ދީނުގެ އަޤީދާއާ ގުޅިގެންވިޔަސް އަދާލަތުގެ އިސް ޢިލްމުވެރިން ރައީސް ނަޝީދަށް ފާޑުކިޔަނީ ސިޔާސީ ބޭނުމަކަމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ދީނީ އަޤީދާއާއި ގުޅުވައި އެމަނިކުފާނުގެ މައްސަލައެއް ފުލުހުންނަށް އިލްމުވެރިންތަކެއް ހުށަހެޅި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ބައެއް ޚަބަރުތަކުގެ ސްކްރީން ޝޮޓްތަކަކާއިއެކު ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އާއި އެމްޑީޕީ އަކީ ފައިސާ ފޮއްޗެއްގެ ދެފަރާތް ފަދަ ދެޕާޓީ ކަމަށެވެ.

"ދީނުގެ އަޤީދާއާ ގުޅިގެންވިޔަސް އަދާލަތުގެ އިސް ޢިލްމުވެރިން ރައީސް ނަޝީދަށް ފާޑުކިޔަނީ ސިޔާސީ ބޭނުމަށް. އެ ދެޕާޓި ފައިސާ ފޮއްޗެއްގެ ދެފަރާތް ފަދަ. ހޫނުގަދަކޮށްލަނީ ރައީސް ޞާލިޙްގެ ރުހުންހޯދަން. ޢިލްމުވެރިންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ޤައުމް އިންދިރާސްވެއްޖެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ޓްވީޓްގައި ވަނީ އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ނަޝީދުގެ ލާދިނީ ހަރަކާތްތަކުން ގައުމު ސަލާމަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް ވިދާޅުވި ޚަބަރެއްގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. އިމްރާން އެހެން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކެމްޕޭންގައެވެ.

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މަސައްކަތް ކުރަމުން އަންނާތީ ކަންބޮޑުވާ ކަމަށް އިއްޔެ އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ "ރައްޔިތުންގެ އިއްތިޙާދު"ގެ ނަމުގައި ހިންގާ ޙަރަކާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލް

    ކަލޭ 2018ގައި ނަސީދާއެކު އެއްޕޯޑިއަމެއް ހިއްސާކުރީ ސިޔާސީ މަގުބޫލުކަން ހޯދުމަށް ކަމަށް ނާސާއިން ހަބަރުދީފި. މިވެސް ނަސީދަށް ކުރުދޮށިން ދީފައިގޮސް ސިޔާސީ ބޭނުމަށް ނަސީދު ފައިބުޑަށް ވެއްޓިގަތް މީހެއް. އަހަރެމެން ނުދާނޫ އިސްލާމްދީނަށް ފުރައްސާރަކުރަމުން ދުވާ މީހެއްގެ ފަހަތުން ސިޔާސީ މަގުބޫލުކަން ހޯދާކަށް. އެމްޑީޕީއަށް ވެރިކަން ހޯދައިދީފައި އައިސް އަދި އެބަ ރީތިއެއްޗެހި ވީދެއެއްނު. ލާދީނީ މީހަކު ނޫނީ އެމްޑީޕީއަށް އެހީތެރިއެއްނުވާނެ.

    10
    6
  2. ލޮލް

    2018ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރި އެކަކަށްވެސް އަހަރެން ތާއީދެއް ނުކުރާނަން. އެވަރިހަމަ ޖަމީލަށް ވިޔަސް، އިލްޔާސަށް ވިޔަސް އަދި އިޔާޒަށް ވިޔަސް.

    12
    3
    • ނިޒާރުބެ

      ތިގޮތުގަ ހުއްޓާ އެވެރިން އަށާރަވެސް ގެންދިއައި ދެންވެސް ގެންގޮސްފާނެ ތިހެން ހުސްއަނގަ އވިޔަސް ވޯޓުދޭނެމީހުން ތިބީ އެވެރިންގެ އަތުގަ ރާއްޖޭގަ ބާއްވާ އިންތިހާބުތަކުން އެންމެގިނަ ވޯޓުނަގަނި މޑޕ އަނގައެއްއޮތަކަސް ނުވާނެ ހުޅުނބު ފިލަންދެން ތެޅިތެޅި ހުރޭ

      3
      1
  3. އަހަންމަދު

    އޭޖަމީލޫ!
    ކޮންމެބޭނުމެއްއޮވެގެންވިޔަސް އެއީ
    ހައްޤުފާޑު ކިޔުމެެއް!
    ކިތަންމެ ޤާނުނީފުންނާބު އުހަސް
    ބުނެބަލަ މިއީދޮގެކޭ!

    އަންނިއެއީ އެހެންއަޤިދާއެއް ހޯދަދޭންއެދި
    ކޮޕެންހޭގަންގަ ސަލާންޖެ ހިމީހެއް!
    ދެން ކޮންބަހަނާއެއް!
    އޭނާގެއަގީދާގެބަލިކަށިކަމާއި ލާދީނީކަން
    ރައްޔިތުންނަށް ސާފު!

    ތިހަދާގޮތް ހުރިހާރައްޔިތުންނާއި ވެރިން
    މިތިތިބީ ހަމަހޭގަ ބަލަން! ތިކަނީ
    ދެކޮޅުން!
    ތިލަގަބުގެންގުޅޭމިހުން އަބަދުވެސް
    ކުރާކަމެއްތީ! ރައްޔިތުންނޯއިޙްތިރާމު!

  4. ދިވެހި ރައްޔިތުން

    ދިނީ ތާޖަކީ އެމީހުންގެ އެކަނި އެއްޗެއްނޫން. ކޮންމެ ދިވެއްސަކީ އިސްލާމީ ތާޖު ލިބިގެންވާ މީހެއް. ދީނަކީ ފޮތެއްގަ ލިޔެފަ އޮތް ލަފުޒީ މާނައަށްވުރެ މާދުރަށް އޮތްކަމެއް. މައްސަލައަކީ ކިވައިގެންތިބޭ ބައެއްމީހުންނަށް ލިބިފަވާ ޢިލްމު ފަތުލަންނޭގި ތިބެނީ ވިސްނުމުގަ ގޮށްޖެހިފަ. ވީމާ އެޖެހިފަވާ ގޮށްމޮހާލައިގެން ވާން އޮތީ