މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިރޭ 21:03 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އޭނާ ނިޔާވެފައިވާ ކަމަށް ސީނަށް އެޓެންޑްވި ފުލުހުންގެ ޑޮކްޓަރ ވަނީ މައުލޫމާތު ދީފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ 44 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަޖުބޫރީހާލަތް

    44 އަހަރާ 45 އަހަރާ 39 އަހަރު މީހުން ވަރައް ގިނައިން މިހާރަކައް އައިސްނިޔާވާކަން ފާހަގަވޭ ކޮވިސިލްޑް ޖެހިފަހުން މަގޭ ކުޑަރިކިލު ފުރެންޑައް ބަދަލެއް އައިކަން ފާހަގަކުރެވޭ ހުއްޓުން އަރާ ބަސްމަދުވެ ވަރުބަލިކަ މާ ނިދި މޫޑެއްގަ ހުރެފަ ކުއްލިޔަކައް ނިޔާވީ

    29
    6
  2. ޅަބޭ

    ވާނުވާ ހަބަރެއް ދޯ. ކޮންމެސް ގެއަކު، ކޮންމެސް މީހަކު، ކޮންމެސް ކަމެއްވެގެން، ކޮންމެސް އެއްޗެއް ބައްލަވާލައްވައިގެން، ކޮންމެސް ގޮތަކައް މަރު. މަރުވި މީހާވެސް ވާނުވާގަ. ފުލުހުންވެސް ވާނުވާގަ. ނޫސްވެރިޔާވެސް ވާނުވާގަ. ނޫސް ކިޔުންތެރިޔާވެސް ވާނުވާގަ..

    72
    1
    • ބުއްޅަބޭ

      ޅަބޭވެސް ވާނުވާގަ.. ދެން ސިޔާސީ މީހަކު ގޯސްކުރޭ.. ހުރިހާ ކަމެއް ޅަބޭ ސިޔާސީ ކުރާތީ ގަވްމު ހަލާކުވަނީ

      1
      15
      • ބަނބުޅަބޭ

        ކަންކަން ސިޔާސީ ކުރާތީ ގައުމުހަލާކުވަނީކީނޫން. ސިޔާސީ މީހުން ނުވެވޭވަރުގެ ކަންތައް ތައް ކޮށްދޭނަމޭ ބުނެ ދޮގުހަދާތީ ގައުމު ހަލާކުވަނީ. ގޮތަނޭގޭ މަރުތައް ބަލަން ކޮމިޝަނެއް ހަދާފައި އޮވޭ. މިމަރުވެސް އެކޮމިޝަނަށް ފޮނުވާ އޭރުން ހުރިހާ ކަމެއް ހޯދާނެ. މީގެކުރިން ހިނގާފާހުރި ހުރިހާ މަރުތަކެއްވަނީ ހޯދާފާ. ރައީސްސޯލިހުވެފައިވާ ވައުދެއް އެއީ އެވައުދު ވެސް ސިޔާސި ކުރީ ޅަބޭތޯ؟

    • ހަރުބޭ

      ޅަބޭއަށް ސާބަސް ވ ރަނގަޅުވާހަކައެއް....ބުއްޅަބޭއަށް ކެތެއްނުވި...