މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާއިރު، މަޖިލީހުގައި އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް ބަލާފައި މާކްސް ދީފައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރުމުގައި އިންސާފުވެރި ހަމައެއް ނެތް ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ވަނީ، މަޖިލީހުން ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު މުއައްސަސާތަކަށް ލާން އުޅުމުން މުއައްސަސާތައް "ކިލަނބުވެގެން" ގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން، ރޮޒެއިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނާއި މަޖިލިހުން ވެސް މުއައްސަސާތަކަށް މީހުން އައްޔަން ކުރަން ރުހުން ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ފިކުރަކަށް ބަލާފައެއް ނޯންނާނެ ކަމަށެވެ.

"[ސިޔާސީ ފިކުރަކަށް] ބަލާފައި ބަޔަކު ނަގާފައެއް ނުހުންނާނެ،" ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، އޭސީސީއަށް އާ މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ މަޖިލީހުގެ ތެރެއިން ގެންދިޔައިރު އޭރު ވެސް ބޮޑަށް މަސައްކަތް ކޮށްފައި އޮންނާނީ އެންމެ ގާބިލް ފަރާތްތަކެއް އެ ކޮމިޝަނަށް އައްޔަން ކުރަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އޭސީސީ ނެގިއިރު އެއީ މާކްސް ދީގެން މީހުން ނެގި ފަހަރެއް ހަމަ، އެންމެން ވެސް ވަރަށް ރަނގަޅަށް އިވެއުލޭޓް ކޮށްފައި މާކްސް ދިނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

މި މަޖިލީހުން ރުހުން ދިން އޭސީސީގެ މެންބަރުން ފަހުން މި މަޖިލީހުން ވަކި ކުރަން ޖެހުނީ ވެސް އެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތްކޮށް ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ރޮޒެއިނާ ފާޙަގަ ކުރެއްވިއެވެ.

އޭސީސީގެ ފަސް މެންބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ފަސް މެންބަރުން ވެސް މަގާމުން އިސްތިއުފާ ދެއްވީއެވެ. މިހާރު އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

ކޮމިޝަންގެ ރައީސެއްގެ ގޮތުގައި ހުންނެވީ މަރިޔަމް ޝިއުނާއެވެ. ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ ފާތިމަތު އަނޫލާއެވެ. ދެން ތިއްބެވީ އައިޝަތު އަބްދުﷲއާއި، އިބްރާހީމް ޝަކީލްއާއި، އަލީ އަޝްރަފެވެ.

އޭސީސީގެ މަސައްކަތާއި ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮޑިޓެއް ތައްޔާރު ކުރިއެވެ. އެ އޮޑިޓްގައި އޮތް ގޮތުން މިދިޔަ ފަސް އަހަރުން ވެސް ދައުވާ ކުރަން ފޮނުވީ ކޮމިޝަނުން ބެލި މައްސަލަތަކުގެ އެންމެ އިންސައްތައެއްގެ މައްސަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކޮވިޑް

    ރޮޒެއިނާ ހަދަނީ ދޮގު ވަރަށް ގިނަބަޔަކު ދަންނަކަމެއް ޕާޓީމީހުންނަށް ފުލެޓާ ގޯތިދީ ވަޒީފާ ދެމުންދާކަން އަދި ސިވިލްސާވެންޓުން އަނގަމަތީ ޓޭޕްއަޅައި ސިޔާސީއޭކިޔައި ޖެއްސުންކުރާކަން

    26
  2. ކޮވިޑް

    ޖޭއެސްސީވެސް ސިޔާސީ އެއް ނޫން ދޯ ކިރުދަޅާ؟ އަޅެފަހެ ކަލޭމެން ތެދެއްހަދާނީ ކޮންދުވަހަކުންބާ އޭ ހިތައް އަރާ؟ ގުންބޯ ހައްދަން ވެސް ތީ ފުކެއް ބޮޑުވަރު. # އިންޑިއާ އައުޓް #

