ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މިރޭ 20:45 އިން ފެށިގެން ދަންވަރު 2:30 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ނެރެފައިވާ މި ހުދު ސަމާލު ގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނުވަ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން ވަނީ މިއަދު މެންދުރު 13:30 އިން ފެށިގެން 18:30 އަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގައި ސަބަބުން މެޓުގެ އިތުރުން އެމްއެންޑީއެފުން ވެސް އަންނަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު