އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެޅުވޭ "ދޮގު" އިލްޒާމުތަކުން އެމަނިކުފާނު ސަލާމަތްވާ ވަރަކަށް އާ އިލްޒާމުތަކެއް އުފައްދަމުންދާ ކަމަށް ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް އުޅުއްވި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ މައްސަލަ ޔާމީންގެ ބޮލުގައި އެޅުވި ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންތަކުން އެ މައްސަލަ ބެލުމަށް ފަހު، ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕަށް އެޅުވި ތުހުމަތުތަކުން ސަލާމަތްވިއިރު، މިހާރު މަސްތުވާތަކެއްޗާއި އެމަނިކުފާނާއި ގުޅުވަނީ ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"ސިޔާސީ ކާމިޔާބީއަކީ ނުހައްގު ބަދުނާމު އަޅުވައިގެން އަނެކާގެ ޝަޚްސިއްޔަތު ކަތިލުން ކަމުގައި ވަނީނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ތަހުޒީބުވެ ފައްކާ ވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ހެދި ބޮޑުވަމުން އަންނަ ޖީލަށް މި ދެނީ ކޮން ފިލާވަޅުތަކެއް ހެއްޔެވެ؟" ޝަހީމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭނީ "ތިމާ ކޮށްދިނުމަށް އުއްމީދު ކުރާ ކަންކަން" ރައްޔިތުންނަށް ބުނެދީގެން ކަމަށެވެ. އަދި ބިނާކުރަނިވި ގޮތަކަށް ފާޑުކިޔައިގެން ކަމަށް ވެޝް ޝަހީމް ވިދާޅުވިއެވެ.

"ހަގީގަތާ އެއް ގޮތަށް ވާހަކަ ދައްކައިގެން، ފަހަރެއްގައި ވެސް ދޮގު އިލްޒާމް އަޅުވައިގެން،" ރައީސް ޔާމީނާއި ވާދަވެރި ފަރާތްތަކުން ޔާމީންގެ މައްޗަށް އަޅުވަމުންދާ އިލްޒާމުތަކަށް އިޝާރާތް ކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވި ޝަހީމް ލިޔުއްވާފައިވެއެވެ.

 

ސިޔާސީ ވެރިންގެ މެދުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ދޮގު ވާހަކަތައް ފަތުރަނީ ކަމުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން ވިދާޅުވެއެވެ. މިހެން އާންމު ގޮތެއްގައި ވިދާޅުވަނީ ވެސް ތުހުމަތުތައް އަމާޒުވުމުން އެ ކަމުގެ ދިފާއުގައި ދައްކަވާ ވާހަކަތަކުގެ ތެރެއިންނެވެ. ސިޔާސީ ބޭފުޅުންނަށް "ފާޑުފާޑުގެ ލަގަބުތައް ހަދައިގެން ގޮވުން" އެއީ ހުރިހާ ޕާޓީއެއްގެ ތެރޭގައި މިހާރު އާންމު ކަމަކަށް ވެފައި އޮންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ައަހާ

  ކަލޭތީ ޝެއިހެކޭ ބުނަން މިހާރު ލަދުގަނޭ. ވައްކަން ކުރިކަން އެގޭ އިރުވެސް ކަލޯތިޔަކިޔަނީ މައުސޫމޭ. ގޮތެއް ފޮތެއްވެސް ނެތް މީހެއް

  5
  7
  • ދުމައްޓޭ

   ކަލޭ ކަހަލަ އެމްޑީއެން ބައިގަނޑުގެ ސޮހޮލަކު ކޮންމެހެން އެއީ ޝެއިޙެކޭ ބުނަން ލަދުގަތަސް އޯކޭ. ދޭބަލަ ފެންވަރަން ކަލޭ.

 2. ޖާނޭ

  ބަލަގަ ޔާމީނުވީކޯޓުން މައުސޫމް ކަން ބަޔާން ކުރުމުންވެސް ހަމަ ކެތެއްނުވޭ. މައސޫމް ކަމާއި ކުއްވެރިވަކަން ކަނޑައޅަނީ ޔާމީން ދެކެ ރުޅިއަރާ މީހުންތަ؟ އެއީދޯ މިރާްޖޭގެކޯޓް ތަކަކީ.

 3. ސުވަާލު

  ޝަހީމުގެ ހަޣީގަތް މިހާރު ރައްޔިތުންނަށް ހާމަވެ ނިމިއްޖެ. ތިއީ ޝޭހުންގެ ފެންވަރު ބޭފުލެއްނުން. އެއީ ކަޑައެޅިގެން ޔާމީނުވެސް ނެތް ވިދާޅުވެފަ ތިމެންނަ ވައްކަން ނުކުރަމޭ. އަމިއްލަ އިއުތިރާފުން ރައްޔިތުންނަށް ެގޭނެހެން ޕޯޑިެމެއްގަވެސް ވިދާޅުވީ ތިމެން މިނިކުފާނުގެ ގެ އަށް ވަން ފައިސާ ޙަލާލެއް ނޫނޭ. އަދި އެފައިސާ ވަދެފަހުރީ އަކީ ހަމައެކަނި ތިމެން މަނިކުފާނުގެ ގެކޮޅަަށް އެކަނި ނޫނޭ. އަދި ދިވެހި ރާއްޖޭ ގެ 2 މަރުޙަލާގެ ކޯޓުން މައްސަލަ ބަލާ ހުކުމް ކުރީ ވައްކަން ކުރިކަމަށް. ހަމަ އެކަނި ސްޕްރީމް ކޮޓުން ބެލީ ދަށުކޯޓުން މައްސަލަ ބެލި އިރު ގޯހެއް ހަދާފަވޭތަަަަަަޯ. އެގޮތުން ހަނިގޮތަކަށް ފެނުނު މައްސަލައަކަށް ރިއާޔަށް ކޮށް ހުކުމް ކުރުމުގެ މާނައެއް ނުން ވައްކަން ނުކުރެއެކޭ. މިވަރު ހާމަކަން ބޮޑު ގޮތަކަށް ކޮންމެ ފަޅުރަށެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ވައްދާފަ ހުރެގެން ދައުވާ ކުރާއިރު ތިޔަ ވިދާޅުވަނީ ކޮން ވާހަކައެއް. ދައުވާކޮށް ބެލީމަ އެގޭނީ ވީގޮތެއް އެކަމަކު އޭގެ ކުރިން ތިފަދަ ހިއްސު ކެޑިފަ ހުރި މީހަކު ތިދައްކާ ވާހަކަ ހަމަ ހައިރާންވޭ. ބޮލަށް ބޭސް ކުރަން ރާއޖޭން ބޭރަށް ދިއުން ފެނޭ. ތިވަރުގެ ބޭފުޅުން ދެން ކޮން ދަރުސެއް އޮންނާނީ މީހުނަށް ދޭން. ރަސޫލަާގެ ބަސްފުޅާއި ގުރުއާނުގެ އާޔަތްތައްވެސް ފެންނާނީ އެކޮޅުކޮޅުން. އަހަރުމެން ދުވަހަކުވެސް ތީނަ ތެދެއް ހަދާފާނެ ކަމަކަށް ދެން ގަބޫލެއް ނުކުރާނަން. މިޥެސް ހިޔާލެއް. މިކޮމެންޓު ޖެހުމުގެ ހިއްވަރެއް ހުންނާނެހެން ހިއެއް ނުވޭ.

  1
  4
 4. ނުވާނެ

  ވަގުންނާ އެކު އުޅޭނިވެސް ވަގުން.

  2
  4