    23
  3. ޙަަަހަ

    އެހެންވިއްޔާ މިސަރުކާރުގެ ވެރިންގެ އާއިލާގެ މީހުން ގިނައިން ތިބެންވީ އިއްތިފާޤެކޭތޯ ތިބުނަނީ ، އެހެންވިއްޔާ ނެތް ބުނާނެ އެއްޗެއް

    22
  4. ޜޮޒެއިނާ

    ރޮޒެއިނާ ތިބުނީ ކަނޑައެޅިގެން ދޮގެއް އަޅުގަނޑުމި ވަރަށް އިޙްލާސްތެރިކަމާ ތެދުވެރިކަމާ އަމާނާތް ތެރިކޮށް ވަޒީފާގައި އުޅުނި ފަރާތެއް ސިޔާސީވިސްނުމުގަ ހައްގެއް ނެތި އަޅުގަނޑު ވަޒީފާއިން ވަކިކުރީ ވަރަށް އާދޭސްކޮށް ސަލާންޖެހިން ވަޒީފާގައި ބަހައްޓައި ދިނުމަށް އެދި ބީރު ކަންފަތެއް ދީފަ އަޅުގަނޑު ވަޒިފާއިން ކަނޑާލީ މުސާރަ ނުދީ 7 މަސް ވާންދެއް ބަހައްޓައިފަ އެމްޑީޕީ މީހުންނަ ޝަރުތެއް ނުބަލަ ވަޒިފާ ދެނީ 57 އަހަރު އެމްޑީޕި އެކްޓިވިސްތަކަށް ވަޒީފާދިނީ ކޮން ގޮތަކުން ބަލައިގެންތޯ ؟ ޢެމަގާމަށް ކުރިމަތިލީ ގްރޭޑް 9 ހަމަޔަށް ކިޔަވައިފަހުރި 25 އަހަރު ޒުވާނަކަސް ނުދީ އަމިއްލަޔަސް ނަން ރަނަގަޅަށް އަޅަން ނޭންގޭ59 އަހަރު މީހާތޯ މަގާމަށް ޝަރުތުހަމަ ވާނި ރޮޒައިނާ މިކަމަށް ޖަވާބެއްވަދެއްވަބަ.

    20
    2
  5. މަރޭ

    ސިޔާސީ ފިކުރަކަށް ނުބަލާ ، އެކަމަކު ރީދޫ މުޅިގައިގާ ވަށާގެން ތިބި މީހުންނަށް ފުރުސަތުދީފައިވަނީ ،،،،،

    23
  6. މުރާލިދޮންބެ2022

    އަޅެ ހެޔޮނުވާނެ ތިވަރުގެ ބޮޑު ދޮގުހަދަން

    އަލަށް އައްޔަން ކުރެވޭ މީހުންގެ ޓާރގެޓް އަކީ ޔާމިން ކުއްވެރި ވާނެ ހެކި ހޯދާ އެކަމައިގެން އުޅުން

    21
  7. Anonymous

    ކޮންތާކު! ހުސް ބުހުތާނު ދޮގު!!!!! ދުވަހަކު ތަނެއްގެ ވެރިންގެ ފެންވަރުގަވެސް މަސައްކަތް ނުކުރާ މީހުން ތަންތަނަށްލާފަ ތިބެނީ. ދެން މުޅި މުއައްސަސާ ގަޑުބަޑުކޮށް މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން ނޫން ކަމެއްނުކުރޭ. މުވައްޒަފުން ޑީމޯޑިވޭޓްވެ ގާނޫނުން ލިބޭ ހުރިހާ ލުޔެއްނަގާ އޮފީހުގެ މަސައްކަތަށް ދޭ ވަގުތު އިންތިހާއަށް ކުޑަވެގެންދަނީ.
    ގިނަ މެންބަރުން އެމީހުންނަށް ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ނުކުރޭ. މައްސަލަތައް ނުބަލާ. އުޅެނީ ތަނުގެ އެތެރެ އެމީހެއްގެ ކޮންޓްރޯލަށް ގެނެވޭތޯ.
    ސިވިލް ސަރވިސް މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިސަލް ބަލާގޮތަށް މަޖްލިހުގެ މިނިވަން މުއައްސަސާ ކޮމިޓީ މެންބަރުންގެ ޕާފޯމަންސް ކޮންމެ އަހަރަކު ބެލުން ރަނގަޅު. އެމެންބަރުންގެ ވަޒީފާ ބަޔާން އެއޮތީ ގާނޫނުގަ ލިޔެފަ. އެމަސައްކަތް އެމެންބަރުން ކުރޭތޯ ނުވަތަ އެމީހުންގެ ގާނޫނީ ޒިންމާއިން ބޭރުން އެމީހުން ޖަހާ ސަކަރާތަކީ ހަންފެތުރުންތޯ ބަލާ ގާނޫނުން ބޭރުން އުޅޭ އެންމެން ވަކިކޮށް ޒިންމާ އަދާ ކުރާނެ ބަޔަކު މިނިވަން މުއައްސަސާ ތަކަށް ލާންވީ.

