ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ އަގުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައި ރާއްޖޭގެ އިގްތިސާދަށް އިންގިލާބި ބަދަލުތަކެއް ގެންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭނު ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމާއެކު އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

މަސައްކަތްތެރިންނަށާއި ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކޮށް އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފައްޔާޒު ދެއްވިއެވެ. އަދި އެކަމަށް އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވަން ވިދާޅުވިއެވެ.

"އިންގިލާބީ، އިގްތިސާދީ ބަދަލުތަކެއް ގެނައުމާއި މެދު ޝައްކު ނުކުރާތީ. ޑޮލަރުވެސް އަގު ހެޔޮކޮށް ލިބޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ޑޮލަރުގެ އަގުހެޔޮކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު ޑޮލަރަކަށް ޖެހޭ އަދަދު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. ވަކިން ހާއްސަކޮށް ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދަނީ ދެ ގުނަ ބޮޑުކޮށެވެ. އެކަމުގައި އެންމެ އިސްކޮށް އުޅެނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. ކަޅުބާޒާރުގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދާ ބިދޭސީން ދޭތެރެ ދޭތެރެއިން ފުލުހުން ހައްޔަރުވެސް ކުރެއެވެ.

މި ސަރުކާރުގެ ދުވެލި މަޑުކަމަށާއި މިއީ "ސްލޯ" ސަރުކާރެއް ކަމަށްބުނެ ވާދަވެރި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ފައްޔާޒު ވަނީ ރައްދުދެއްވާފައެވެ. ސަތޭކައެއްހާ ރަށުގައި ބަނދަރު ހަދާ 100 އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން މި ސަރުކާރުން ހިންގާ އުމްރާނީ މަޝްރޫއުތަކަށް ބަލާއިރު ސަރުކާރު "ސްލޯ" އެކޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވޭތުވެދިޔަ 30 އަހަރު ނުކުރެވި އޮތް މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

"މި ހުރިހާ ކަމަކާއި އެކު ސަރުކާރު ސްލޯތޯ ތިބޭފުޅުން ވިސްނާލައްވާ. ގިނަ މަސައްކަތްތައް ހަވާލުވެގެން އުޅެނީ އެބޭފުޅުން." އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެއްވެސް ބައެއްގެ ސިޔާސީ ކުލައަކަށް ނުވަތަ ސިޔާސީ ނުބާލާ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ބަލަނީ ހައްގު ގޮތުގައި އެންމެން ބައިވެރި ކޮށްގެން މަޝްރޫއުތައް ހިންގުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ލޮލް

    ސޮރީ ބުރޯ، ކިތަންމެ ވަރަކަށް ފޮނު އެރުވިޔަސް މިދައުރަކު ތިކަމެއް ނުވާނެ. ޑޮލަރު އަގުހެޔޮކުރުމަކީ ބޭކާރު ޚަރަދުކުރާ ބަޔަކަށް ކުރެވޭނެ ކަމެއްނޫން. މިގައުމުގައި ތިކަން ކުރެވޭނެ ހުރީ ހަމަ އެންމެ މީހެއް. އެއީ އުމަރު ނަސީރު. އޭނާ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާނެ.

    26
    1
  2. ލޮލް

    ލާދީނީމީހުން ހިފާ ހައްޔަރުކޮށް އެމީހުންނަށް އިންގިލާބީ އަދަބެއް ދޭކަށް ނޫޅެމުތަ؟

    22
  3. ހުސޭނުބޭ

    ކުރީފަހަރުގެ ވެރިކަމުގައިވެސް ޑޮލަރު އަގުހެޔޮކޮށްލީމާ ގޭދޮރުމަތި ކުނިކަހާއިރު ގޯނިގޯންޏަށް އަޅަން ޑޮލަރު ލިބުނު.

    20
  4. އަލީ

    އެންމެ 200 ޑޮލަރު މީހަކަށް މަހަކު މިލިބެނީ ކާޑުން ކަޑާލަން.

