ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ވާދަވެރިން މަސައްކަތް ކުރަމުން ދަނީ ދީނުގެ ނަމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ޣައިރު ދީނުގެ ޝިއާރުތައް ފަތުރާކަމަށް ތުހުމަތު ކުރައްވާ ފުލުހުންގެ މުއައްސަސާއަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ "ޖަމިއްޔަތުލް އިއްތިހާދު" ނުވަތަ "ރައްޔިތުންގެ އިއްތިހާދު" ގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލައެއް ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއާއި ގުޅިގެން އާޒިމް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދުގެ ސިޔާސީ މައިދާނުގައި ވާދަވެރިން ބަލިކުރާނީ ވޯޓު ފޮށިން ކަމަށާއި ބިރު ދައްކައި އަނިޔާކޮށްގެން ނޫން ކަމަށެވެ.

މިހާރު މި ކުރިއަށްދާ ކަންކަމަކީ ރައީސް ނަޝީދަށް ހަމަލާދީ، ދީނުގެ ނަމުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދުރާލާ ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށް އާޒިމް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން މި މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ގިނަ އަދަދެއްގެ އިލްމުވެރިން ހިމެނޭ ރައްޔިތުންގެ އިއްތިހާދުން އެދިފައިވަނީ ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ބަލައިދިނުމަށެވެ.

މި ކަމާއި ގުޅިގެން އާޒިމްގެ އިތުރުން ވެސް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވަނީ ނަޝީދުގެ މައްސަލައާއި މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކުދިން ޓެރަރިސްޓު ހަމަލާއާއި ގުޅުވާ ވާހަކަ ދައްކަވާފައެވެ. އަދި ފުލުހުން އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވުމަކީ ވެސް ނަޝީދަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް އެ ބޭފުޅުން ސިފަކުރައްވާފައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބުނެއެވެ. އިސްލާމީ ދައުލަތެއް އޮންނަ ރާއްޖެ "ސެކިއުލާ ދައުލަތަކަށް" ބަދަލު ކުރުމުގެ އެޖެންޑާއެއް އެމްޑީޕީގެ އިސް ބޭފުޅުން ގެންގުޅުއްވާ ކަމަށް ވާދަވެރި ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް އެ ކަމަށް އިންކާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކޮވިޑް

    ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށްވެހުރެ ތި އެޅުވީ ބަޔެއްގެ ބޮލުގަ މަރުގެ ތުހުމަތު. މިކަން ބެލޭނެބާ؟ # އިންޑިއާ އައުޓް #

    65
  2. ސާމާނުބެ

    ދީނަށް ވެއްދުމުގަ މަޖުބޫރުކަމެއް ނޯވެޔޭ ކިޔާ އަޑުވެސް އިވޭ އެކަމު ފެންނަމަންޒަރާ އިވޭ އަޑު މުޅިން ތަފާތު ހީވަމީ ދީނަކީ ވަކިބައެއްގެ އަމިއްލަ އެއްޗެއްހެން

    9
    54
    • ލޮލް

      އެހެންވެގެންތަ ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއްބަޔަށް ކާފިރުވެގެން އުޅެނީ؟

      34
    • ލޮލް

      ކޮއްކޯ އެހެންވީމަ ކަލެޔަށް އިސްލާމްދީނަކީ ކޮބައިކަމެއް މުޅިއަކުން ނޭނގެއެއްނު. މޮޅު ވާހަކަނުދައްކާ އިހަށް ދޭބަލަ ފޮތްތައް ކިޔާ އިލްމުވެރިންގެ އަރިހުން ދީން އުނގެނެން. ފޮތުން އެއްބައި ކިޔަވާފައި އަޔަކަސް ދީނެއް ނޭނގޭނެ.

      35
  3. Anonymous

    "ގެފުޅުގެ ވެރިރަސްކަލާނގެ ގެފުޅު ޙިމާޔަތްކުރައްވާނެ" ފަދައިން "އިސްލާމްދީނުގެ ވެރިރަސްކަލާނގެ އިސްލާމްދީން ޙިމާޔަތްކުރައްވާނެ". އަދި ލާދީނީ ކަމާލު އަތާތުރުކު ހަލާކުކުރެއްވި ފަދައިން އެފަދަ އެހެން މުޖުރިމުން ވެސް މާތް ﷲ ހަލާކުކުރައްވާނެ. ކިތަންމެ ޤާނޫނެއް ހެއްޖަސް މާތް ﷲ ގެ އަމުރުފުޅު މަނާކުރެވޭނެ ގޮތެއް ނޯންނާނެ. ލާދީނީ މީހުން ހަލާކުކުރެއްވުމަކީ އެކަލާނގެ ވަޢުދުފުޅެއް. އެކަލާނގެ ވަޢުދުފުޅު އެކަލާނގެ ފުއްދަވާނެ.

