މާލޭގެ ފިހާރައަކުން ވައްކަންކޮށް، ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ވަޅިއަކުން ބިރު ދައްކައި ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނެކެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއިއެކު އެތައް ކުށެއްގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވިފައިވާ ދެމީހުންގެ ތެރެއިން ފިރިހެން މީހާ ވަނީ ފިހާރަ އިން ކޮފީޕެކެޓެއް ވަގަށް ނަގަން އުޅުނު ކަމަށް އެއްބަސްވެފައެވެ. އޭނާ ފިހާރަ އިން ވައްކަން ކުރީ އެ ޕެކެޓު ވިއްކައިގެން ލިބޭ ފައިސާ އިން ބަނޑުފުރާނަ މުއްތިކުރުމަށް ކަމަށެވެ.

ފިރިހެން މީހާ ކޯޓުގައި ބުނެފައި ވަނީ އޭނާ ބިދޭސީ މީހާ ގައިގައި އަތްލީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގޮތުން ކަމަށެވެ. އަންހެން މީހާ ބުނީ ބިދޭސީ މީހާގެ ގަމީހުގައި ހިފައި ދެމީ، ފިރިމީހާއަށް އަނިޔާކުރާ ކަމަށް ބެލެވުމުން ކަަމަށެެވެ.

ދެމީހުން ވެސް ވަނީ އެމީހުންގެ ބަލަން ޖެހޭ ދަރިން ތިބި ކަމަށް ބުނެ ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އެއީ ފަސް މަހުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެކެވެ. ނަމަވެސް ގާޒީ ކުރި ސުވާލުތަކަށް ޖަވާބު ދެމުން ދެމީހުން ވެސް ވަނީ ދަރިން ބަލަނީ އެމީހުން ނޫން ކަމަށް އިއުތިރާފު ވެފައެވެ.

މިދެމީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަމާއި، ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަލަން ތުނޑު

    ނިަމެތި ސޮރެއްވިއްޔާ ހަފުސް..ގޭންގް ލީޑރުން ފްރީ

    7
    1
  2. ޢަހު

    ރ ޔާމީން ސަރުކާރުގަ މިކަހަލަ މައްސަލަތައް ގިނަވެ ބަންޑުންވާތީ ވަގުވޯޓުން ވެރިކަމަށް އައި ސޯލިހު އަށް 3އަހަެުތެރޭ ހުރިހާ ނުބައިކަމަކުން ރިކޯޑު ހަދައިފި ގޮތްނޭނގޭ މަރުތަޖުގެ ހިސާބެއްވެސް ނޭނގޭ ވައްކަން މާރާމާރީ ކުޑަކުދިން ރޭޕްކުރުން ބޮޑެތި މީހުން ރޭޕްކުރުން އަންހެނުން ފިރިހެނުންނަށް ބިރުދެއްކުން ގެވެށި އަނިޔާ އިތުރުވުން ސާބަހޭ ވަގެ ސޯލިހު

    9
    1
  3. ރަދީފް

    ބޮޑު ދެވަގުން ދޯ.

  4. ސުން

    ފޮޓޯ ކޮބާ؟ކީއްވެ ފޮޓޯ ޖަހަން ނުކެރިގެން ތިއުޅެނީ؟ތިހާ ގިނަ މައްސަލަ އޮތްމީހަކު ދޫވެގެން ތިއުޅެނީ ކީއްވެ؟ރައްޔިތުންގެ ފައިސާއިން ބޭކާރުގޮތުގަ ނަތީޖާ ނުރެވޭ ދޯހަޅި ޝަރުއީ ނިޒާމަށް ޚަރަދު ކުރަނީ ކީއްވެ…

    12
    • ގާނޫނު

      ގައުމުގަ މާލިއްޔާގަ އެމީހުން ބަންދުކޮށްގެން ގެންގުޅޭހާ ހަކަތައެއް.އެމީހުން ބަންދުކޮށްފިއްޔާ ކާން ދޭން ޖެހޭ.އެހެން ވީމަ އެމީހުން ދޫކޮށްލާފަ ތިބެނީ.ސިޔާސީ މީހުން މާމުހިއްމު ބަންދުކޮށް ދައުވާ ކުރަން

  5. ޙ

    ޕިސް، ޕިސް، ހައްޔަރުގަ ބަހައްޓާ، މަސެއްކަތެއް ކޮށްބަލަ އަމަލް ނުވެ