ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ނިޔާވެ، ގޮނޑި ހުސްވުމާއި ގުޅިގެން އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކުޑަ ދުވަސް ކޮޅަކަށްވެ، އިންތިހާބުގެ ފޯރި ގަދަވެފައިވަނިކޮށް ކޮމަންޑޫގައި ދަނޑެއް އަޅަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓްގައި ވަނީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް ނެތި 30 އަހަރު ވެފައިވާ ކަމަށާއި އަދި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ރަށުގައި ފުޓުބޯޅަ ދަނޑެއްް ޤާއިމުކުރަން މިހާރު ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރގެ ޓުވީޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އަންނަ ހަފުތާގެ ތެރޭގައި އެ ދަނޑުގެ މަސައްކަތް ކުރަން ފަށާނެއެވެ.
އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރަން ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
މިގޮތުން މަހުލޫފުގެ ޓުވީޓް ރިޓްވީޓް ކުރައްވާ އިދިކޮޅުގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެއީ މާކުރިން ވެސް ނިމިފައިވާ ކަމެއް ކަމަށާއި މިއޮތް ހުރިހާ ދުވަސް ވީއިރުގައި ކޮމަންޑޫގެ ޒުވާނުން މަތިން މިނިސްޓަރ މަހުލޫފު ހުންނެވީ ހަނދުމަ ނެތިފައި ކަމަށެވެ.
އަދި ކުއްލިއަކަށް ކޮމަންޑޫގެ ރައްޔިތުން މަތިން މިނިސްޓަރ ހަނދުމަ ވެއްޖެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކޮމަންޑޫގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ދަނޑު ޒުވާނުންނަށް ހޯއްދަވައިދެއްވީ އިދިކޮޅުން ކަމަށް ވެސް އޭނާގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ކުއްލި އަކަށް ހަދާ ދަނޑު ހުންނާނީ ކުއްލި ގޮއްގޮތައް
މިހާރު އޭ.ސީ.ސީ އެއްވެސް ނެތް. އިންތިޚާބީ ކޮރަޕްޝަން ބަލާނެތަނެއްވެސް ނެތް، ހަޤީޤަތުގައި އޭ.ސީ.ސީ ނެތި އިންތީޚާބެއް ނުވެސް ބޭއްވޭނެ، އަދި ބާއްވައިފިނަމަ އެއީ ފުރިހަމަ އިންތިޚާބަކަށްވެސް ނުވާނެ، އީސީ މިކަމާ ވިސްނާ އަވަސް ފަރުވާއެއް ހޯދާ، އެހެން ނޫނީ ފައިސާތަކެއް ބޭކާރުވެގެން ދާނީ،
އަވަހަށް އަޅުއްވާދެއްވާ. ތިކަންކޮށްދެއްވަން ރައީސް ސޯލިހުގެ ހިތްޕުޅަށް އެރީތީ ﷲއަށް ހަމްދުކުރަން. އެކަމަކު ބުނަންތަ، އެމްޑީޕީ ކެންޑިޑޭޓަކަށް ވޯޓެއް ނުލާނޫ. މިފަހަރު ވޯޓްދޭނީ އަހަރެމެންގެ ރަށުމީހާއަށް. ފަތުހީއަށް.އިންޝާﷲ، މިފަހަރު ހޮވާނީ ފަތުހީ. ވޯޓްގެކުރިން ތިޔަ މަސައްކަތް ނިންމާލެވޭތޯ ބައްލަވާތި. ވޯޓުން ބަލިވެއްޖިއްޔާ އެހިސާބުން މަސައްކަތް ހުއްޓޭނެކަން އެނގޭތީ މިބުނީ.
