ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކައިރި ވެފައިވަނިކޮށް ސަރުކާރުން ދަނޑުތަކާއި އެހެން ބައެއް ކަންކަން ފެށި ނަމަވެސް މިފަހަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީ ހޮވަން ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނަށް އެންމެ 28 ދުވަހަށް ވެފައިވަނިކޮށް މިއަދު ޔޫތު މިނިސްޓްރީން ވަނީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފައްޓަވާނެ ކަން އިއުލާނު ކުރައްވާފައެވެ.

ޕީޕީއެމް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "ވަގުތަށް" ވިދާޅުވީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން އެރަށުގެ ޒުވާނުންނަށް ނުހަނު ފައިދާ ވާނެ ކަމަށެވެ. އަދި އެކަމަށް ޕީޕީއެމް ޕީއެންސީ ވެސް ދެކޮޅު ނުހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އިންތިހާބަށް މިހާ މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް ކުއްލިއަކަށް އެރަށުގައި ދަނޑެއް އަޅަން ނިންމި ނިންމުމަކީ ސަރުކާރުން އިންތިހާބަށް ސީދާ ގޮތެއްގައި ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވިއެވެ.

"އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، ފުޓުބޯޅަ ދަނޑާއި އެއްޗެހި އަޅަން އިއުލާން ކުރިޔަސް، ކޮމަންޑޫ ދާއިރާގެ ރައްޔިތުން މި ފަހަރު ވޯޓު ދޭނީ ޕީޕީއެމްގެ ކެންޑިޑޭޓަށް،" ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރ މަހުލޫފު ޔޫތު މިނިސްޓަރުގެ މަގާމުގައި ތިން އަހަރު ހުންނެވި އިރުގައި ވެސް ކޮމަންޑޫ ދަނޑުގެ މަސައްކަތް ބަޖެޓުގައި ނުހިމަނުއްވާފައި، އިންތިހާބެއް ބޯމަތިވުމުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ކޮމަންޑޫގެ ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުން، އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިންތިޚާބު ބާއްވަން ވަނީ ނިންމާފައެވެ.

މި އިންތިޚާބަށް ތިން ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދުއާއި އަލަށް އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދްރީސް އަދި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހީމް

    މާތްﷲގެ ތަނަވަސް ރަޙުމަތުން ތިޔަ ގޮޑި ކާމިޔާބު ކުރާނީ ޕީޕީއެމް އެންޑީޕީ އަށް މި ގޮޑި ނާކާމިޔާބު ކޮށްދެއްވާންދޭވެ. އާމީން

    41
    11
  2. ބޮކި

    އިންތިޚާބު ކާމިޔާބު ކުރާނީ ފަތުހީ ؟ އެކަމަކު އެއީ ހުވަފެނުގަ ؟

    17
    32
  3. ރަބަރޭ

    އިލެކުޟަން ކޮމިޝަނުން ޖެހޭނެ މިކަހަލަ ކަންތައްތައް މިގަޑީގައި ހުއްޓުވަން ވޯޓާވީމަ ކޮން ދަނޑެއް އަޅާކަށް ވޯޓުލާ ނިމުނީމަ ދެން ދަނޑު އަޅުއްވާ ސަރުކާރުން ރައްޔިތުން ގުނބޯ ހައްދަން މަސައްކަތް ކުރާ ސަރުކާރު

    38
    9
  4. ވގ13

    ތި ފަތުހީ އަކީ ވެތުވެދިޔަ 3 އަހަރު ވައްކަމަކީ ކުރަންވީކަމެއްކަން ޗެނަލް 13 ގަ ގޮވަން އިންމީހެއް ދެން މީނަ މަޖިލީހުގަވެސް ވައްކަން އޯކޭ ކަމައްވަކާލާތުކުރާނީ ކޮމަންޑޫ ދާއިރާގެވާހަކައެއް ނުދައްކާނެ މާބޮޑު މީހަކައްވެގެން

    11
    18
  5. ބަދަލުވަމުންދާ ސަޤާފަތް

    އިންތިޚާބު ފަތުހީ ކާމިޔާބު ކުރުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް، ނަމަވެސް މާޒީގެ ވޯޓަށް ބަލާއިރު ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ތަނަވަސް ކަމުގެ އަހުލުވެރިން، ވީމާ އިމްތިޚާބު ގައި އޮންނާނީ މޮޅުވުން، މޮޅުވުމަށް ކުޅެންޖެހޭނީ ފުޓްބޯޅަ މުބާރާތުގައި ދަނޑުމަތީގައި ކުޅޭގޮތަށް ރަތާއި ރީދޫ ކާޑު ނުލިބި މޮޅުވެ ގޯލް ޖެހޭގޮތަށް. އެހެންނޫނިއްޔާ ކާމިޔާބު އޮންނާނީ ދުރުގައި، އެއްބަނޑު އެއްބަފާ ކަމާއި ގާތްތިމާގެ ކަމާއި ރަހުމަތްތެރިކަމުގެ މައްޗަށް ވޯޓު ލިބޭނެ ކަމަށް ބެލުމަކީ އެހާރަގަޅުކަމެއް ނޫން

    6
    3
  6. ރަށްފަތި

    ﷲ ގެ އިރާދަފުޅުން ބޮޑާކަމާއި ކިބުރުވެރިކަން ހުންނަ މިހުން ބާކީވެ ދޮގާއި މަކަރުން ހޮވެން މަސައްކަތް ކުރާ މީހުން ބާކީވެ އެންމެނާ ގުޅޭ ހިތްހެޔޮ މީހާ ހޮވޭނެ. އެއީ ކޮމަންޑޫ ފޯކައިދޫ މަރޮށިގެ މުސްތަގްބަލަކީ.

  7. ތަމެންދޯ

    ސަރުކާރާއި އެކު ބައި އަޅައިގެން ތިބި އެމްއެންޕީ ބަޔަކަށް ދެން މަޖްލީހުގައި ކުރެވޭނެ ކަމެއް ނޯންނާނެއޭ ސަރުކާރުން ބުނާ ގޮތަށް ވޯޓް ދޭން ޖެހޭނީ އެމްއެންޕީގެ ކެންޑިޑޭޓް އެއީ ސީދާ، ރައީސް އިބޫގެ ޕްރޮކްސީ ކެންޑިޑޭޓޭ އެމްޑީޕީގެ ކެންޑިޑޭޓް ނަން އަނބުރާ ގެންދާނެއޭ ޖެނުއަރީ މަސް ހުސްވާއިރު ބަލަން ތިބޭތި ރައީސް އިބޫ ބޭނުންވަނީ ކެނެރީގެ ނަޝީދާއި ނުލައި އޭނާ އަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަން ދައްކަންއޭ...