ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން އިދިކޮޅު ކޯލިޝަން އަށް ގެއްލުން ވެދާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމަށް ނިސްބަތް ކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިދިކޮޅު ކޯލިޝަން ކެމްޕެއިންގައި އެއްވެސް ގައުމެއްގެ ނަން ކިޔައި އެ ގައުމަކަށް ތުހުމަތުކޮށްގެން ވާނީ ބޮޑު ގެއްލުމެއް ކަމަށެވެ.

"އެއްވެސް ޤައުމެއްގެ ނަންކިޔާ އެޤައުމަކަށް ތުހުމަތުކޮށްގެން ވާނީ ވަރަށް ބޮޑު ގެއްލުމެއް. ދީނީ އިލްމުވެރިންނާއި ހައްދުފަހަނައަޅާ މީހުންނާ ގުޅުވައިގެން ޖެހިގަތީމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ , ވިސްނާ ނުލާ ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެމްޕެއިނަށް އޭގެ ގެއްލުން ވެދާނެ" ގާސިމް ވިދާޅުވި އެވެ.

13 އަހަރުގެ ޖަލުހުކުމަކަށް ފިއްލަވައިގެން އުޅުވާ ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ކަނޑައަޅައިފައިވާ ޑރ.ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.

މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.

އެހެންނަމަވެސް، މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓަށް ގިނަ ބަޔަކު ރައްދުދީ ފާޑުކިޔަމުންދާއިރު ބައެއް އިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކޮށް ޓުވީޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސޭކުސްތާން

    ތީ ޖަޒީރާ ރައިސްއެއް ނޫން. ސޭކުސްތާނު ބީރުބޮލު ވަޒީރު އަންނި ސޭޓު މާރު.

  2. މާސް

    ތިޔަކީ މިގައުމައް ދިމާވެފާހުރި ބޮޑުމުސީބާތެއް އަވަހައް ގެނެސް ޖަލުގަ ޗޭނުޖަހާފަ ބާއްވާ ތިޔަކީ ފައްކާ ދހައްޖާލެއް

  3. މާމިގިލި

    ބަލަގާސިމާ ނަސީދުގެ ސަބަބުންނޭ ކޯލިސަންނައް ވޯއްޓުލިބެނީ. ކަލޭގެ ސަބަބަކުންނޫނޭ.... ކަޑަވާނެ

  4. ބުއްޅަބޭ

    ދައްޖާލު ސަހަލުނުވާނެ އަވަހަށް ތީތިކާރީން ބަޗާ

  5. ޢަފްލާ

    ފުރަތހަމަވެސް ސިޔާސީގޮތުން ފަސާދައެއް ތިއުފެއްދީ ނުލިބޭނެ ވޯޓެއް

  6. ޑޭންޖުރެސް

    ކެނެރީގެ ނަޝީދު ހަމަހޭގައި ނެތީސް އޭނާ އަށް ޓްވީޓް ނުކުރެވޭ ގޮތް ހެދުން އެއީ މުހިއްމު ކަމެކޭ ނުވަތަ ކެނެރީގެ ނަޝީދުގެ ނަމުގައި ދަ ލާދީނިއަނޭ ރަންރީނދޫ ޓްވިޓަރޭ އޭނާގެ ޓްވިޓަރ އެކައުންޓް އިން ޓްވީޓް ނުކުރުން އެއީ މުހިއްމު ކަމެކޭ ރަންރީނދޫ ޓްވިޓަރޭ މެން އެމްޑީޕީން ކަނޑާ ނަގާ އެއްލާލަން ވެއްޖެ އެއް ނޫންތޭ. ޝީ އިޒް ނޯ ޑޭމް ގުޑް ފޯރ އެމްޑީޕީ ޝީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހާއް ހާއް ހާއް ހޭއް ހޭއް ހޭއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް...

  7. ޒާ

    ވެރިކަން ހޯދުމަށްޓަކައި މުސްލިމުންވެސް މަރަންވީތަ. ނުބައި ނުލަފާ މީހެއް އެއީ.

  8. ސަލީމާ

    މައްސަލައަކީ އެކަހަލަ ވަތަނީ ލޯތްބާއި ހިކުމަތްތެރިކަން ނެތް މީހެއް ކައިރިކޮށްގެން ގާސިމު އުޅޭތީ

  9. އަސްލަމް

    ވެދާނެޔާ ވެއްޖެ ގާސިމްއަވަހައްއާދޭޔާމިންއަރިހައް

  10. ބާރީ

    ނަޝިދަކީ ދީނާއި ޤައުމުދެ އަދުއްވެއް، އޭނަ އަބަދުވެސް ކުރާނީ ދީނާއި ޤައުމަށް ކަނޑައެޅިގެން ގެއްލުންވާ ޒާތުގެ ކަންކަން ،

  11. ތޯޓޭ

    ގާސިމްމެންކަހަލަ ގައުމު ދެކެ ލޯބިވާ މީހުން ކޮންމެ ފަހަރަކު ތިޔަ އަދުއްވުންނާ ގުޅިގެން ގައުމު ހަލާކުގެ ތެރެޔައް ވައްޓާލާތީ ނުޙަނު ހިތާމަކުަރަން ، ކަނޑައެޅިގެން އެގޭ ތިޔަ ބައިގަޑަކީމިގައުމަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫންކަން ( ގާސިމައް ހެޔޮ ވިސްނުން މިން ވަރު ކުރައް ވާށި) އާމީން

  12. މުހައްމަދު އަހްމަދު

    މި ޤައުމުގެ ގިނަ ބަޔަކު މިހާރު ބޭނުމެއްނުން.. އެމްޑީޕީ އެއް އަދި ޕީޕީ އެމެއްވެސް... ޤަސިމުގެ ޕާޓީން މީހަކު ނެރުނު ނަމަ، ދެވަނަ ބުރަށް ގޮސް ކަމިޔާބު ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނުން.. އެހެން ހެދިނަމަ ދީނީ އިލްމުވެރިންވެސް ތިއްބަވާނީ ޖޭޕީ އާ އެއްކޮށް..

  13. މުހައްމަދު އަހްމަދު

    ޖޭޕީން މީހަކު ނެރުނުނަމަ ހުރިހާ ދީނީ އިލްމުވެރިން ތިބީހީ ޖޭޕީ އާ އެއްކޮޅަށް.. ދެވަނަ ބުރަކަށް ގޮސް ކާމިޔާބުވެސް ކުރެވޭނެ.. އިރާދަ ކުރެއްވިއްޔާ.