    18
  5. އަހްމަދު

    ރައްޔިތުން މިތިނީ ސަކުވާކުރުންހުއްޓާލައިގެން ރައްޔިތުންނައް އިތުރައްދޮގު ވަޢުދުތަކެއްވާނެކަމެއްނެތް މިސަރުން ރައްޔިތުންނައް އިތުރައްކޮށްދެވޭނެކަމެއްނެތް އެކަންރައްޔިތުންނައް ވަރަށްސާފު ޑޮލަރާ ޕައުންޑުވެސް އަޅުގަނޑުމެންނައްލިބިއްޖެ ދެންކުރިއައްއޮތީ ކެމްޕޭންދުވަސްތައް ތިބޭފުޅުން އެކަމަށްތައްޔާރުވޭ

    14
  6. Anonymous

    ދިމާ އިދިކޮޅަށް ކަން ނިމި، ޑޮލަރުގެ އަގު ބޮޑުވެދާނެ ކަމުގެ އިޝާރާތެއް. ރައްޔިތުންނޭ ހޭއަރާ! އަގުބޮޑުނުވަނީސް ޑޮލަރު ގަނޭ!

    18
  7. ޢަދުރޭ

    ފުޅިބައްތި ދިއްލާ ރަށްރަށަށް ގޮސް ފާނޫޒު ހޯދަދިނުން އެއީ ތި މީހުން ތި ބުނާ ތަރައްޤީ ، ދިވެހި ރައްޔިތުން މޮޔަ ހެއްދުން ހުއްޓާލަންވީ ނޫންތޯ ؟

    14
  8. ބޭރުމީހާ

    ފައްޔާމެން ތިދައްކާ ވާހަކަތަކަކީ އެއްވެސް އިތުބާރުކުރެވޭނެ ވާހަކައެއްނޫނެވެ. ތިޔައީ މުޅިންވެސް ރައްޔިތުން އޮޅުވާލުމަށް، ކޮންމެ އިންތިޚާބެއް ކުރިމަތިވާއިރަށް ދައްކާ ވާހަކަތަކެކެވެ.
    ތިގޮތަށް ނިކަންމޮޅު މިނިމަންވޭޖެއް ވެސް ކަނޑައެޅިއެވެ! މިރާއްޖޭގައި ޑޮލަރުގެ އަދިހަމަ އެއާއެކު ތަކެތީގެ އަގު މަތިވެގެންދިޔައީ އެމްޑީޕި ވެރިކަމަށް އައިހިސާބުންނެވެ.

    14
  9. ބޮޑުބެ

    ހުރިހާ ކަމެއްވެސް އަނގައިން ކުރާ ބައެއްމީ.

    18
  10. މޕ

    ހެދުނު ދޮގެއް ހަދައިގެންވެސް އިންތިހާބު ކާމިޔާބު ކުރެވޭ ތޯބަލާތި. އެއީ އެމްޑީޕީގެ ފަލްސަފާ

    16
  11. ޖ

    ޏިމިދިޔަ ހަތަރުއަހަރު ނުވިކަމެއް ދެނެއްނުވާނެ އިސްތިއުފާދީ

    15
  12. ބަބުޅާ

    ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އުއްމީދެއްނެތް ޑޮލަރުގެ ކަޅުބާޒާރު އަބަދުވެސް ރާއްޖޭގަ އުފަށްދަނީ އެމްޑީޕީ ވެރިކަމަށްއަރާފަ ނުފޯރާފޮތިން ފޫގެޅި ރައީސްވެސް ވެރިކަމަށް އަރާފަ އުޅުނީވެސް ޑޮލަރާހެދި ސަލާމަތް ނުވެގެން ދެން ވެރިކަމަށް ގެނައިމީހާވެސް އެއުޅެނީ ޑޮލަރުން ސަލާމަތްނުވެގެން އެހެންއުޅެނިކޮށް ކޮރޯނާ ވަޅުގަނޑަށް އެކޮޅުކޮޅުން ވެއްޓިފަ އެއޮތީ.

