ދިވެހިންނަކީ ވަރަށް ވަރުގަދަ އަގީދާއެއްގެ މަތީގައި ދެމި ތިބޭ ބައެއް ކަމަށާއި ދިވެހިންގެ އަގީދާއާ މެދު ނަފުރަތު އުފައްދާނަމަ ކުރިޔަށް އޮތް ތަނުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑެ)، ޖަމިއްޔަތު ސަލަފަށް ރައްދު ދެއްވައިފިއެވެ.

ހޯމް ސްޓޭ ވިޔަފާރި ތައާރަފް ކުރުމަކީ ރާއްޖޭގެ އިސްލާމީ އިޖްތިމާއި ޝަހްސު ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔަތުލް ސަލަފުން ހާމަ ކުރުމާ ގުޅިގެން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ބޮންޑެ ވިދާޅުވީ ހޯމް ސްޓޭ އަކީ "ފާތުމަގެ ޖީބަށް" ޑޮލަރު ވެއްދުން ކަމަށާއި އެއީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

ބޭރު ގައުމުތަކުގައި އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންނާއި އަދިވެސް އެކި ކަހަލަ މީހުންނާއެކު ދިވެހިން އުޅެމުން ދިޔަ ނަމަވެސް ދިވެހިން ގަބޫލު ކުރާ ކުރުންތަކަށް ބަދަލު ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަވަށްޓެރި ސްރީލަންކާގައި ވެސް އެތައް ދިވެހިންނެއް އުޅުނަސް، އެމީހުން ދީން ބަދަލު ނުކުރާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހޯމް ސްޓޭ ވިޔަފާރިއަކީ އެމްޑީޕީގެ ވަރަށް ބޮޑު ވައުދެކެވެ. އަދި އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާގެ ޖީބަށްވެސް ޑޮލަރު ވެއްދުމަކީ އެޕާޓީގެ ވައުދެއްކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވީ މިއަށްވުރެ ކުލަ ގަދަކޮށް މާ ފުޅާކޮށް މިކަންތައް ފައްޓަވާނެ ކަމަށެވެ.

"މިހާރަކަށް އައިސް ވަރަށް އާންމުވެއްޖެ ކަމެއް ޖަމިއްޔާތަށް ހަދައިގެން ސިޔާސީ ހަރަކާތްތައް ހިންގުން. އެހެން އެކަމެއް ނުވާނެ. ދިވެހިންގެ އަގީދާ އާ މެދުގައި ސުވާލު އުފައްދާނަމަ ކުރިޔަށް އޮތްތަނުގައި އެފަދަ ޖަމިއްޔާ ތަކާއި ދޭތެރޭގައި ފިޔަވަޅު އަޅާނަން." ބޮންޑެ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރަން ރާވަފައިވާ ހޯމް ސްޓޭ ވިޔަފާރި އާ ގުޅިގެން ސަލަފްގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތައް އަހަރެއް ވަންދެން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ހިދުމަތްދިނުން މަނާވެފައި އޮތް ނަމަވެސް އެ ރަށްރަށުގައި އެ ހިދުމަތް ތައާރަފުކޮށް ބަނގުރާ އާންމު ކުރުމަށް ހައްދު ފަހަނައަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކުރާ ކަމަށެވެ.

ބަޔާނުގައި ވަނީ ރަށްރަށުގައި ގެސްޓްހައުސް ތައާރަފު ކޮށްގެން ލިބޭ އިގްތިސާދީ ނަފާއަށް ވުރެ ރަށުގެ އަހްލާގީ ފޭރާން ވީދި ހަލާކުވެ ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި މުޖުތަމައުގައި އޮތް ސާދާ ތާހިރު ދިރިއުޅުން އަންނަނީ ހަލާކުވަމުން ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅިގެން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ ހޫނު ރައްދުތައް ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. މާޟީ

    ހާދަ ފެން މަތި ވެގެން އުޅޭ ބޭފުޅެކޭ ދޯ؟

    101
    5
    • Anonymous

      މި ސަރުކާރުގެ މަކަރުވެެރި ސިޔާސަތަކީ އިސްލާމް ދީން ނައްތާލުން. އެކަމަކު ﷲ އިރާދަފުޅުން ނެތިގެންދާނަި މިނުބައިވެރިކަން. މިތިބަ ނުލަފާ ދައްޖާލުންގެ ނުބައި ރޭވުންތަކުން މި ލޮބުވެތި ވަތަންއާ އިސްލާމްދީން ރައްކާތެރިކޮށްދެއްވާނދޭވެ. އާމީން.

