ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަހުގެ ދިގު މިނުގެ ހިސާބު ނަގަނީ ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ހިންގާ (މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް) ގެ ދަށުން ކަމަށެވެ.

މިއީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައިޑީއޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓުން ހިންގޭ ކަނޑު މަސްވެރިކަމުގެ މައުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ނ. ޅޮހިއަށާއި އއ. ހިމެންދޫގައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

  • އެ މަސައްކަތަކީ ރަށުގެ ބަނދަރަށް ލަފާ ހިބަރު، ފަރުމަސް އަދި ކަނޑު މަސްވެރިކަމުގެ ދޯނި ފަހަރުން މަސައްކަތުގެ ތަފްސީލް ބަޔާންކޮށްފައިވާ ލިޔުމުގައިވާ އުސޫލުން މަހަކު ޖުމްލަ 40 (ހަފްތާއަކު 10) ދަތުރާއި ގުޅޭ މަސްވެރިކަމުގެ މައުލޫމާތު އަދި ބާނާފައިވާ މަހުގެ ދިގުމިނާއި ބަރުދަން ނެގުމާއި މަސްވެރިކަމާއިގުޅޭ އެހެނިހެން މައުލޫމާތު (އެއްބަސްވުމުގައި ތަފްސީލް ކުރެވޭނެ) ނެގުމުގައި އެހީތެރިވެ ދިނުމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންޓްރެކްޓްގައި ކޮންމެ މަހަކަށް 5400/- ރުފިޔާ ލިބޭނެއެވެ. އެ ވަޒީފާއަށް މީހުން ނެގުމުގައި ޕޮއިންޓު ދެނީ އެމީހަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޖޭ

    ހިތާނު ކުރާ މީހަކާ ހަވާލު ކުރޭ

    • ރާޔަން

      ހިތާނު ކުރާ މީހާ ހިތާނު ކުރަނީ ސައިޒަށް ބަލާފަތަ؟

      1
      1
  2. ރާޔަން

    އަދި ހިތާނު ކުރާ މީހަކަށްވެސް ތިމަސައްކަތް ނުކުރެވިދާނެ

  3. Anonymous

    އަންނިއައް ތިކަން ވާނެ.

  4. މިތުރާ

    ދޫނި ކަތިލާ މިނިސްޓުރީން މަހުގެ ދިގުމިން ބަލަން ފެނޭ.

  5. އަހަންމާ

    "ކޮންމެ މަހަކަށް 5400/- ރުފިޔާ ލިބޭނެއެވެ." މި ބުނަނީ ދިގުމިން ބަލާ ކޮންމެ މަހަކަށް ލިބޭނެ ވަރު އުތަ؟ އެހެންވިއްޔާ މަ ބޭނުން ތިޔަ މަސައްކަތް ކުރަން.