ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހަކަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއްކޮށްފިއެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ނުވަތަ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހަކަށް ހަމަލަދީ މާރާމާރީ ހިންގައި ފުލުހުންގެ ވެހިކަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.

ބާކީ ތިބި 28 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވެފައި ވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ. އެކަމަކު، ފުލުހުން ބޮޑުތަކުރުފާނު މަގުގައި ޖަހާފައި ހުރި ބެރިކޭޑް ފަޅާލައި ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ.

މި އެއްވުން ފުލުހުން ރޫޅާލާފައި ވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ފުލުހުން ވަނީ އެެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއްގެ ބޭނުން ގިނަ ބަޔަކު ކުރަމުން ދަނިކޮށް ފުލުހުން އަރައިގަނެ އަނިޔާކޮށް، ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެމީހުން ވަގުތުން ދޫކޮށްލުމަށް ވެސް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެއެވެ.

އެ ބަޔާނުގައި ވަނީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުން އަންނާތީ އެކަން ކަމާބެހޭ ފަރާތްތަކުން ބެލުމަށް ވެސް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަގަރޭ

    ރައްޔތުންނަށް ތިކުރާ އަނިޔާ . ނޯތް ކޮރެއާ ދޯމީ. ޔާ ﷲ މި އަނިޔާވެރި ސަރުކާރު ބަލިކުރައްވައި ރައްޔަތުންނަށް ގަދަކަން ދެއްވައި އަނިޔާވެރި ކާފިރުގައުމެއްގެ އަޅުވެތިކަމުން އަޅަމެން ސަލާމަތްކުރަށްވާށި. އާމީން.

    31
    1
  2. ނޫރު

    ރައްޔުތުންގެ ވެރިކަމޭކިޔާ ރައްޔިތުން ސުލްހަ ވެެރިކަމާއެކު އަޑު އުފުލަން ނުކުތީމަ ފުލުހުން ރައްޔިތުންނާއި ތޮޅެންޖެހޭ ކޮން ކޮން ޤާނޫނީ ސަބަބެއްތޯ އޮތީ. ކަޒަކިސްތާނުގެ އިއްޔެ ހާލަތަށް ވިސްނާށެވެ. ރައްޔިތުން އެމީހުންގެ ހައްގު ހޯދަން ނުކުންނާނެ. ޕެޕަރ ސްޕްރޭއާއި، މުގުރު ދެކެ އަދި ކީއްތޯ ވަޒަނަކަށްވެސް ރައްޔިތުން ބިރު ނުގަންނަ ހިސާބަށް ދަނީ. ރައްޔިތުންގެ ގޮވާލުމަކީ
    ކޮންމެހެން އުފުލަންޖެހޭ ޤައުމީ ވާޖިބެއް އުފުލުމަށް ގޮވާ އަޑު. ރައްޔިތުން ފުލުހުންނާއި ސިފައިން ދެކެ ބިރު ނުގަންނާނެ. އެއީ ރައްޔިތުން މުސާރަދޭ ޚާދިމުން. މުޒާ ހަރާކޮށް ތިޔަ އަނިޔާވެރި ހައްޔަރަށް ދިއުމީ ފަސޭހަ ކަމެއްތޯ. ނަމަވެސް ވަތަނުގެ ދިފާއުގައި އަޑުއުފުލާ ދަރިންނާއި.ރ. ޔާމިން ވެގެންދާނީ ބަތަލުންނަށް.

    24
    1
  3. ދިއްދޫ

    ރައްޔިތުންގެ ވެރިކަމޯ ރައްޔިތުން ހިފާހައްޔު ކުރުން މިވެރިންގެ ކަމަކީ

  4. މަޖުބޫރީހާލަތް.

    ކޮބާޓުރާންސްޕޭރެންސީ އެއީ މި ހާރު އެމްޑީޕީގެ ގިތްޕެއްކަން ސާބިތުވާނެ ރައްޔިތުންނައް މީވަރައް އަޑިނުބައި ގައިރުދީން ފަތުރާމިނިވަންކަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ނަގާލުމައް ހުޅަނގުން ރާވައިގެން ކުޅޭޑުރާމާ އެމްޑީޕީޔެކޭ އިޒުރޭލުގެ ސަރުކާރެކޭ ތަފާތެއްނެތް

    1
    1