ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައްޔިތުން ވޯޓު ދޭންވީ ޚާއިނުންނާއި ޣައްދާރުންނާ ދެކޮޅަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރަން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައްޔިތުން ވޯޓު ދޭންވީ ބަޣާވާތާއި މަނީ ލޯންޑްރިން އާއި ވަގުފާރި ފަދަ ކަންކަމާ ދެކޮޅަށެވެ.

އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓް ލާންވީ ގައުމުގެ ޚާއިނުންނާއި ޣައްދާރުންނާ ދެކޮޅަށް ކަމަށެވެ. އަދި މިފަހަރު ރައްޔިތުން ނުކުމެ ވޯޓު ލާންވީ އަޅުވެތިކަމަށް ނޫނެކޭ ބުނެ، ރާއްޖޭގައި ބާތިލު ދީންތަކަށް ފުރުސަތު ނުދިނުމަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިފަހަރު ދިވެހިން ވޯޓު ދޭންވީ ދީނާ މިނިވަންކަމުގެ ދިފާއުގައި ކަމަށާއި އަދި އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ އެގޮތަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ރައްދުދެއްވާފައިވާ އިރު ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ އަކީ މަސްތުވާތަކެތީގެ މައްސަލަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ދުވަހަކު ވެސް އަތުލައިނުގަނެވޭ މިންވަރަށް ޑްރަގު މިހާރު އަތުލައިގަނެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗަކީ ކަނޑުތައް ހުރަސްކޮށް ހިންގާ ބިލިއަން ޑޮލަރުގެ މަނާ ވިޔަފާރިއެއް ކަމަށާއި މިއީ ލިބުނު ގޮތަކުން ފައިސާ ހޯދަން މަރުދޭ ބަޔަކަށް ވަރަށް މޮޅު ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން އައުޓްވާން ޖެހެނީ ޑްރަގު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙައްގުބަސް

    އިބޫ އަނެއްކާވެސް ވޯޓް ހޯދަން ދޮގުހަދަނީ!! ރިޔާސީ އިންތިޚާބުގައިވެސް ދޮގުހަދައިގެން ނުވިތާކަށް އީސީ ޝަރީފަށް ރިޝްވަތު ދީގެން ވޯޓުން ވައްކަން ކޮށްގެން ވެރިމަށް އައީ!! ދެން އައި މަޖްލިސް އިންތިޚާބުގައިވެސް ދޮގުހަދައިގެން މަޖްލިސް މެޖޯރިޓީ ހޯދީ!! ތިން އަހަރުވިއިރު ކުރެވުނު ކަމަކީ ކޮވިޑްތެރޭ ދިވެހިންގެ ނޭވާހޮޅިން ވައްކަން (ޕީސީއާރު މެޝިނެގެ ބޮޑު ވައްކަން) ކުރުމާއި ބަދަލުގެ ގޮތުގައި ދައުލަތުގެ ޚަޒާނާ ގާތް މީހުންނަށް ބަހާ ހުސްކުރުމާ ސިޔާސީ މަގާމުތައް އުފެއްދިމާ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނީގެ އެތައް ލޯނެއް އިންޑިޔާއިން ނަގާ އެޅުވުމާއި އަޑިނޭނގޭ އެއްބަސްވުންތައް ހަދާ ގާނޫނުތަކާ ޚިލާފަށް އިންޑިޔާގެ ގިނަ ޢަދަދެއްގެ ސިފައިން މިރާއްޖޭގައި ބޭތިއްބުމާ ދީނީ އަގީދާ ބަލިކަށިކުރަން މަސައްކަތްކުރުމާ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމަށް ހުރަސްއެޅުމާ ރައްޔިތުންނަށް އަނިޔާވެރިވުމާ ބާޒާރުކޮތަޅުން ޓެކްސް ނެގުމަށް ނިންމުން!! ކޮބާ މިވެރިކަމާ މަޖްލިސް ސުޕަ މެޖޯރިޓީ ދިނީމާ ގައުމަށާ ރައްޔިތުންނަށްވި ލުއިފަސޭހަކަމާ ފައިދާއަކީ؟ އިންޑިޔާއައުޓް!! ހޮވަންވީ ޕީޕީއެމްގެ މެމްބަރުން! އޭރުން ގައުމަށް ރައްޔިތުންނަށް ކުރިއެރުން ލިބޭނެ!! އިންޑިޔާގެ ހަންފެތުރުން ހުއްޓުވޭނެ!

    2
    2
  2. ބޮކި

    އިންތިހާބުގައި ވޯޓު ދޭންވީ ޚާއިނުންނާއި ޣައްދާރުންނާ އަދި ވަގުންނާ ދެކޮޅަށް !

  3. ނަންނެތް

    ވަރަށް ރަނގަޅުވާހަކައެއް އަދިކިރިޔާ ތި އަމިއްލަ ސިފަ އަމިއްލަޔަށް ބުނެތިދިނީ

  4. އަހްމަދު

    ރާއްޖެއިން ޑްރަގުއައުޓުވާންވީކީނޫން ރާއްޖެއައް ޑްރަގްއިންވިޔަނުދޭންވީ ރާއްޖެއައް ޑުރަގުއެތެރެވިޔަނުދެންވީ އޭރުން އެޑުރަގުތިވިދާޅުވިގޮތައް އައުޓުކުރަންއުޅޭކަށް ނުޖެހޭނެ

  5. Anonymous

    އަދުރޭ އަށް އެނގޭބާ އެބުނެވުނީ ކީކޭކަން!

  6. ކެލާ އާރިފް

    މިހާރަކުނޫން އަބަދުވެސް ވޯޓްލާންޖެހޭނީ ވަގުންނާ، ޑުރަގު ޑީލަރުންނާ، މަޖިލިސްތެރޭ އަވަގުރާނަގޮވާ މީހުންނާ، ނުބައިކޮން ހިސާބު ޖައްސަވާ މީހުންނާ، ޓިނު ނާގާމީހުންނާ