    15
    1
  8. Anonymous

    އެޗްއާރްސީ އެމްގަ އެތިބީ ކޮންބައެއް. ސޫކީއަށްވުރެ އަނިޔާވެރި ބައެއް. މުވައްޒަދުންނަށް ބިރު ދައްކާ އެމީހުންގެ ވަޒީފާ ގެއްލުވާލުންނޫން ކަމެއް ނުކުރޭ.

    19
  9. މުފައްކިރު.

    މިވަރުގެ ދޮގު ހަދާއިރު ދެން ކޮންކަމެއް ނުކުރާނީ.

    22
  10. ރޮޒައިނާމިލްކް

    ސިޔާސީ ފިކުރަކަށް ބަލާފައެއް ނޯންނާނެ. އަހަރެމެން ބަލާފާ ހުންނާނީ ކޮން ޕާޓީއަކަށްތޯ ސަޕޯޓްކުރަނީ.

    20
  11. ވަރަށްބޮޑުތެދެއް

    އާ އަހަރުގެ އެންމެ ފުރަތަމަ "ތެދު".

    14
  12. ޟޜ

    ތިހާކަންހާވަރުގެ ތެދެއްހެދޭނީ

    15
  13. ޙަނދުކޭތަ

    ހަހަހަ ގާފަރު އިންޖީނު ގެއައް ސްޓެލްކޯއިން މިފަގަރު ލާފަތިބި ދެމީހުންނަކީ ކޮންފިކުރެއްގެ ކިހަަވަރެއްގެ ދެމީހުނެއްތޯ ބަލާބަލަ އެކަކަކީ ކައުންސިލް އިންތިހާބުން ފެއިލްވި މީހެއް ދެންހުރީ އެމްޑީޕީއަޢް ސަނާކިޔާ މީހެއް ލޮލް

    17
  14. މަރުޖީނާ

    ކަލެއަށް ތިޔަންވުރެ ބޮޑު ތެދެއް ހިއެއްނުވޭ ކަލޭގެ އުމުރުގާވެސް ހެދޭނެހެއް

    14
  15. ޖުލައި

    މި ދައިތަ ނަހަދާނެ ތެދެއް

    18
    1
  16. ހަވާސާ އިބޫ

    ރޮޒެއިނާ ހަދަނީ ދޮގު ރޮޒައިނާ ބެލީ އާމިރާ އަކީ ދައްތަ ވީމާ ކިތަންމެ މިކަމަށް ނާގާބިލުނަމަވެސް ސިވިލް ސަރވިސް ކޮމިޝަނަށް އާމިރާލީ ވަރަށް ގިނަބަޔަކު ދަންނަކަމެއް އަމިރާއަކީ ވަރަށް ނާގާބިލު އަމިއްލަ ތައްސަބުން ފުރިފައިވާ މުނާފިގެއް!