      73
      • މުށިމަސް

        އާމީން
        .

    • ކ

      ހޯމް ސްޓޭއާ ހުރެ މުއްސަދި ވާނީ އެމްޑީޕީ ގެ އިސް މުއްސަދިން... ކިހިނެތް ނިކަމެތްޗަކު ހޯމް ސްޓޭ ގޮތަށް ގެގަނޑު ހަދާނީ... މިއުޅެނީ އާއިލާގެ މެމްބަރުންނަށް ކޮޓަރި ގަނޑެއް ނުހެދިގެން... މިމެމްބަރުން އިތުރަށް މުއްސަދި ވާނެ ގޮތެއް ތި ހޯދަނީ. ވޯޓް ހޯދަން އައިސްގެން ނުވާނޭ....

      55
  2. އަހުމަދު

    ސިޔާސަތު އޮންނަން ޖެހޭނީ ދީނުގެ ދަށުގަ. ދީން ރައްކާތެރިކަން އަޑުއުފުލީމަ ބޮންޑާ މެނަށް ކެއްނުވަނީ.

    111
    4
  3. ކޮރަލް

    ހޯމް ސްޓޭ ތައާރަފް ކޮށް 10 ވަރަކަށް އަހަރު ފަހުން ރާއްޖޭގެ ރަށްތަކަށް 1 ލައްކަ މީހުން އައިސް ދީން ފަތުރަން މަސައްކަތް ކޮށް ހެދީމަ ދެން ކުރެވޭނެ ކަމެއް ބުނެ ބަލާށެވެ. މިހާރުވެސް ގެސްޓް ހައުސް ހުންނަ ބައެއް ރަށްތަކުގަ ހަދާފަ ހުރި ގާނޫނި ތައް ނުހިންގެ އެވެ. ނޫނީ އެކަމާ އަޅާލާ ބަޔަކު ނޫޅެ އެވެ.

    83
    3
  4. ގުއިރޯނު

    ތިބޭފުޅާއަށް އެނގޭނީ އަނެއް ދިވެހިރާއްޖެ.

    82
    3
  5. ފިދަނަ

    މިވެރިން މިއުނީ ދިވެހިންގެ އަގީދާ ވެއްޔާ މޮޑެލަން.

    78
    1
  6. މެކުނު

    ވަގުންނަށް ހީވަނީ ހޯމް ސްޓޭ އަކި ކުލަގަދަ އެއްޗެއްހެން.

    62
    3
  7. ހުސޭނުބޭ

    ކަލޭގެ ލާދީނީ އަޤީދާ ދޯ

    73
    3
  8. Anonymous

    ކަލެޔާދޭތެރޭ ރައްޔިތުން ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ، ތައްޔާރަށް ހުންނައްޗޭ.

    83
    5
    • Anonymous

      ޜަގަޅު މިކަލޭ އަދި ކުޑަކަކޫ ޖަހާ ވަރު ވާނެ ﷲ އިރާދަކުރެއްވިއްޔާ
      ބޮނަޑޭ ޔޯ މީ ދެން ކިހާ ފެންވަރެއްގެ މީހެއް

      21
      1
  9. ލަދުކުޑަ

    ކަލޭތީ ކާކު. މީހާއައް މަގާމެއްލިބުނީމަ ތިމާއައް ތިހިރީ ތިމާމީކާކުކަންވެސް އޮޅިފަ.

    75
    3
  10. Anonymous

    ބޮންޑާ ކަލޭ ފުރަތަމަ ކަލޭގެ ދާއިރާ މެންބަރުން ގުޅީމަ ފޯނު ނަގާބަލަ !!!