މިތިންއަހަރުވީއިރުނޭގުނުކަމެއް ތިއެގުނީ ވޯޓްފޮއްޓެއްއެރަޝުގަބެއެއްޓީމަ ދިގުތިރީސްއަހަރުތެރޭ މިގޮތައްވޯޓެއްނަގަންނުޖެހޭއެދާއިރާގަ އިނދެޖެހެންދެންވައުދުކުރުވާ ދަރަނިބޯސަރުކާރު ކަންކުރުވާފަ ވޯޓްނައަޅާ ދީފިނަމަނުވާނެ އިދިކޮޅައްދިނީމަ ތިކިޔާހުރިހާކަމެއްގެއަޑުއުފުލާނެ ސަރުކާރައްދީފިނަމަ ބުނާނެ އެމްފީއާރުސީ ހިޔާނާތުގެ މަތްސަލާގަ މަހުލޫފުވީޖަލުގައޭ އޭނަވީވައުދެކޭ އަދިވެސް 100 ދުވަސްތެރޭވީވައުދުތައް ނަރުދަމާތަކައްބަދަލުވީ ކާޅަކާބައްދަލުވިއަސްކިއަނީ ނަރުދަމާއޭ މީމޮޑެފައޮތްތ3ބާރު ރައްޔިތަކުނުވާނެގަބޫލުކުރަން ބަަރަތްޏެއްހެންއޮޅަގެންތިބިބައެއްގއަޑު
ފަތުހީނޫން ކޮންމެ މީހެއް ރަނގަޅު
ސޯލިބެ ދުވަހަކުވެސް ކަރަޕްޝަނުގެ އެއްވެސް އަމަލެއް ނުހިންގަޔޯ އޭނަ ބުނި....... އަހަރެމެންނަށް މި ފެންނަނީ ކަރަޕްޝަން ނޫން އެހެން އެއްޗެއް ނުހިންގާތަން
ކޮމަންޑޫގެ ރައްޔިތުންނަށް ތަހްނިޔާ ދަންނަވަމެވެ ކުޅިވަރު
މިނިސްޓަރު ކޮމަޑުއަށް ބުޓްބޯޅަ ދަނޑެއް ހަދިޔާ އެކކ ކުރައްވަނީ ކޮންމެހެން އެ ކަން ކުރައްވާ ހިތަ ކުން ނޫނެވެ
އެހެންނަމަވެސް ފެބްރުއަރީ 5 ވަނަ ދުވަހަށް ޖަހާ މަޅިއެއްގެ ގޮތުގައެވެ އެއީ މަޅިއެއް ނުވަތަ ދަންތުރައެއް
ނަމަވެސް އިދި ކޮޅުން ފޯވާޑަށް ކުޅޭލެއް ވަރުގަދަ ވާނެއެވެ
އެހެން ކަމުން މި މަޅީގައިބެދޭނީ ސަރު ކާރެވެ.
މިހާރުވެސް ޕޕމ ކެންޑިޑޭޓް ނަން އަނބުރާ ނަގާބަލަ - ތި ދަނޑު ކެންސަލްވީ... އެހެންވީމަ ބުނެވިދާނެ، ދަނޑު އެޅިއްޖިއްޔާމު، އޭގެ ކްރެޑިޓް ހައްގުވާނީ އިދިކޮޅަށޭ.
މަހޭޝް ބަޓް ޖަހާ ސަކަރާތް ރައްޔިތުންނަށް ވަރަށް ސާފު.
ފަޅުވެސް ކޮނޭ !!! ނެރުބައްތިތަށްވެސްޖަހާ ދީ !!!!! ފުރުސަތުގެ ބޭނުންހިފާ!!!!
މައުމޫނުވެސް ވިހިއަރު ވަންދެން އިންތިހާބާ ކައިރިވީމަ ފުވައްމުލަކު ބަދަރުހަނދަން ތޮށިމަތީގައި ކަޑަޖަހާނެ އެވާހަ ދެއްކީޔާމާތާހިރުވާނެ
އެއް ކޯލިޝަނެއްނު. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. އަސްލު މައުމޫނާ އަންނި އަކީ އޭރުވެސް މިހާރުވެސް ހަމަ އެކައްޗެއް.
މީނަގެ މައްސަލަ ކިހިނެއްތޯވީ؟
ދަނޑު ތިގޮތަށް އެޅުއްވި ކުރީ ސަރުކާރުގައިވެސް، އެކަމަކު އާހިރުގައި ކަންވީގޮތް އިނގޭނޫންތޯ! ފާއިތުވި 3 އަހަރު ކަމެެއް ނުކޮށްދެވުނު ބަޔަކު އަނދުން އެޅުވުމަށް ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެކަން ގަބޫލު ކުރާނެ ބަޔަކު ނުވާނެ.
މިހެންވެޔޭ ކިޔަނީ 2018 ގެ އިންތިހާބްވެސް އިންޑިޔާއަޑީގަ އޮވެގެން ވަގަށްނެގިވާހަކަ މިހާރު ޕީޕީ ކުދިން އެދައްކާވާހަކަ ޔަގީންވީއެވެ. އިންޑިއާވަނީ ރާއްޖޭގެ 2018 އިންތިހާބް ވަގަށްނަގާފައެވެ.