ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އަނެއްކާ ވެސް މާލެ ސަރަހައްދާއި ރާއްޖޭގައި ގޯސްވަމުންދާތީވެ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓްއެއް ކަމުގައިވާ އޮމިކްރޮން ބާރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދަނިކޮށް، ރާއްޖޭން ވެސް މި ވޭރިއަންޓް ފެނި ބަލި ފެތުރުން އިތުރުވެފައިވެއެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ރައީސްގެ މަގާމު ފުރުއްވި މައުމޫން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައި ވަނީ، ފައްސިވާ އަދަދު މަތިވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ކަމަށެވެ.

"ކުރިއަށް ވުރެ ހަރުކަށި ފިޔަވަޅުތަކާއި ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވޭ އެބަ،" އެމްއާރުއެމްގެ ޒައީމްގެ މަގާމު ފުރުއްވަމުން ގެންދަވާ މައުމޫން ލިޔުއްވާފައިވެއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރަން މައުމޫން ގޮވާލެއްވި ނަމަވެސް އަޅުއްވާނެ ވަކި ފިޔަވަޅުތަކެއް ލިޔުއްވާފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ފަހުން އެންމެ ގިނަ އަދަދަކަށް ފައްސިވެގެން ދިޔައީ އިއްޔެއެވެ. އިއްޔެ ޖުމުލަ 243 މީހުން ބައްޔަށް ފައްސިވެފައިވެއެވެ.

އިއްޔެ މާލޭން 97 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 79 މީހުން، ރިސޯޓްތަކުން 66 މީހުން، އަދި ސަފާރީއަކުން އެކަކު ފައްސިވެފައިވެއެވެ.

އިއްޔެ ކޮވިޑަށް ޓެސްޓް ކުރީ 3،740 މީހުންނެވެ. ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6.74 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ ވެސް ޖޫން މަހުގެ 19 އަށް ފަހު މިހާ މަތީ ނިސްބަތެއް އެރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަޅުދަބަސް ޗޯރު

    ކަލޭ އޮވެބަލަ ހޮރަށް ވަދެ މަރަށް ބިރުން. އުމަރު ޒާހިރުގެ ޖަނާޒާއަށް ދާން ނުކެރުނު ކަލެއަށް.

    6
    1
  2. އަހުމަދުކަލޯ

    އާއަހަރު ފާހަގަ ކުރަން 11000 މީިހުން އެއްތަނަކަށް ބޮނޑި ކުރިއިރު ގާނޫނާ ހިލާފަށް ކޮލީސަން ހަދައިގެން އުޅޭ އެވެސް ވެރިއަކަށް އިހުސާސް ނުވެފަ މިހާރު ކޮން އަނގައެއްތަޅާކަށްތަ...

  3. ހިޔާލު

    ފަލަކީ ހިސާބަށް ބަލާފަ ދޭ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެއެވެ

    2
    1
  4. ހަވާސާ ހަމީދު

    ތިޔަ އަޑު އަހާނެ ބަޔަކު މިހާރު މިގައުމުގައިނެތް މަނިކުފާނު މިހާރު ރަންގަޅުވާނީ އެއްޗެއް ވިދާޅުނުވެ މަޑުން ހުންނެވީއްޔާ!

    5
    1
  5. ޝައި

    އިދިކޮޅުން ސިޔާސީ ހަރަކާތްތައް ހިންގާލާއިރައް ކޮވިޑުގެ ނުރައްކާ ބޮޑުވެ މިއޮންނަނީ ފިޔަވަޅުތައް ހަރުކަށިކުރަން ގޮވިފާ.

  6. އުގުރި

    ފިޔަވަޅުތައް ވަރުގަދަކޮށްގެއް މަނިކުފާނު އޮއެބަލަ ގޭގައި އަހަރުމެން ނަކީ މަސައްކަތް ކޮށްގެން ލާރި ހޯދާ މީހުން މިހާރަކު ތީކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.

  7. ލައްޓިމަނިކު

    ކުރީގެ ރައީސަކު ގައުމުދެކެ އެންމެ ލޯބިވާ އަދި ގައުމީވިސްނުމަކުން އެންމެ ވިސްނަވަނީ ރައީސް މައުމޫން. އެމަނިކުފާނުގެ ތަޖުރިބާ އަދިވެސް މާބޮޑު .މައުމޫން ގެ ދުވަސްވަރު މިއަދަށް ވުރެ ހުރިހާގޮތަކުންވެސް ރައްކާތެރި ހަމަޖެހުން ބޮޑު .

    4
    5
  8. ޢަދުރޭ

    ޢުމަރު ޒާހިރު އެކޮޅަށް ވަޑައިން މަނިކުފާނުގެ ވާހަކަ ބުނީތޯ ؟

  9. ޟުޖުތާޒު

    ޢަލޫގަޑަކީ މައުމޫނަށް ކުރީގަވަރަށް ސަޕޯޓުކުރިމީހެއް ނަމަވެސް މިޙާރު އެސަޕޯޓުކުރެގެންނެތް މައުމޫނަކީދެފަހަރު ގެއަގައިން ވާހަކަދައްކަވާ ސިޔާސި ލީޑަރު ކަންއެންމެންނަށްއެގޭ މައުމޫނަށް ނޭގޭ ކޮޑެ އަލިމަނިކުފާނުގެ ފަރާތުގެ ކިތަށްމެ ތިމާގެ ބަޔަކު އުޅޭނެ

  10. ކިޔާކަރޭންގާ

    ތިޔަމީހާ ރައްޔިތުންނައް ދަތިއުދަނގޫދީ އަނިޔާވެރިވާން ހިއްވަރުދޭނެ ވިސްނާބޭފުޅަކައް އެނގޭނީ ނާސިރު ފައިބަވަޑައިގެންނެވިއިރު 98 އާގްބޯޓް މިރީޖަނުގައޮއް އެންމެބޮޑު (ފުލީޓް) ޝިޕިންގް ލައިން ބަރާބަރައް ބަލަހައްޓަމުން އައިނަމަ މިއަދު މިގައުމުގެ ދަރަނިވެރިކަމެއްނޯންނާނެ ފުދުން ތެރިބަޔަކައްވީސް އައްޑަނަބަހައިގެން ދޭތެރެދުރުކޮއް 3ޖީލް ނައްތާލި ކާންބޯންނުދެވޭނޭ ކިޔައިގެން ރައްޔިތުން ބިރުގަންނުވާލައިގެން މިއަދު މިލިޔަނެއްހާ އާބާދީ މިގައުމުގަނެތީސް އެކަންނުކުރުމުގެ ސަބަބުން ގޯތިގެދޮރުގެ ދަތިކަންވެސް ފޯރުވީ ބިންތައް ހިފަހައްޓައިގެންގޯތިނުދީ ރައްޔިތުން އަޅުވެތިކުރަންވެގެން ދަތިހާލްގަބޭތިއްމީމަނޫންތޯ އޭގެނާޖައިޒް ފައިދާނެގެނީ ވޯޓްލާއިރު ބޯހަލަކް

  11. ގަލަން ތުނޑު

    މައިމޫނާއަށް ނުކެރުނީމަ މިފަހަރު މައުމޫނު އަމުރު ނެރޭގޮތަށް