެ، ހުޅުމާލޭގެ މަގުތައް ވަރަށް ބޮޑަށް ބާރުބޮޑުވިއެވެ.

ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އެންމެ މަޝްހޫރުވެފައި ވަނީ "އާޝިގީ 2" ގެ ބައެއް ލަވަތަކުންނެވެ. އެ ފިލްމުގެ "ސުން ރަހާ ހޭ" އަކީ އޭނާގެ އެންމެ މަޝްހޫރުވި ލަވައެވެ. މި ލަވައަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަގުބޫލުވި ލަވައެކެވެ.

އުމުރުން 35 އަހަރުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އެ ލަވައިން ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓާގެ އެވޯޑު ލިބުނެވެ. ބޮލީވުޑްގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" ކިޔައިގެން ފިލްމްފެއާ އެވޯޑުގެ ބެސްޓް ޕްލޭ ބެކް ސިންގާގެ އެވޯޑު ވެސް އަންކިތަށް ލިބުނެވެ.

ކުރީގެ ސަރުކާރުން ވަނީ ބޭރުގެ ފަންނާނުން ގެނެސް، ވަރަށް ކުލަގަދަކޮށް އާ އަހަރުގެ ޝޯ ބާއްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަހްމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، ކޮންމެ އާ އަހަރާކާ ދިމާކޮށް މާލޭގައި މަޝްހޫރު ފަންނާނުންނާއެކު ޝޯ ބޭއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާސިދާ

    ތިޔަވާ ވަރައްމޮޅުކަމެއްދޯ ތިޔަކަމައްސަރުކާރުން ކިހާވަެެއް ހަރަދު ކުރިންތޯ..

    9
    1
  2. އަލީ

    ސޯސަލް ޑިސްޓަންސިން ނެތި މިކުރިކަމަކީ ވަރަށް ބޮޑު ގޯހެއް.

  3. އަޙްމަދު

    މީގެ ތެރެއިން ކިތަށް މީހުން ޕޮޒިޓިވް ވަނެތޯ! މިކަހަލަ އިވެންޓްތައް އޯކޭދޯ!!!

    10
  4. ނަން

    ގައި ދުރުކަން ބެހެއްޓިންތަ
    މާދަން ކިޔާތި ކޮވިޑު ގިނަވަނީއޭ މިސްކިތްތައް ބަންދު ކުރާށޭ ގައި ދުރުކޮން ނަމާދު ކުރާށޭ

    11
    1
  5. ވަގުތު އަހުމަދު

    އެކަލާނގެ ބައްލަވާ ވޮޑިގެންވޭ، ހިސާބު ބެއްލެވޭނެ

    12
    1
  6. ސަމީ

    މީނަ އަދިވެސް އިސްތިއުފާ ދޭކަސް ނޫޅޭތަ 0000000 ޓޮލަރެންސް ގެ ޝިޢާރުގެ ދަށުން، ކޮބާ ޒީރޯ ޓޮލަރެންސް ރައީސް، މަޚްލޫފު ައމިއްލަ އަސްވެސް ލަދުން ތިޔަކަން ކުރަން ވެއްޖެ އްެންނު މިހާރު ީ ބޮޑުވަރު

  7. ކޮވިޑް

    އެޗްޕީއޭ ގެ އެންގުމާ ހިލާފުވެފަ މަހުލޫފް މޮޅު ވާހަކަ ދައްކަން ތާހިރެއްނޫން. 11000 މީހުން ޝޯބަލަން ދިޔައްޔާ ޕީޕީއެމްގެ ޖަލްސާގަ 20000 މީހުން ތިބޭނެ ބަލަ ޓީވީން ތި ޝޯދެއްކި ކިހުނެއްބާ 11000 މީހުން ހަމަކުރީ؟ 90% ބިދޭސީން ދޯ ތިބީ. ؟ # އިންޑިއާ އައުޓް #

  8. ބުރޯ

    ގިޔާމަތް ދުވަހުން މީސްތަކުން ބުނާނެއެވެ ތިމަށްނަމެން މަގުފުރެއްދި ވެރިނަށް ދެގުނަ އަޒާބު ދެއްވުމަށް

  9. ރައްޔިތުމީހުން

    ބޮޑު ކްލަސްޓަރ އެއް ދޯ

  10. ޙުސައިން

    ޥ ދެރަކަމެއް.

  11. Anonymous

    އާ އަހަރު ފެށުނު ރޭ ޤުރުއާން ކިޔެވުމުގެ ހަފުލާއެއް ބާއްވާލަން ނުކުރެނެއްނު އިސްލާމިކް މިނިސްޓްރީއަށް، އިސްލާމިކް ޔުނިވަރސިޓީއަށް، އިސްލާމިކް ސަލަފަށް، އިސްލާމިކް އަދާލަތަށް، ... ދެން ކޮން އިސްލާމިކެކޭ މިކިޔަނީ؟؟؟؟

  12. މަޖުބޫރީހާލަތް....

    ކޮބާމީނާގެ މައްސަލަ އިބޫބަޔަހަނާވާނެތީ ފިޔަވަޅެއްނާޅާ ކޮބާ އަދުލުއިންސާފޭ ގޮވަމުންއަރާ ކުރި ކަމެއް