    76
    3
  11. ސޯޅަނާޅި

    ބޮންޑޭ ކަލޭތީ ބޮޑު ލަދުހަޔާތެއް. ކަންކަން އޮޅުވާލާ.

    27
    1
  12. ޙާލަތު

    ކޮން ފިޔަވަޅެއް އެއްފިޔަވަޅެއްވެސް ނޭޅޭނެ އިން ޝާ ﷲ. ބޮނޑަނަ (ބޮންޑަ) އަށް އެއްކަމެއްވެސް ނުކުރެވޭނެ.

    30
  13. ލާމު

    ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެވޭފަދަ މަގާމެއްގައި ހުރި މީހެއްނޫން ބޮންޑޭއަކީ. ތިޔަފަދަަ އިންޒާރެއް ދެވޭނީ ސަރުކާރަށް. އިންޒާރުން ހީވަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާއަކީ މިއީހެން. ކަންކަން އޮންނަ އުސޫލުން ކުރުމަކީ ރިވެތިގޮތް. އެބައެއްހެ ޒިންމާ އެބަޔަކު އަދާކުރަންވީ. އެހެން މީހުންގެެ ގޯތީގެ ތެރެއަށް ވަނުމަކީ ޖާހިލުކަމެއް.

    20
    1
  14. ބިންގޯ

    އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ސަލަފުން ބޭނުން އެއްޗެއްކިޔާނެ. ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ހަމަ އަނގަ އަރުވަ އަރުވަ ހުންނަން ޖެހޭނީ.

    19
    1
  15. ބޯދިގުޒައީމް

    ކުރިޔަތް އޮތްތަނުގަ ފިއަވަޅުއަޅާނަން ޖޭމްސް ބޮންޑް ދީނީއިލްމުވެރިންނައްދިނީ ނުސްތަކުންވެސް ހަބަރުގެނެއްދޭ އިރުއެކަމަކައް ރައްދުދޭފަރާތުގެ ތައުލީމީފެންވަރާއެކު ހަބަރުގެނަސްދޭނަމަ ގަބޫލުކުރަންފަސޭހަވާނެ މިހާރުގެނަސްދެނީ ވަތްގަނޑެއް ބޮންޑެއް އެތައްހަރަދެއްކޮއްފަ ތައުލީމުދީފަތިބިދަރިންތަކައް ހަބަރުފޯރުކޮއްތިދެނީ އެކުދިންނައްވެސްފަސޭހަވާނެ ގަބޫލުކުރަން އެކަމެއްގެ ތަޖުރިބާއާ ތައުލީމުހުރިވަރުއެނގުނީމަ ކުރީގައެތަނުގަ އުޅުނުބޮޑުބެރުޖަޖާމީހުންވެސް ގަވާއިދުއޮއްނަގޮތުން

    12
    1
  16. ވިސްނާލުމަށް އެދެމޭ

    ބޮންޑާ ކަލޭ މާމައްޗަށް ތިދަނީ..ﷲކަލެޔަށް ފިޔަވައަޅަން ސިކުންތުކޮޅެވެސް ނުނަގާނެ ..އިލްމުވެރިން އެބުނަނީ އެމީ ހުން އަމިއްލަޔަށް ފެންނަގޮތެއް ނޫން..ﷲގެ ދީނުގައޮތްގޮތް..ކަލޭމެން ކިތައްމެވަރަކަށް ޑޮލަރުބޭނުންވިޔަސް ﷲގެ ހުކުމް ބަދަލެނުކުރެވޭނެ...ރިޒުގަކީ ﷲދެއްވާއެއްޗެ...ﷲނަ ހީކުރެއްވިގޮތް ދޫކޮށް ހައްގުގޮތުގަ ރިޒުގު ހޯދަން އުޅެބަލަ..މޑޕ މީ ހުންނަ ބާރެއް ލިބިފައޮތަސް ބޮޑާނުވެ ﷲއަށް ބިރުވެތިވެބަލަ..

    25
    2
  17. ސޮއްބެ

    އެއޮތް މާފުއްޓެއް ބަލާލަ... ދިވެހިން ރާބޮއެެން މުޅި ރަށު ތެރޭ ދުވަނީ... މިގައުމު ހަލާކުކުރީ ބޮންޑާ އާއި އެމްޑީޕީ...

