މީސް މީޑިއާއަށް އޮރިޔާން ލީކު ކުރާނެ ކަމަށް ބުނެ ދިވެހި އަންހެނަކަށް ބްލެކް މެއިލް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލްއާއި ދެކުނުގެ ރަށަކުން ބްލެކްމެއިލްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ، ބްލެކް މެއިލްގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތަކަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، އޭނާ ބްލެކްމެއިލް ކުރަމުން ދިޔައީ ރާއްޖޭން ބޭރުގައި ކިޔަވަން ހުރި ދިވެހި އަންހެނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮރަލް

  މިއޮތީ ގައުމީ ސަލާމަތައް ނުރައްކާ ވެފަ އެވެ.

  17
 2. ހައްހހައް

  ފަހު ޕެރެގުރާފު ފެނުނީމާ ހައިރާން ވާން އުޅެފައިވެސް ނުވި ކަންނޭނގެ ތޯއްޗެ

  16
 3. ނަން

  އެއްވެސް މީހަކު މީހުނައް އޮރިޔާން ނުފޮނުވަމައް އެދެން

  22
  3
 4. ގޫއެޅަގޭ އަސްސަދު

  ލަތީފާމެން އުޅޭ ވައްތހަރުން ދޯ ތިހެންވަނީ

  7
  1
 5. އަލީ

  އިންޑިޔާގެ ކުރައިމް ޕެޓްރޯލުގެ އެޕިސޯޓުތައް ހާދަ ގިނަޔޭ މިހާރު