ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފައިބައިގެން އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލުނު ދިވެހި ޒުވާނާ ހޯދަން އެމްއެންޑީއެފް އިން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުމުންދޫ، އަރާއިރު، ޝުރައިހު ހަސަން، 21، އެވެ. ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ނަގަން އުޅެނިކޮށް ޝުރައިހު އޮޔާ ދިޔައީ ވާދޫ ކަނޑުތެރެއަށް، ހުޅަނގަށް ވާ ގޮތަށެވެ. ޝުރައިހް ބޯވަ ނަގަން ދިޔައީ ރަހްމަތްތެރިންތަކަކާއެކުގައެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ޝުރައިހް ހޯދުމުގެ މަސައްކަތް ހާބަ ކްރާފްޓް އަދި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް (އެފްއައިސީ) އިން ކުރަމުންދާ ކަމަށެވެ. މިހާތަނަށް އައިއިރު ބޮލިފުށި، ގުޅީފަޅު، ވިލިމާލެ ހުޅަނގު ކަނޑުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނޑާ ހިސާބަށް ބެލިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"ގިރާވަރު ކަނޑުގެ 69.3 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބެލިފައިވޭ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް، އެމްއެންޑީއެފް އިން ބުނީ، އޭނާ ހޯދަން ކުރާ މަސައްކަތުން އަދި މިހާތަނަށް އޭނާ ހޯދިފައި ނުވާ ކަމަށެވެ. އެމީހާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ހެނދުނު 8:58 ހާއިރުއެވެ.

ޝުރައިހު އެންމެ ފަހުން ލައިގެން ހުރި ކަމަށް ވަނީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެކެވެ. އަދި މޫދަށް ފޭބި އިރު އަޅައިގެން ހުރީ ނޫ ކުލައިގެ މާސްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 🙄

    ތިޔާ މީހުނަށް ދުވަހަކުވެސް ކަނޑައް މީހަކު ގެއްލިއްޖެ ނަމަ ނުހޯދޭ.. ތީ ދެން ކިހާ ދެރަ ކަމެއްތަ.. ތިޔާ ކަމަށް ގާބިލު މީހަކު ނެތީތަ އަޅެ ފަހެ..