    21
    1
  18. ޙުދުމުހުތާރު

    ސައިޒު އޮޅިގެން ނޫޅޭ. މިއީ ކަލޭގެ ރަސްކަމެއް ހިނގާ ގައުމެއް ނޫން

    24
  19. ކާފަ

    ބޮންޑޭއެއް ބޮނޑެއް ނޯންނާނެ "އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނާ ނުކުޅޭތި" ވަރަށް ހިތިވާނެ.

    21
    1
    • Anonymous

      ކެރިގެން ނުކުންނާނަން ލޭ ހޫނު ވަނީ ބޮންޑޭ އެއް ބޮންދެ ނޯންނާނެ ދީނާ ކުޅެންޏާ

      12
  20. ޑޭޒީ 02ޖެއަރީ 2022

    ހޯމްސުޓޭ އިން
    އަހަރެއް ވަރު ވެލީމަ ނަތީޖާ ފެންނައް ފައްޓާނެ އިންޝާﷲ އޭރައް މިވެރިން ބުނާނީ ކީކޭބާ ރަގަޅު ޢާމްދަނީ އެއް ލިބިގެން ދާނެ.
    އަބަދު ވެސް ޑޮލަރު ލިބެން ޖެހެނީ އެއްބަޔަކަށް އޮތަ
    ރިސޯޓް ތަކުގަވެސް މަސަތްކަތްހަމަ
    ކުރަނީ އަހަރުމެނޭ.
    ދީނެއް
    ބަދަލެއް ނުކުރަން ނުވެސް ކުރާނަން.އިންޝާﷲ

    6
    12
  21. ރީތި މޫސަ

    އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރާކޮންމެބަޔަކަށް ފިޔަޅުއަޅާތި ދީނަށް ފުރައްސާރަކުރާ ބަޔަކަށް ކޮންމެސް ފިޔަވަޅު ނާޅާތި

    16
  22. ޖާނޭ

    ބޮންޑޭއަށް ތައްބައްލަކަ. ދީނެއް، މިއްލަތެއް، އިބުރާހީމެއް، ރައްބީ އެއް ރަސޫލެއް ނުދަންނަ ޖާހިލުންގެ މިހިރަ ހަރުކަށިކަން ނިކަމެތި ކުރައްވާށި. މިހަހަލ ޖާހިލުންނަށް ބާރު ލިބުން އެއީވެސް ފަހުޒަމާނުގެ އަލާމާތެއް.

    16
  23. ޖާނޭ

    ބޮންޑޭއަށް އަޤީދާ އާއި އަޤާޢިދު އެބަ އެގޭތަ؟

    15
  24. Anonymous

    ބޮޑާ ކަލެޔަށް އެޅޭނީ ކޮންފިޔަވަޅެއް

    11
  25. އަހުމަދު

    ބޮންޑޭ ބޭނުންވަނީ ޑޮލަރު އޭނާ ގެ ކައްވަޅަށް އެއިން އެއްމެ ޑޮލަރަކުން ވެސް ފައިދާއެއް ނުކުރާނެ ކަން އެނގި ހުރެ ދުނިޔެ މަތީގަ އޭނާގެ ބޮޑާކަން އެދައްކަނީ މީހާ ފާސިދު ވުން ނޫން ދެން ކޮންކަމަކާ ހެއްޔެވެ؟

    12
  26. ހަމަޖެހޭ

    ރައްޔިތުން ހޮވާފަ ތިބޭ މީހުން ރައްޔިތުންނަށް ބިރުދެއްކުން ބަލައެއް ނުގަނެވޭ. ދީނީ މީހުންގެ އަޑުކަނޑުވައެއް ނުލެވޭނެ.

    12
  27. ށުމަން

    ކަލޯ. ކަލޭ ހޭބަލި ވެގެން ތި އުޅެނީ. ޢަހަރެމެން ގެ ދީނީ އިލްމް ވެރިން ނާ ކުޅެން ކަލޭ ތީ ކާކު ތަ؟ ކަލޭ ގެޔަށް ވަދެ ގޭމީހުން ނަށް ބިރުދައްކާ!!

