ތަދުކަޑުވާ ބޭސް ގިނައިން ކާފިނަމަ ހަށިގަނޑަށް ގެއްލުންވާނެ ކަމަށް ދިރާސާއަކުން ދައްކާފިއެވެ.

ބްރިޓިޝް ޖާނަލް އޮފް ކުލިނަކަލް ފާމަކޮލ؛ޮޖީގައި ޝައިރުކޮށްފައިވާ މިދިރާސާކޮށްފައިވަނީ ގިނަ އަދެއްގެ މީހުން ބައިވެރިކޮށްގެނެވެ. މިދިރާސާގައި ވާގޮތުން މާގިނައިން ތަދު ކަޑުވުމަށް ކާބޭސް ކާނަމަ ސުޓްރޯކް އަދި އިތުރު ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހިވެއެވެ. މިދިރާސާގައި ބުނެފައިވަނީ ޕެއިން ކިލާސްގެ ސަބަބުން ކުޑަ ހިދުކޮޅަކަށް ތަދު ކަޑުވާލަދިނަސް މީގެ ސަބަބުން ލޭގެ ޕުރަޝަރު މަތިވާ ކަމަށެވެ. އަދި މާގިނައިން މިފަދަ ބޭސް ބޭނުން ކުރާނަމަ ލޭގެ ޕުރެޝަރު މަތިވެ ސުޓްރޯކް އަދި އެހެނިހެންވެސް ހިތުގެ ބަލި ޖެހުމަށް މަގުފަހިވާކަމަށް މިރިޕޯޓްގައިވެއެވެ.

ޑރ.ހައި ސުވަންޗެން ކުރިޔަށް ގެންދިޔަ މިދިރާސާގައި ބުނެފައިވަނީ ބޭނުންކުރަން ޖެހޭވަރަށް ބޭނުންވާ ބޭނުންކޮށްފިނަމަ ޕެއިން ކިލާސްއަކުން ގެއްލުމެއް ނެތްކަމާއި ގެއްލުންވަނީ ބޭނުން ކުރަން ނުޖެހޭ ހާލަތް ތަކުގައްޔާ ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް ބޭނުން ކުުރުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ބަލަ ތިޔައީ އެންމެނަށްވެސް އެގޭ ކަމެއް.. ކޮންމެ އެއްޗެއްވެސް އެކަށީގެންވާ ވަރަށްވުރެ އިތުރަށް އަބަދުކަނީ ނަމަ ، އެކަމުން ތަފާތު އެތައް މައްސަލައެް ދިމަވެދޭ . މިހާރުގެ އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުން އެއްވެސް ބުރަކަމަކާނުލާ ފައިސާ ލިބެންވަ ވަރަށްވުރެ ގިނައިން ލިބުމުން ވާގޮތުގެ ނަތީޖާ މިހާރު ފެންނަމުން މިދަނީ ...