ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނުގައި ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

.މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. މިނިސްޓްރީއިން ބުނީ ފައިސާ ބަލައިގަންނާނީ މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 125،000ރ. ނުވަތަ އެ އަދަދާއި އެއްވަރަށް ޑޮލަރަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

.ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ޖޫނިއަރ ކޮލެޖް ގާއިމްކުރާ ދެވަނަ ރަށަކީ ނ.ކެނދިކުޅުދޫއެވެ.

މިއީ މަތީ ތައުލީމާއި ތަމްރީންގެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސއްކަތެއްކަންވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާއިޒު

    ޝުކުރިއްޔާ ރައީސް ޔާމީނު. މި ރަށުގައި ޖޫނިއަރ ކޮލެޖު އެޅުމުގެ ހުވަފެން ދައްކާފައި ވަނިކޮށް، މަނިކުފާނު މިނިވަންވެ އެކަމުގެ އަޑު އުފުއްލެވުމުން ސަރުކާރަށް ހޭލެވި އެކަމަށް އިޢުލާނު ކުރެވިގެން އެ ދިޔައީ. ޝުކުރިއްޔާ