    11
  28. ޢިމްރޯނު

    ސަލަފުވެސް ބަޔާން ނެރުމުހެ ބަދަލުގަ މިކަހަލަމީހުން ތިރިކުރަން ނނިކަން ކެރިގެން ނުކުންނަންވީ އެހެންނޫނީ މިމީހުން މިޤައުމު ހަލާކުކުރާނެކަން ޔަޤީން މިއީ މިގައުމައް އަނެއް ދިވެހިރާއްޖެ ނުގެނެވިގެން އުޅޭ ބައިގަނޑެއް

    13
  29. ސަލަފްމަހަށްދޭ

    ސާބަސް ބޮންޑޭވީލަވް ޔޫ

    1
    22
  30. ނުރަބޯ

    ސެލެޑު ޖަމިއްޔާ އުވާލަބަލަ

    1
    18
  31. ދެބޯގެރި

    ލާދީނީ މުޖުރިމުންނަކަށް އިސްލާމްދީނުގެ ވާހަކަދެއްކީމާ ހަޖަމެއްނުވާނެ މީ އަދި މާ މޮޅުވެގެން މާކަންކަން އެނގިގަނެގެން ތެޅިވާލާ މުޖުރިމެއް ދީނީ ޢިލްމުވެރިން މިކަލޭގެ ސައިޒަށް ތިރިކުންން އެބަޖެހޭ

    14
    2
  32. ސަވީ

    ހޯމް ސުޓޭއަކީ ވަރައް ނުރައްކާތެރި ކަމެއްގެ ފެށުން.

    19
  33. ސިޒާ

    ﷲ ގެ އިރާދައާއި އެކު މި ނުބައިކަން އަވަހައް ނިމިގެންދާނެ.

    16
  34. އަލީ

    ކިހިނަކުންތަ ކަލޭމެނައް ތިހާ ހަޔާތް ކެނޑިގެން ވާހަކަ ދައްކަން ދަސްކުރީ؟؟ ކޮންތާކުން ދަރިވަރުވެފަ ތިބި ބައެއްމީ؟؟

    13
  35. ހަސަން

    ކަލޭތީ މާބޮޑު އަގީދާއެއް އޮތް މީހެއްތަ. ކަލެއަކީ ކާކުކަމާއި ކަލޭގެ އަގީދާ އޮތީ ކޮންތާކުކަން ނޭގޭ ބަޔަކު ނެތް. މަލަކަލްމައުތުގެފާނު ވަޑައިގަތީމަ އެނގޭނެ އަގީދާއަކީ ކޮބައިކަން

    15
  36. ރާއްޖެތެރެ

    ނޭޅޭނެ ކަލޭމެން ވެރިކަމަ އެރީ ރާއްޖެ ފުނޑާލަން. އެމްޑީޕީ އަކަ ވޯޓޭއް ނުދޭނަން ދުވަހަކުވެސް ދެނެ

    11
  37. ދާއިރާ

    ބޮނޑޭ ކަލޭ ގެ ފަހު ދައުރުމީ! ދާއިރާ އެއް އެހެން ދާއިރާއެއް ކިޔާނެަމެއްނެތް! ކަލޭ ޖެހޭނީ ދެން މަގުމަތީ އެނބުރެން. ދާއިރާ އިން ޓާޓާ ޓާޓާ ، ރައްޔިތުންނަށް އެނގިއްޖެ ތީ ކަމުދާ ވެރިންނެނޫން1

    13
  38. އޫޝާ

    ގެސްޓުންގެ ސެކިއުރިޓީ ގެރެންޓީ ކުރެވޭނެގޮތެއް ނެތި މިކަން ކުރުމަކީ ރާއްޖޭގެ ޓުއަރިޒަމަށް ވަރަށްބޮޑު އަސަރެއްކޮށްފާނެ ކަމެއް.