    57
    • ކަންއޮތްގޮތް

      ކަލޭނޫން އެހެންމީހުންވެސް ވަރަށް އަޑުހަރުކޮށް ކިޔާއެއްޗެއްތީ އެކަމަކު ތިމަސައްކަތުގަ ބޮންގޮށްވުމާ ކަރުބުރިކުރުމުގަ ބަޔަކު އަވަދިނެތިއުޅޭތަން ފެންނަނީ

      16
  4. Anonymous

    މަރު ދެކެ ބިރުން އުޅުމަކީ ލާދީނީ މީހުންގެ ސިފައެއް. ކޮންމެ މީހެއްގެ އަޖަލު ޖެހުނީމާ އެމީހަކު މަރުވާނެ. ފުރިހަމަ މުސްލިމުންގެ ގޮތަކީ ފަރުޟު ފަސްނަމާދު ކޮށްގެން އެހެން ހެޔޮ ކަންތައް ވެސް ކޮށްގެން މަރުވާނޭކަން ޤަބޫލުކޮށްގެން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރުން. ރަނގަޅަށް އުޅޭ މީހުންދެކެ މީހުން ލޯބިވާނެ. ނުބައިކޮށް އުޅޭ މީހުން ދެކެ މީހުން ރުޅިއަންނާނެ.

    40
    1
  5. ކޮރަލް

    އަންނިގެ މައްސަލަ ބަލަން ވެއްޖެ އެވެ. އެތައް ލަްކަ ބަޔަކު އުޅޭއިރު ހަމަ އެކަނި މީނަގެ ވާހަކަ ދައްކާ ސަބަބު ހޯދަން ވެއްޖެ އެވެ.

    32
    5
  6. އަހުމަދު

    މަރަންޝޭ އުޅެނީ ކިޔާފައި ތިއުޅެނީ އެކަމުގެ ނިވަލުގަ މިތަން ލާދީނީ ކުރުވަން.# ލާދީނީ ސަރުކާރު އައުޓް

    39
    2
  7. ސޫއޫދު

    ކޮއްމެއިއްޒައްތެރިއަކައް ފުލުސްގޮތްޕެއް ކޮންމެ ޓުއިޓަކައް ފުލުސް ކޮމިޝަނަރެއް ދައުރުނިމުނީ ރައްޔިތުމީހާފަހަތުންދުވާނީ އެއްމެވޯޓަކީވެސް ނަތީޖާބަލަލުކޮއްލާނެވޯޓެއްކިޔާ މަގާމުލިބުނީ ރައްޔިތުމީހާ އަނގަމަތީޓޭޕްއަޅަން ދުވާނީ އިންތިހާބުކެންޕެއިންތެރޭ ހެޔޮގޮވުނުއެޗެއްގޮވަން ދޫކޮއްއަތްޖަހަންތިބޭނީ ކާމިޔާބުވީ ފުލުސްފެނޭތޯ

    11
    1
  8. ޖުލައި

    ބޯގަޅިއެއް ނޫންތަ

    13
  9. ދިސްވޭ

    ލާދީނީ މީހެއް ކަމަށް ތުހުމަތު ކުރާތީ އެ މައްސަލަ ބަލައިދޭން އެދެން ކަމަށް ކެނެރީގެ ނަޝީދު ވިދާޅުވުން އެކަން ބަލާގޮތަށް ކިއެއްވެތޭ ދީނަށް ފުރައްސާރަ ކޮށް ވާހަކަ ދައްކާ ސިޔާސީ ލީޑަރުންގެ ކަންކަން ނުބެލެންވީ މައްސަލަ އުފެއްދި ކޯސް އެއީ ނޫންތޭ ފުރަތަމަ ވެސް ބަލަން ޖެހޭނެ ކަމަކަީ ހޮޅިން ފެން ލީކްވާނަަމަ ލީކް ވާތަން ނުބައްދާ ކިތަންމެ ވަރަށް ލީކްވެފައި ހުރި ފެން ހިއްކިއަސް އެފެން މަދެއް ނުވާނެއޭ އެކަން ދަންނަން ޖެހޭނެއޭ އެއީއޭ މިހާރު ވަމުންދާގޮތަކީ..

    19
  10. ދުމައިން

    އެވާދަވެރިންނަނަކީ ސަރުކާރުގެ ތެރޭތިބިބައެއް.

    15
  11. އަހޫ

    އޭނަ މަރާލާކަށް ނޫޅޭ، އޭނައުޅެނީ މަރުވާން ބޭނޫންވެގެން.

    10
  12. އައްބެ

    އެކަލާންގެ ދީނަށް ފުރައްސާރަކުރާ ނުބައި ފަރާތްތަކުގެ ކިބައިން މިޤައުމު ސަލާމަތްކުރައްވަވައި އެފަދަ ފަރާތްތައް ނިކަމެތިވުން އެދި ދުޢާކުރުމަށް އެންމެހާ ދިވެހި މުސްލިމުންނަށް ގޮވާލަން.

