ދިވެހިނަށް މިހާރު އިދިކޮޅު އެމްޑީޕީ ދަސްވެ ގުރެޖުއޭޓް ވެއްޖެ ކަމަށް ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މަޖިލިސް މެންބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން މިހެން ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގް މޭޓް ޑރ ޝަހީމް އާއި ގުޅުވައިގެން ކުރީގެ އިސްތިއުފާ ދެއްވި ރައީސް ނަޝީދު ކުރެއްވި ޓުވީޓާއި ގުޅިގެނެވެ.

ޖަމީލް އުސްމާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ ޝަހީމުގެ އަބުރު ކަތިލައިގެން ބަޔަކުގެ ވޯޓް އިތުރު ކުރެވިދާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށެވެ.

"ދިވެހިނަށް މިހާރު އެމްޑީޕީ ދަސްވެ ގުރެޖުއޭޓް ވެއްޖެ, އިންޝަ ﷲ ރައީސް ޔާމީންގެ ތާއީދު ދާނީ އިތުރަށް ކުރިއަށް" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ކަނޑައަޅައިފައިވާ ޑރ. ޝަހީމްއަކީ އައިއެސްއަށް މީހުން ވައްދާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެކަމަށް ތާޢީދު ކުރައްވާ ކަމަށެވެ.

މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުން، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީ އިން ރާއްޖޭގައި، ހަރުކަށި ފިކުރުތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން، އާއްމުކަން މަސައްކަތް ކުރާކަން ހާމަވާކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އޭނާވަނީ، ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޓެގު ކުރައްވާފައެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓުވީޓަށް ގިނަ ބަޔަކު ރައްދުދީ ފާޑުކިޔަމުންދާއިރު ބައެއް އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ޓުވީޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާސް

    ނަޝީދު އެ ޓުއިޓުކުރިއިރު އޭނާހުރީ އަނެއްކާ ހަމަ ހޭގައިތަ.؟

  2. ޙާލިދު

    ކެނެރީގޭ އަބިދާގެ މޮޔަސޮރު ދައްކާ ވާހަކަ އަހަރެމެން ބަލައެއް ނުގަންނަން

  3. މަރީ

    ކަނޑުހުޅަދޫ މޮޔަސޮރު ދައްކާ ތިކަހަލަ ބުހުތާން ދޮގު ވާހަކަ އަހަރަމެން ގަބޫލެއް ނުކުރަން

  4. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދިވެހިންނަށް ދިވެހިން އެނގޭނެއެވެ. މަދުބައެއްގެ މައްޗަށް އިތުބާރުކޮށް، ގިނަބަޔަކު ނިޒާމުގެ ތެރެއިން ގެއްލުވައި ލެވޭ ޖާޒުބިއްޔަތެއްގެ މައްޗަށް މުޖުތަމަޢު އިއްތިފާޤު ނުވާނެއެވެ.