އެމްޕީއެލްގެ މުވައްޒަފަކު މާލެ އުތުރު ވިޔަފާރި ބަނދަރު ސަރަހައްދުގައި މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ އެމްޕީއެލްއިން އެ މައްސަލަ ބަލަމުންދަ ކަމަށް ބުނެފިއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މަގުމަތިންދާ އަންހެނަކު ހުއްޓުވައި، އޭނާގެ އަތުގައި ހިފަހައްޓައިގެން އެމްޕީއެލް މުވައްޒަފު ހުއްޓެވެ. އަދި އެމްޕީއެލްގެ އެ ފިރިހެން މުވައްޒަފު އެ މީހަކާއި ދިމާއަށް އެއްޗެހި ކިޔަން ހުރި ހެން ފޮޓޯއިން ބެލެވެއެވެ.

ނޫސްވެރިންނަށް ޚާއްސަކޮށްފައިވާ އެމްޕީއެމްގެ ވައިބާ ގްރޫޕްގައި ނޫސްވެރިޔަކު މި މައްސަލައިގެ ފޮޓޯތައް ޚިއްސާކޮށް އެ ކަން ހިނގައިދިޔަ ގޮތަކާއި ގުޅޭ ގޮތުންނާއި އެ މައްސަލަ ބަލަމުންދޭތޯ ސުވާލު ކުރިއެވެ.

މީގެ ޖަވާބުގައި އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކުންފުނީގެ ސަމާލު ކަމަށް އައުމުން ކުންފުނިން އެ ކަން ބަލަމުންދާ ކަމަށެވެ.

"މި ކުންފުނިން މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވައިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މީޑިއާ އޮފިސަރު ފޮނުއްވި މެސެޖްގައިވެއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އިތުރަށް "ވަގުތު" އަށް ވިދާޅުވީ އެ ކަން ހިނގައިދިޔަ ސީދާ ގޮތެއް އެމްޕީއެލްގެ މެނޭޖްމަންޓަށް ވެސް އަދި ސާފުވެފައި ނުވާ ކަމަށެވެ. އެކަމަކު ހިއުމަން ރިސޯސަސް (އެޗްއާރު) ގެ ޑީޕާޓްމަންޓް އިން އެ ކަން ވެދިޔަ ގޮތް ހޯދަމުންދާ ކަމަށެވެ.

މި ކަމުގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނައިކް

  މައްސަލަ ތި ބަލަނީ ޕީޕީއެމް ސަރުކާރުގަ ވަޒީފާ ދިން މީހެއްވީމަ ތޯ؟؟ ޝާހިދު މެން ވައްދާފަ ތިބޭ ކުދިންގެ މައްސަލަތައް އައީމަ އޮއްބާލަނީ.. އެ އަންހެން މީހާވެސް ގޮތްކުޑަ ވެފަ ހަޔާތްކުޑައީ.. ރޯނާ ދުވާލު ހުރިހާ ފިރިހެނުން ތެރޭހުރެ އެ ފިރިހެންމީހާގެ އަމަޔަށާއި ބަފަޔަށް ބެހި އެއްްޗެތިކީމަ ރުޅިގަދަވާނެދޯ؟؟

  13
  8
 2. ގައުމު

  ތިއީ އެމް.ޕީ.އެލް ގެ އާދައިގެ މުއައްޒަފެއް ނޫން. އޭނާގެ ދަށުން މަސައްކަތް ކުރާ މުއައްޒަފުން ތިބޭ. އޭނާއަކީ ނޯތު ހާބަރ ގެ ސެކިއުރިޓީ މެނޭޖަރ. އޭނާއަކީ އަބަދުވެސް ތަންކޮޅެއް މަތީގައި އުޅޭ މީހެއް.

  15
  2
 3. ދިވެހި ދިދަ

  ތިޔަ އެމްޕީއެލް ޔުނީފޯމްލައިގެން އުޅޭ ބޭފުޅުން ހީވަނީ މީވަރަށް މަތިން އައިސް ތިބި ބައެއްހެން..އެޔުނީފޯމް ބާލާއިރެއް ނުދޭ..ވަރަށް ފުއްޕާފަ އުޅޭބައެއްތީ..ހީވަނީ މަގުމަތީ އުލޭއިރުވެސް ކަށިކޮލިތަކެއްހެން ފުއްޕާވަރުން.. މޯލްޑިވިއަން ޕްރިމިއަރ ލީގް(އެމް ޕީ އެލް)

  11
  2
 4. ސަމާސާ

  އިހައްދުވަހު މުވައްޒަފުން ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުކުރީ. މިހާރު މުވަައްޒަފުން ނިކުމެ ނުރައްކާތެރި ގޮތްގޮތަށް އުޅޭންފެށީ ؟

  18
  1
 5. ބްރޯ ބުރޯ

  މުވައްޒަފާމެދު ފިޔަވަޅު އެޅުން ގޯސް. ޢަންހެންމީހާ އަވަގުރާނަ ގޮވާ މުވައްޒަފުގެ މައިންބަފައިންނަށް ކުނިހުތުރު ގޮވިކަން ފާހަގަކުރަން.

  4
  3
 6. ހޯހޯ

  އެމްޕީއެލްއޭ ބުންޔަސް ތިބެނީ ވަރައްވެފަ އެހެންނޫން ވާނީ ގައުމު ނަގަހައްޓަން ހިންގާ ޖަރީމާ ތަކުގަ ތިޔަތަނުގެވެސް އަތެއް ވާތީ ކަމައްތިވާނީ

  10
 7. ވަތުކިބަ

  ޢެމް ޕީ އެލް ގެ މުވަށްޒަފުން ވަރަށް އަހުލާގު ދަށްވާނެ