ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ
ޑރ. އިޔާޒް އިއްޔެ ކުރެެއްވި ޓްވީޓެއްގައި ވަނީ ކޮވިޑަކީ ސަރުކާރުން ބޭނުންވީމަ، އައިސް ގޮސްވާ އެއްޗެއް ކަމަށް ވިދާޅުވެ، އާންމުން އާ އަހަރު ފާހަގަ ކުރަމުން ދިޔައިރު ކޮވިޑް މަތިން ހަނދާންހުރި ކަމާއިމެދު ސުވާލު އުފައްދާފައެވެ.
"އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތްޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ،" އިޔާޒް ކުރެެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އިޔާޒް މިފަދައިން ޓްވީޓު ކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ، ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރުވެސް ހަފްލާތަކާއި، އާންމުން އެއްވާ ހަރަކާތްތައް ހުޅުމާލޭގައި ބެއްވުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް އަނެއްްކާވެސް މި ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ. އެގޮތުން މިދިޔަ ތިން ދުވަހު ރާއްޖޭގެ ކޮވިޑްގެ އަދަދުތައް 200 އިން މަތީގައި އުޅޭއިރު، މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވި އަދަދު ވެސް ވަނީ އިތުރު ވެފައެވެ.
ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވަނީ އާ ވޭރިއެންޓާއި ގުޅިގެން ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން އެޗްޕީއޭ އިން އަދި ކަށަވަރެއް ނުކޮށްދެއެވެ.
ރާއްޖެއިންެސް އާ ވޭރިއެންޓްގެ ވޭދަނަތައް ފެނިފައިވާއިރު، ކުރިއަށް އޮތް ތިން ހަފްތާގައި ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާދެއްވާފައެވެ.
އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް އިޔާޒް އައުޓް އިންޑިއާ އައުޓް
އިޔާޒު ފާހަނގަ ކުރެވެނީ ސިޔާސީ ދެބޯގެރި ދުއްވާ މީހަކާއި. ރާއްޖޭއަށް އަންނަ މީހުންނަށް އިސްލާމްދީނުގެ ހިދާޔަތު ފޯރާނެފަދަ މަސައްކަތެއް ކުރާނެ އިލްމުވެރިން ބޭނުން. ރާއްޖެއަށް. ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުގެ ދަށުން
ވ ރަނގަޅު ވާހަކައެއް
ކޮވިޑަކީ ޤައުމުތަކުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގެންްގުޅޭ އެއްޗެއް، ސަރުކާރު ބޭނުންވީމަ ފެނިފަ ސަރުކާރު ބޭނުންވީމަ ގެއްލޭ އެއްޗެއް !
ޢިންޑިއާ އައުަޓު ހަމަ އެހެން ކިޔާނީ. ދެން ރަށަށްދޭ
އިޔާޒު ބުންޏަސް ތެދެއް ވާނީ ތެދަކައް އާ އަހަރު ފާހަގަ ކުރަން ވީމަ ކޮވިޑު ނެތިފަ ވޯޓު ލާންވީމަ ކޮވިޑެއް ނޫޅޭނެ އެހަމަ އެމީހުންގެ ވާހަކަ ހުންނަ ގޮތް
މިހާރު ކޮވިޑަކީ ކޮންމެ ޤައުމަކުންވެސް ސަރުކާރު ބޭނުން ވީމާ ފެނި ގެއްލިދާ އެއްޗެއް ނުންތޯ ؟ ބޮޑު ސިޔާސީ ހަތިޔާރެއް ޖުރިމައިނާ ކުރަންވެސް ހަމަ ކޮވިޑް !
އިޔާޒު ބުންޏަސް ތިޔައީ ހަމަ ތެދުފުޅެއް ކުރޯނާ އަކީ ބޮޑު ޖޯކަކަށް ހަދައިފި ޖެހި އެއްވެސް ވެކުސިނެއް ބޫސްޓަރ ޑޯޒެއް ތިޔަކުރޯނާ އަކާ ނެތް ގުޅުމެއް އަނެއްކާ ވެސް ކުރޯނާގެ އާވަށްތަރެއް ޔޫރަޕުން ފެނިގެން އެބައުޅޭ ދުވަސް ކޮޅަކުން މެދު އިރުމަތިން އިތުރު އާވަށްތަރެއްގެ ކުރޯނާއެއް ފެނިދާނެ މިއޮތީވާ ކަމެއް