ރ.މާމުނަގައު ރިސޯޓްގެ ސީޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރ.މާމުނަގައު ރިސޯޓްގެ ސީޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެންގޮސް ރިސޯޓްގެ ހުޅަނގުދެކުނު ފަރާތަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާއިރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އޮޔާދާ 20 ފޫޓް 10 ފޫޓްގެ މި ޕްލެޓްފޯމުގައި ރަތްކުލައިގެ ބައްތިއެއް ދިއްލާފައި ހުންނާނެ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ރ.މާމުނަގައު އަކީ ރ.އަތޮޅުގެ އެންމެ ދެކުނުގައި އޮންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ.

ރ.މާމުނަގައު ރިސޯޓްގެ ސީޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އެދުނުއިރު ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ.

ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ނެރެފައިވާ މި ހުދު ސަމާލު ގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޖުބޫރީހާލަތް

    ބަލަ ދޫކޮއް ނުލާ ޓަގެއްގަ ޖަހާ ހިކިފަސަތާކައް އަރުވަބަލަ ދައުލަތެއްދޯމިވެސް

  2. ދަންބެރު

    ނަސީބެއްނު ސަރުކާރު އޮޔާނުދާކަންވެސް މަށަށްހީވަނީ މުޅި ދައުލަތްވެސް އޮޔާދަނީހެން ދަތުރުވެރިންނަށާއި އާންމުންނަށް އަންގާ ދައުލަތް އޮޔާދަނީކަމަށް އަވަސްކުރޭ!!!