    22
  13. ހާޖީ

    އެމެރިކާގެ ރައީސް ވައިޓްހައުސްގައި ރޯދަވީއްލުން ބޭއްވުމަކީ ލާކަފަރު ނުވަތަ ލާދީނީ ތެރޭން ކޮންކަހަލަކަމެއް؟ އަދި އެރޯދަވީއްލުމަށް ދިއުމަކީ މީގެތެރޭން ކޮންކަހަލަ ކަމެއް؟

  14. މައިލޯ

    ހެހެ ލާދީނީ މީހުން އުޅެނީ މިކުޑަކުޑަ ދިވެހިރާއްޖޭގަ އެކަނިތަ؟

    3
    8
  15. އަޙްމަދު

    ކޮބާތޯ ވާދަވެރިންނަކީ!

    15
  16. އައުޓް

    އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް އާޒިމް އައުޓް އިންޑިއާ އައުޓް

    22
  17. ކޮވިޑް

    މީނާ ހީވަނީ މަޖިލީހުގައި އިންނަން ރައްްޔިތުން ގޮނޑިއެއް ދިނީމާ ބޭނުންވާހަކައެއްދެއްކޭނެއޭ އިންޑިއާ ސިފައިން ބައިތިއްބައިގެން ދިވެހިން އުޅެމުންދާގޮތް ބަލައި ފާރަލާ ބައެއް ބޭނުމެއްނޫން
    އިންޑިއާ އައުޓު ކިޔޭނެ

  18. ޟުޖުތާޒު

    ޢާޒިމަށް ތިކިޔޭއެއްޗެށް އެގޭތަ ތިއުޅެނީ ރައްޔިތުންގެ ތެރޭގަ ކޮންމެވެސް ހަމަނުޖެހުމެއް އުފައްދަން

  19. އަލީ

    ކޮއްކޯ ލާދީނީވެސް އަދި ހައްގަކާ ނުލާ މީހުންގެ ފުރާނަ ދުއްވުމާ ތަންތަން ގޮއްވުމަކީވެސް އިސްލާމްދީނާ ދެކޮޅު ކަންކަން. މީހަކު އަދި ނުބައި ކަމެއް ކުރިޔަސް އޭގެ އިލްޒާމް އިސްލާމް ދީނުގަ އެޅުވުމުގެ ހައްގެއް ކަލެޔަކައްވެސް ނުއޮއްނާނެ. އިސްލާމް ދީނައް ނަފުރަތު ކުރާމީހުން ގެ ވިސްނުން އަބަދުވެސް ހުންނާނީ ތިހެން!!!

  20. ޙަދިސައިބު

    ފުރާނަ ހުއްޓަސް ތިޔަ ކުޔަނީ މުޅަ މަސްގަންޑެއްގެވާހަކަ މިހާރު މާއްޗަންގޯޅުއާއި ގަލޮޅު މީހުންނަށް އެންގުޖެ ތިޔަ މަސްގަންޑު ނުވިއްކޢނެކަން ކުނިވެ ފުޅައަޅާފައި އޮތީމާ، ދެން ލަލަލަ

  21. އަޙްމަދް

    މާ ރައީސް ނަޝީދުވެގެން އުޅުއްވާނެ ކަމެއްނެތެވެ.
    ސިޔާސީ މަޝްރަހުގައި ތިޔަބުނާ ރައީސް ނަޝީދުގެ ޙާލަކީ ދަތްނެތް ހިޔަޅެއްގެ މިސާލެވެ.
    މިއަދުގެ ސިޔާސީ މަޝްރަހުގައި މައުމޫނާއި ނަޝިދުގެ ޙާލަކީ ކަތިވަޅި ގެއްލީ މަރިޔަނބު ގެއްލި އަދި ކޮށިދަނޑުވެސް ގެއްލިފައިވާ ދެ ދަނޑުވެރިންގެ މިސާލެވެ
    ޢިންޑިއާ އައުޓު:

  22. އުލްފަތް

    މާތް ކަލާކޯ ވާދަވެރިންނެއްނޫޅޭ މިގައުމުގައި އުޅެނީ ހަމައެކަނި ލާދީނީޔަތާ ދެކޮޅުބައެއް

  23. ބާބޫ

    ހަސަން ކުރުސީ ގެ ނަމުގަ ކެނަރީ އަބޫޖަ** ދަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހަމުން................ ފުލުހުން ގަބޫލު ކުރިޔަސް ނުކުރިޔަސް.............

  24. ޚޮއްޔާ

    ޢެމްޑީޕީ މީހުން ކިތަންމެ ބިރުގަންނަވަން އުަލުނަސް ބިރެއް ނުގަންނާނެކަންވެސް އެނގޭނެތާ // 2023 ޕީޕީއެމް އިންޝާﷲ //