ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި، އެ ފަރާތްތަކުގެ މައްޗަށް، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޚާއްޞަ އިޖުރާއަތުތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.
ޤަވައިދުގައި ބުނެފައި ވަނީ ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެ ނޫން ގޮތަކަށް އެފަދަ ސަރަޙައްދަކުން އެ މީހުންނާއެކު އަންނަ މީހުންނަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތެއް ކަމަށް ބަލައި، އެ ފަރާތެއް މުޖުތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރަން މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. ޤަވައިދުގައި ބުނެފައިވާ ގޮތުގައި 15 އަހަރުން ދަށުގެ ކުޑަކުދިން ވެސް މިފަދަ މަރުކަޒެއްގައި ބަންދު ކުރެވިދާނެއެވެ.
ގަވައިދު ބުނާ ގޮތުން އިދާރީ ބަންދުގެ މަރުކަޒެއްގައި މީހަކު ބަންދުކުރުމަށް ކަނޑައަޅަންވާނީ މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށެވެ. އެ އަމުރުގައި، ބަންދުކުރެވޭ މީހާގެ ފުރިހަމަ މަޢުލޫމާތާއި، އޭނާ ބަންދުގައި ބަހައްޓަންޖެހޭ މަރުކަޒުގެ މަޢުލޫމާތާއި، އެ އަމުރު ތަންފީޒު ކުރަންޖެހޭ ވަގުތު، މިނިސްޓަރު ކަނޑައެޅުން ގަވައިދުން ވަނީ ލާޒިމް ކޮށްފައެވެ. މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، އެ އަމުރު ބާޠިލުކުރެވެންދެން ނުވަތަ ބަދަލުކުރެވެންދެން ދެމިއޮންނާނެ އަމުރެކެވެ. އަދި އެއީ ފުރިހަމަ ޤާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެކެވެ.
އިދާރީ މަރުކަޒެއްގައި ބަންދުކޮށްފައި ހުރިނަމަވެސް ކޮންމެހެން ބޭނުންވާ އަސާސީ ޞިއްޙީ ފަރުވާއާއި ނަފްސާނީ ޞިއްޙަތުގެ މާހިރުން މެދުވެރިކޮށް ލިބިދޭންޖެހޭ އެހީތެރިކަން އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ބަންދު ކުރެވޭ މީހާ އަށް ދޭން ޖެހެއެވެ. ނަމަވެސް މި ޞިއްޙީ ޚިދުމަތް އެ ފަރާތަކަށް ފޯރުކޮށްދިނުމާއެކު، އެ ފަރާތަކާ ގުޅޭ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ފުލުހުން ހަދަންވާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީހެބިލިޓޭޝަން ޕްރޮގްރާމާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރުމުން، އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތަކީ މުޖުތަމަޢަށް ރުޖޫޢަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ ފަރާތަކީ މުޖުތަމަޢަށް ރުޖޫޢަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމަށް ކަނޑައަޅައިފިނަމަ، އެ ފަރާތެއް އިދާރީ ބަންދުން ދޫކު ރުމަށް މިނިސްޓަރު ކަނޑައަޅަންވާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
މިދިއަ އަހަރުވެސް ތި އެއްޗެއް ހެދިއެއް ނޫންތަ
މިކަންވެސް ހަމަ ރައްޔިތުންގެ ޓެކުސް ފައިސާއިންތޯ ކުރަން މިޖެހެނީ ؟
އިމްރާނަށް ސަލާމް
ރާއްޖެ އިން ބޭރުގަ އަދި ރާއްޖޭގަ ހުރި ދީނައް ފުރައްސާރަ ކުރާ މީހުންގެ ކަންކަމަށް ވެސް ގަވާއިދެއް ގާނޫނެއް ނެތެވެ.
ތިމީހުން ގެންނށނެކަމެއްނެތް.ގެންނަންޏާ އުމުރުދުވަހުގެ ޖަލުހުކުމަކާއެކު ގެނެއަސް އޯކޭ.އެނޫން ގޮތަކަށް ގެނެސްފިނަމަ ޕީ.ޕީ.ކުދިންގެ މުޒާހަރާގަ ދިދަހިފައިގެން ތިބޭނީ ތިމީހުން.
ތިޔަބުނާ މީހުން ގެންނާނެ ކަމެއްނެތް އެމީހުން ބުނަނީ މީ ކުފުރުގެ ބިމެކޭ މޮޅުގޮތް ހޯދާކަށް ނޫންތަ ދަނީ ބަޔަކު ކުރާ ސޮލީބީ ހަގުރާމައަކަށް ވަންނަން ބޯހަލާއްކު ކަލޭމެން ކީއްވެގެންތަ ފަލަސްތީނަށް ގަދަކަމުން އަރައި ތިބި އިޒުރޭލަށް ހަމަލާ ނުދޭނީ
ގޯސް ކަމެއް ކަން ނޭންގި ބޭރުގަ ހަގުރާމަވެރިންނާ އެކު އުލެނިކޮން ރަގަޅު ގޮތް ވިސްނިގެން އައުމުން ބަންދު ކުރަނީ އެކަމު ގޯސް ކަމެއް ކަން އިގި ހުރެ މަސްތުވާތަކެތި ވިއްކާ ބޭނުން ކުރާ މީހުނާ ދީނައް ފުރައްސާރަ ކުރާ މީހުން މިނިވަން ކަމާ އެކު ތި ދޫކުރަނީ
ވަރަށް ބޮޑު ގޯހެއް ތިހައްދަ ވަނީ. ނަތީޖާ ހިތިވާނެ.
ރާއްޖެ އަނބުރާލަން އަންނަ ހަނގުރާމަވެރިންނާއިމެދު އަމަލު ކުރަން ރަގަޅު ގޮތެއް ނޫން އަދި ތިޔައީކީ...
2023 އިންތިޚާބުގެ ކުރިން އަވަހަށްގެނޭ.ހެެހެހެ. ވ.ލޭ ކެކޭނެ ލާދީނީ މީހުން ރާއްޖޭގަ މިހާރު ގިނަކަން ފެނުނީމަ. މަސައްކަތް ހުސްނުވާ ވ ބިޒީވާނެ ތިކުދިންކޮޅު.ފަހަރެއްގަ ލާދީނީ މީހުން ބިރުން ތައުބާވެ ﷲ ގެ ހަޟްރަތަށް ރުޖޫއަވެސް ވެދާނެ، އިންޝާﷲ.ބިރުވެރި ކަމެއް ގައުމަށް. ޢެމީހުންގެ ފެމިލީއާއި ބޮޑުންގެ ބާރުންވިޔަސް މިފަސްގަނޑަށް އަރުވައިފިއްޔާ ލޓޓ ކަހލަ ފޯރސްއެއް ހަދާފާނެ. ނޭރުވުން ބުއްދިވެރީ
އަނބުރާ ނާންނަން ގައުމަށާ އާއިލާއަށް އަލްވަދާއުކިޔާފަ ދިޔަ ބައިގަނޑެއް.ނޯ 2ނޑ ޗާންސެސް.
އަނބުރާ އަންނާނީ އެއްޗެހި. މީހުން އެނބުރި އަންނާނީ.