މާލޭ މަގުމަތީ ޕާކު ކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމު ކޮށްފިއެވެ.

އެ ފިރިހެން މީހާ ފެންނަ ވީޑިއޯ އާންމު ކުރަމުން ފުލުހުން ވިދާޅުވީ، އެ މީހާއަކީ 2021 އޮކްޓޯބަރު 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަހީދު ޢަލީ ހިނގުމުގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދި ލައްވާފައިވެއެވެ.