    15
  13. ހައިރާން

    ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ ބިދޭސީންނޭ ބުނެ ބިދޭސީން އެކަނި ބަދުނާމުކުރުމަކީ ވަރަށް ބޮޑު ގޯހެއް. މާލޭގެ ޗާންދަނީ މަގުގައްޔާއި ޑޮލަރު ވިއްކާ އެހެނިހެން ތަންތަނުގައި އަދި ޑޮލަރު މާރުކުރާ ހުރިހާ ތަނެއްގައިވެސް އޮތީ އަގުބޮޑުކޮށް ޑޮލަރު ގަތުމާއި ވިއްކުން. ކަމުގެ ހަގީގަތް އޮޅޭގޮތަށް ނޫސްވެރިން ނޫސްތަކުގައި ލިޔުއްވުމަކީ ހިތާމަހުރިކަމެއް.

    11
  14. ކައުންސެލަރު

    ކަލޯ ރައްޔިތުންނަށް ރަނގަޅުކަމެއް ކޮށްދެވޭނަމަ މިހާރު އެކަން ހުންނާނީ ކުރެވިފަ. އިންތިޚާބު ވޯޓު އަޅަންވީމަކަނޫން އަނގައިން ކަންކުރާނީކީ. މަޖިލީހާ ވެރިކަމާ އަނެއްކަމަކާ ދިނީމާ ވީކަމަކީ އިންޑިޔާއަށް ކޮޅުނެތްކޮޅަށް ދެރުން. ދެން ސަމާސާ ކުރަން ނަހަދާ

    12
  15. ހަގީގަތް

    އަދިވެސް ބޭންކް ކާޑުން 250 ޑޮލަރު މަހަކަށް ބޭނުން ކުރެވެނީ މިސަރުކާރު ނާންނަ އިރު 600 ޑޮލަރު ދުވާލަކަށް ބޭނުން ކުރެވެނީ ބޭރުގެ މެޢާމަލާތައް.
    ދެން ކޮންވާހަކަ އެއް ދަށްކާކަށް

  16. އަބްދޫ

    މިމީހުންއެމްމެންވެސް މިކިޔަނީ ކުރާނަމޭ ކޮށްފަ ދައްކާފަ ބުނެބަލަ ޑޮލަރު މިހުރީ 10 ރުފިޔަަ ގައޭ. އޭރުން ދިވެހިރައްޔިތުން އެކަން ދަނެގަންނާނެ. ކޮންމެ ކަމެއްވެސް ތިޔަކިޔަނީ ކުރާނަމޭ ވާނެޔޭ އެކަމަކު ކުރެވިފަ ވެވިފަ ހުރިތަނެއް ނުދެއްކޭ ހައްތާވެސް ޑޮލަރުއަގު މަތިވާތަން މިފެންނަނީ އެވަނީ ކިހިނެތް؟.

  17. ޖާބެ

    ޢަމިއްލަޔައް މިއްސަދިވެއްޖެ ފައްޔާޒުމެން މިހާރު ދެން މޮޅުވާހަކަ ނުދައްކާ.. ޑޮލަރު ކަލޭމެންގެ ކޮނމެ ސަރުކާރެއްގަ އަތްނޮފޯރާހިސާބައް އަރާ ނުވިތާކައް ނުވެސްލިބެނީ

  18. އަލީ

    މިހާރު ބޭރުމީހުންގެ މައްސަލަ ހައްލުވެއްޖެ އެހެންވެ އިސްތިޔުފާނުދިނީ މިއީ ހަމަކަނޑައެޅިގެންހުރި ގަމާރެއް. ވަގުތުން ވަގުތަށް އިސްތިޔުފާދީ.

  19. ބޯގަންބޭ

    ވާނުވާ އެއް އެނގެނީކީއެއް ނޫން...ދޮގުމައްޗަށް ދޮގެއް..

  20. Anonymous

    ފޮލޯޓިން ރޭޓް..15.42...އިންގިލާބީ ރޭޓް 20ރ މަތި..ގުބޯ ހައްދަން ފުކެއް ބޮޑުވަރު.

  21. ސަޑުހަސަނު

    ހެހެއްހެއް މިނިމަމް ވޭޖް ދިންގޮތަށް ދޯ ޑޮލަރުވެސް އަގު ދަށް ކުރަނީ.