  39. ހަގީގަތްވާނީ ހަމަ ހަގީގަތައް

    ބޮންޑޭ އަށް ތާއީދު. ޢަހަރެން ހޯމް ސްޓޭއަށް 100 ޕަސެންޓް ތާއީދުކުރަން . އެކަމަކު ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ހަގީގަތް ވާނީ ހަމަ ހަގީގަތައް. ތިކަމުގެ ސަބަބުން ޕްރޮސްޓިޓިއުޝަން ނުވަތަ ހަށި ވިއްކުން މެކުހަށް ޖަހާނެ. ޚާއްސަކޮށް ރައްރަށުގެ ޒުވާން ފިރިހެން ކުދިންނަށް ރަނުގެ ފުރުސަތެއް. ބެންކޮކަށް ނޫނީ ލަންކާ އަށް ނުގޮސް ދޮން ރީތި އަންހެން ކުދިން ވަގުތީ އަނބިންގެ ގޮތުގައި ލިބޭނެތީވެ. އަދި ކްރިސްޓިއަން މިޝަނަރީޒް ދެން އަންނާނީ ވެލާ އަދި ކަހަނބު އާލާކުރާކަށްނޫން. ޢެމީހުން ދެން އަންނާނީ ގުޑުގުޑާ ދޫންޏާއި ސާމަރާ ދޫނި ރާއްޖޭގައި އާލާކުރަން.

    12
    1
  40. ަތަކުރު

    ބޮންޑޭއަށް އަޤީދާ އެގޭތަ؟

  41. ރަދީފްއޮފިޝިއަލް

    އިބްރާހިމް ރަޝީދު.ބޭފުޅާ ތަންކޮޅެއް މައިތިރިވެގެން ހުރެބަލަ.މިއަދި ވެރިން ހިތްރުއްސަން ތިގޮތަށް ވާހަކަ ދެއްކިދާނެ.ނަމަވެސް މާދަމާ ވެލީގެ ދާނުގަ އޮންނައިރު އެކަނި ފިލުވަދޭން އެކަކުވެސް ނުހުންނާނެ.އެހެންވީމަ ތަންކޮޅެއް އަހްލާގް ރަނގަޅުކޮށްގެން މާތް މީހެއްގެ ގޮތުގަ އުޅުން އެއީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރެވޭނެ ގޮތް.ވ.ވެދުން

  42. މާފަންނު މެދުދާއިރާގެ ރައްޔިތެއް

    އަމިއްލަ ދާއިރާގެ ރައްޔިތުންގެ އިހްސާސް ނޭގޭ ބޭފުޅަކަށް ކޮން އަގީދާއެކޭ ކިޔާކައް. ބޮންޑޭ އަށް ހިދުމަތް ކޮށްދެވޭނީ ކެފޭ ޗިންޗޮން އަށް އަރާ މީހުނަށް އެކަނި

  43. ޖަމާލު

    އަލިފް ބާވެސް ކިޔަވާއިގެން ހުރި މީހެއް ނޫން. އެކަމަކު ދީނޭ އެބަކިޔާ. އިސްލާމް ދީން ނުކިޔަވާ ހުރި މީހަކަށް ދީނޭ ކިޔައިގެން ވާހަކަދެއްކޭތަ. ހާދަ ހަރުކަށި މީހަކޭ އިސްލާމް ދީން ނުކިޔަވާހުރެ ޝެއިހުއްނާ ދެކޮޅުވެރިވެ ޝެއިހުއނަށް އިންޒާރު ދެނީ

  44. ގަލަން ތުނޑު

    މިމީހުން ވާނެ އަބަދު ހޮވަން..ޑޮލަރު މެޝިން

  45. މުލުވަގު

    ދެން ގައުމީ ފައިސާޢަކީ ބޮންޑޭފޮޓޯޖެހިޑޮލަރަށް ހަދަންވީނު..

  46. ރީތި މޫސަ

    އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ ކޮންމެބަޔަކާ ދޭތެރޭވެސް ތިމީހުން ބުނާނީ ތިހެން ނަމަވެސް ދީނަށް ފުރައްސާރަކުރާ ކޮންމެމީހަކު ކުރާނީ ހިމާޔަތް މީހިތާމަހުރިކަމެއް

