ފިނޭންސް މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކަށް ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް 30 އޭޕްރީލް ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓްރީން މި ގޮތަށް ހަމަޖެއްސެވީ، މި ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދެން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން 30 އޭޕްރީލްގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން މެންދުރު 12:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާއިން ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެމުގައި މިހާރު ބޭނުންކުރަނީ ބަނޑޭރި ޕޯޓަލްއެވެ. ނަގުދު ފައިސާއިން މިނިސްޓްރީގެ މި ފަންޑުތަކަށް ފައިސާ ބަލައިގަންނަގޮތަށް ހަމަޖެހިފައި ވީނަމަވެސް ބަނޑޭރިޕޭއިންވެސް ފައިސާ ޖަމާކުރެވޭނެއެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބޭނުން ކުރާނީ https://bandeyripay.finance.gov.mv މި ލިންކެވެ.