އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު މަރާލި މައްސަލާގައި ހައްޔަރު ކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ގެ ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ނެރުން މަނާ ބޭހާއި އިންޖެކްޝަން ފެނުނު މައްސަލާގައި އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހޮސްޕިޓަލުން އަޅާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި، ހޮސްޕިޓަލްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުން އަމަލު ކުރަން ޖެހޭ ޕްރޮޓޮކޯލް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މި މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ކުރަނީ މޭރީގެ ފިރިމީހާ އެސް.ވައި ވާގަސްއަށެވެ. އޭނާގެ ލޯބިވެރިޔާ ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެކެވެ.
އެއީ ދުރާލާ ރާވައިގެން، އޮކްޓޯބަރު 21، 2021 ގައި މޭރީ ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރާލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.
ލަމްހާއަށް ކުރާ ދައުވާތަކަކީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން، އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
މާވިންއާއި ލަމްހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.
މޭރީ ދަން ޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފައެވެ. އެކަމަކު ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުންނާއި އެކަމުގައި ސުވާލުތަކެއް އުފެދުމާ ގުޅިގެން މައްސަލަ ފުލުހުން ތަހުގީގު ކުރިއެވެ.
މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.
އަބަދުވެސް ކަމެއްވީމަ އެކަމުގެ އަޞްލު ޙައްލުކުރާ ވާހަކައެއް ނުދައްކާނެ ފަރަންޖީން ރުޅިއަތުވެދާނެތީ! ތިޔަ ހުރިހަ ކަމެއްގެ މައްސަލައަކީ ހިލޭ އަންހެނުންނާ ހިލޭ ފިރިހެނުން އެކުގައި މަސްހުނިވެފައި އޮންނަ މަސައްކަތު މާޙައުލު. ޤަބޫލުކުރަންޏާ ކުރޭ ނުކުރަންޏާ ނުކުރޭ، ޙަޤީޤަތް ބަދަލެއް ނުވާނެ! ކިތައް އާއިލާ މިހާރުވެސް ޚަރާބުކޮށްފި
ފިރިންނަށް ލަނޑުދޭ އަނބިންނާއި އަނބިންނަށް ލަނޑުދޭ ފިރިންގެ މައްޗަށް ފިޔަވަޅުއަޅާނެ ހަރުދަނާ އުސޫލުތައް ވެސް ހަދަން އެބަޖެހޭ. ތިން ހަތަރު ދަރިން ލިބުނީމާ އެހެން މީހަކާ ހިތާވެގެން، ހަޔާތުގެ ބައިވެރިޔާއަށް ލަނޑުދީފައި ދާ މީހުން މިރާއްޖޭގައި ވަރަށްގިނަވެއްޖެ. އެމީހުންގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް އެބަލިބޭ. މިއީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ނުރައްކާތެރި މައްސަލައެއް.
ލަމްހާއަކީ އެހެންވީރު ވަގަކަންތާ ތިޔަވީ ހުއްދަ ނެތް ތަކެތި ގެއަށް ގެންދިއުން އެއީ ވަންކަމެއް
އަދި ތަންކޮޅެއް އަވަސް އިނގޭތޯ؟ އަދިވެސް ދުވަސްކޮޅެއްވަންދެން މަޑުކޮށްލައްވާ
އަސްލުވެސް
ލަމްހާ އަކީ އިބޫ ދައްތަގެ ކުއްޖެއް
ކުރިން ރޯޔަލް ރޭޕް ކޭސް. މިހާރު ރޯޔަލް މަރޑަރ ކޭސް.
ލަމްހާ އަކީ އިބޫ ދައްތަގެ ކުއްޖެއް. ތިދާނީޗޮކުން!!!!
ސަފާރީ ކޭސް ވެސް ވީ ގޮތަށް ބަލާފަ، ތިގޮތް އެންމެ ވައްތަރީ ދޯ.
ތިޔައީ ވާ ލަމްހާ އެއްތާ!! އެކަމަކު މަންޖެ ވާ ކުޅަދާނަ..
ވަރަށް ބޯސަކަރާތް އަންހެނެއް،
ހޮސްޕިޓަލެއްގެ ސެކިއުރިޓީގެ ވާހަކަދޯ..
ނަރުހުން ވަންނަން ވަކި ދޮރެއް ނިކުންނަން ވަކި ދޮރެއް ވަދެ ނިކުމެ ހަދާ އިރު ޗެކްކު ކުރަން ވާނެ އޭރަށް ތިޔަކަހަލަ ކަންތައްތައް މަދުވާނީ..
ނުލަފާ ވައްތަރަކަށް ހުރި އަންހެނެއް