    10
  17. ޛުލޭޚާ

    އޭސީސީއަށް އެންމެފަހުން މެންބަރުން ނެގި ފަހަރު (2019 ގައި) މާކްސްގެ ގޮތުން 2 ވަނައަށް ދިޔަ އާދަމް ޝާމިލްއާއި 6 ވަނައަށް ދިޔަ ނިޔާޒު އިބްރާހީމް ކަޓުވާލާފައި 7 ވަނައަށް ދިޔަ ޢަލީ އަޝްރަފް ނެގީ ކޮން އުސޫލަކުންތޯ ރޮޒައިނާ ކުރެން އަހާލަބަލަ. އެއީ ޢަލީ އަޝްރަފަކީ ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޒާހިރުގެ ޢާއިލާގެ މެންބަރަކަށްވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިގެން ކުރި ކަމެއް ނޫންތޯއާއި، އެ މަގާމަށް މާއެކަށީގެންވާ މީހުން ކުރިމަތިލާފައި ތިއްބައި، ރައީސްމީހާ މަޖިލީހަށް ފޮނުވި ގިނަ ނަންތަކަކީ ޕާޓީގެ އިސްމީހުންނާ ގުޅޭ މީހުންގެ ނަންތައް ނޫންތޯވެސް ރޮޒައިނާ ކުރެން އަހާލަބަލަ. ެ

    10
  18. ކެޔޮޅު

    ތިޔަހެދީ ބުހުތާން ދޮގެއް މާތްﷲ ހަތްއުގެމަތިން ތިޔަބަސްވެސް އައްސަވާ ވޮޑިގެންވާނެކަން ޤަބޫލު ނުކުރަނީތަ؟

  19. އަލީ

    ނޮޅިވަރަންފަރު އިންޖީނުގެއަށް މިސަރުކާރުންލީ ހަތަރުމީހުންނަކީވެސް އިޢުލާނުކުރުމެއްނެތި ލީހަތަރުމީހުން އެއެންމެންނަކީވެސް އެމް.ޑީ.ޕީ މީހުން. މިކަން ނިކަންދޮގުކޮއްބަލަ.

  20. ޢިވުރާހީމް

    Okay އެމް.ޑީ.ޕީ ގެ ކޮންމެ މީހަކީ ބޮޑުތަނުން ދޮގުހަދާ ބައެއް. ޥަޒީފާ ދިނުމުގެ ކުރީން ކޮންޕާޓީއެއްތޯ ބަލާ. ޕީ.ޕީ.އެމް މީހެއްނަމަ ވަޒީފާ ނުދީވާނެ ހުރިހާ ގޮތެއް ބަލާ. ޙުރިހާ ޕާމަނެންޓް ސެކްރެޓަރީ ތަކާއި ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ކަންކުރަނީ މި ދެންނެވި މަގުން. ޢިންޓަރވިއު އެއްކޮށްފިނަމަ ހޮވަނީ ރީތިކޮށް ބޭނުންވާ މީހާ. މިޙާ އަނިޔާ ވެރިކޮށް ވަޒީފާތަކަށް މީހުންހޮވާ ޒަމާނެއް އަހުރެއް ނުދެކެން. ޜޮޒޭނާ އަށްވެސް މިކަން އެނގޭނެ. މިކަންކަން ކުރަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި.

  21. ރަން ރީނދޫ

    މިހިރީ ފާޅުގައި އެނގެން ހުންނަ ކަންތައްތަކުގައި ވެސް ދޮގުހަދާލާވަރު.

  22. އޭދަފުށީ މުހައްމަދު

    މިދައިތަ އަކަށް ނޭގޭނެ ތެދުބަހުން ވާހަކަ ދައްކާކަށް. ނިކަން ބުނެބަލަ އޭދަފުށީ އިންޖީނުގެއަށް ވޭތުވެ ދިޔަ 3 އަހަރު ބޭކާރު ގޮތުގައި ބޭނުމެއް ނެތް ކިތައް މީހުން ހަމައެކަނި ޕާޓީ މީހަކަށް ވީތީ ވަޒީފާ ދީފަ އެބަތިބި؟

  23. ބޭރުމީހާ

    ސިޔާސީ ފިކުރަކަށް ނުބަލާތީތާ އައްޑޫ އެކިއެކި އޮފީސްތަކާއި ތަންތާގެ ވެރިންނަށް އެމްޑީޕީގެ ހަރުގެ ތަކުގައި ނުލަފާކަންތައް ކުރަންތިބި، “ދަގަނޑާއި، މުއްލާއި، ފަޅޯކާ ފަދަ ކުފޫހަމަނުވާ މީހުން ލާފަ މިތިބީ!