ޕީސީއާރް ޓެސްޓިންގ މިންގަނޑުތަކާއި ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓު އުޅަނދަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އުޅަނދަަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާކަން އިމިގްރޭޝަން އަށް ވެސް އަންގާ، އެ އިދާރާގެ ލިސްޓުން އެ އުޅަނދުގެ ނަން އުނިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއުޅަނދަށް އަލުން ހުއްދަ ދެވޭނީ އެޗްޕީއޭގެ “ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ދަ ޓޫރިޒަމް ސެކްޓާރ (ވާޝަން:04)” ގެ ގައިޑް ލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިކަމަށް އެމިނިސްޓްރީން ބަލައި ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ އާވޭރިއަންޓް ކަމަށްވާ އޮމިކްރޮން ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަނަތަނުން ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    ހޫނ.... ތީ ހުސް ވައި ބޮކި. މިރޭ ހުއްދަ އަލުން ދޭނެ. އެޗްޕީއޭއައް އެއްކަމެއްވެސް ނުކުރެވޭނެ.