  47. Anonymous

    ކޮން ބޮންޑޭ އެއް! ބޮންދު ސައިޒު ކޮއްލާނަން

  48. ސ

    ބިރު ދެއްކި ދުވަސް ފާއިތު ވެއްޖެ ކަލޭމެން 2002 އިން ފެށިގެން 2013 އަށް އަހަރެމެންނަށް ބިރު ދެއްކި މިހާރު މިތިބީ ބިރު ކެނޑިފައި އަހަރެމެން މިހާރު މާ ގަދަވާނެ ކިތައް އިންޒާރު ދީފި ކަންކަށީގައި ޖަހާނަމޭ ވެސް ބުނި އަދި ފިޔަވަޅު އަޅާ ނަމޭ ވެސް ބުނި ކަލޭމެންގެ ހަރުގޭގެ މިހާރު އުރަށްޕެއ

  49. ބިރު

    ވައްވައް ޖަހާ ތިބެން ޖެހޭނީ ދައުލަތުގެ ހުރިހާ ބާރެއް އޮތަސް މިހާރު އޮތީ ބޮކު ބާރު ކަލޭމެން ބިރު ދެއްކި ދުވަސް މާޒީ ވެއްޖެ މިހާރު ތިޔަހެން ބުނެލިއަސް ބިރެއް ނުގަނޭ އަހަރެމެން ވެސް ކަލޭމެން ފެންނަ ހާ ތަނަކުން ވަގަށް ގޮވާނަން ދިމާ ވެސް ކުރާނަން ކްލަބް ހައުސްގައި ބޮންޑޭމެން ދެތިން ކެނަ ލައިގެން އަޑު އަހާނެ މީހަކު ނުވެ ވައި ވަނީ އަހަރެމެން މާގަދަ ދެން ލަލަލާ ގޮއިރޯނުގައި ތިޔަ ވަނީ ޖެހިފައި

  50. ނާދިރާ

    އެއްކަލަ މޭފުއްޕާ ސޮރު ނަގޫ ގޮށްޖެނީ

  51. މޮޑަން

    މިމުއްލާއިން އަބަދު ދަށްކާނީ ބަންގުރާ އާމުވާވާހަކަ ދުވަހަކުވެސް ނުދަށްކާނެ މުޅިރާއްޖެއަށް ޑްރަގްސް އާމުވެގެންއުޅޭވާހަކަ އެއް ޑްރަގްގެސަބަބުން ރާއްޖޭގެ އިޖުތިމާއީފޭރާން ގެއްލޭވާހަކައެއް ބުނެބަލަ ރިސޯތަކުން ބަންގުރާބޮއެގެން އައިސްމާލޭގަ ނޫނީރަށްރަށުގަ ބިއްޖެހިފަތިބޭތަ މީހުން ނުތިބޭދޯ ރިސޯތްތަކުގަ ރާގެންގުޅޭތާ 50އަހަރުވީ މިމީހުންގެ ޚަލީފާގެ މައިވިޔަފާރިވިއްޔާ އެއީދޯ އެހެންވީމަ އެވާހަކައެއްނުދަށްކާނެއްނު އަދި އަފްގާނިސްތާނުގަ ފަގުޑިއެޅިމީހުން ކުރަނިވެސްމިވިޔަފާރިވިއްޔާ ދޯ........

  52. ބިންގޯ

    ކާކު ބިރުގަންނަވަންތަ ތިއުޅެނީ.

  53. ކުޑަކަތީބު

    އެގޮލާ އެއީ ބާޒާރުމަތީ ދަމާކަނޑަން އުޅުނު ސޮރެއް، އެހެންވީމަ ނޯ ސަޕްރައިސް!

  54. ދުރާލާ

    ދުރާލާ ރާވައިގެން ކުރިސްޓިއަން މީޝަނަރީ އިން ހިންގާ މެދުރާސްތާ ބިލިޔަން ޑޮލަރު ޕުލޭން އެކޭ ކިޔަނީ އެވެރިން. ނޭގޭ ބޮޑު ސިއްރު. ޑޮލަރު ލިބެނީ މި ކަމަށް މަގުފަހި ކޮށްދޭ ބޮޑުންނަށް ދެއްތޮ؟

  55. ގލޅ

    ދިވެ ހިންގެ އަގީދާއޭ ކިޔައިގެން ކަލޭ އަނގަ ހުޅުވަން
    ލަދު ނުގަނޭތޯ؟