އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީގެ ވެރިކަން "ބަޣާވާތަކުން" ނިމުމަކަށް ގެނައުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބީ ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައި ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރަން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވޯޓު ދޭންވީ މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންއާއި ބަޣާވާތާއި ވެސް ދެކޮޅަށް ކަމަށެވެ.

އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން ވެރިކަން ހޯދަން އުޅުނު އިރުގައި އެ ޕާޓީގެ އެންމެ ފުރަތަމަ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރައްވާ މީހުން ބައިވެރި ކުރުން މައްސަލައަކަށް ނުވި ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުން ވެސް ރައީސްގެ ސިޔާސީ ހަރަކާތުގައި ބައިވެރިވުން "އޯކޭ" ވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު އެ ވިދާޅުވާ ބަޣާވާތުގެ ވެރިންނާއި އެމްއެމްޕީއާރްސީގެ ވަގު ފައިސާތައް ލިބުނު މީހުންވެސް މިހާރުވެސް އެންމެ ގިނައިން ތިބީ މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި އާއި އެމްޑީޕީގައި ކަމަށް ވެސް އުޝާމްގެ ޓުވީޓުގައި ތުހުމަތު ކުރެއްވިއެވެ.

"ބަޣާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މަނިކުފާނުގެ ޕާޓީއާއި މަނިކުފާނުގެ ސަރުކާރުގައި" އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ އިރު، އެމްޑީޕީގެ އިތުރުން އިިދިކޮޅު ޕީޕީއެމުންނާއި އެމްއެންޕީން ވެސް ވާދަކުރެއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޝީދުއާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. އެކަމަކު ދެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދު އުފެއްދެވި ރިޔާސީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ނިންމީ ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. އެ ކޮމިޝަނަކީ ނަޝީދުގެ މަންދޫބުންނާއި، ނަޝީދު ބޭނުންފުޅުވި ގޮތަށް ބައިނަލް އަގްވާމީ ތަޖުރިބާކާރުން ވެސް ތިއްބެވި ކޮމިޝަނެކެވެ.

އޭރު މުޒާހަރާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި، ރައީސް ސޯލިހްގެ ސަރުކާރުގެ ބައެއް ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަލީ

  ރައްޔިތުންނޭ ވިސްނާތި ހެޔޮނުވާނެ އެއްވެސް އިންތިހާބެއްގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ މީހަކަށް ވޯޓްދޭން އަހަރެންނަކީ ކުރިން އެމް.ޑީ.ޕީ މެންބަރެއް ގައުމަށް ގައްދާރު ވާންފެށިތަނާ އަހަރެން ވިސްނިގެން ޕާޓީން ވަކިވެ އަދާނުރަމުންދިޔަ 42 އަހަރުވީ ވަޒީފާވެސް އަމިއްލަށް ދޫކޮށްލަފިން.

  31
  2
 2. އަލީ

  ރައްޔިތުންނޭ ވިސްނާތި ހެޔޮނުވާނެ އެއްވެސް އިންތިހާބެއްގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ މީހަކަށް ވޯޓްދޭން އަހަރެންނަކީ ކުރިން އެމް.ޑީ.ޕީ މެންބަރެއް ގައުމަށް ގައްދާރު ވާންފެށިތަނާ އަހަރެން ވިސްނިގެން ޕާޓީން ވަކިވެ އަދާނުރަމުންދިޔަ 42 އަހަރުވީ ވަޒީފާވެސް އަމިއްލަށް ދޫކޮށްލަފިން. އަހަރެންނަކީ އެއަތޮޅަށް ނިސްބަތްވާ ދަރިއަކީމެވެ.

  23
 3. ކައުންސެލަރު

  ޔެސް އުޝާމް. މިސްކިތް ހުޅުޖެހީ މަށޭކިޔާތަ؟

  18
  3
 4. ހަގީގަތް

  ކާކުތަ އެމީހުނަށް ވައްކަން ކުރަން ފުރުސަތު ދިނީ. އަދި ވަގަށް ފައިސާ ނަގާ އެފައިސާ ލޯންޑާރ ކޮށް މިކަންތައް ކުރުވީ ކޮން ރައީސެއް. ރައީސުގެ ނައިބުރައީސު ލައްވާ އެކަން ކުރުވާފަ މިހާރު މިވެނި މީހަކަށޭ ދިނީ، އޭނަވެސް އެއީ ވަގަކޭ ބުނާއިރު އަސްލު އެކަން ކުރުވީ ކާކުކަން ރައްޔިތުންނަށް އެގޭ. ޢުޝާމު އަކަށް ނެއެގޭ ދޯ ވަގަށް ނެގި މަހެއް ބުޅަލުގެ ކުރިމަތީ ބޭއްވިޔަސް އެބުޅާ ނުބަލާނެ އެއީ ވަގަށް މީހަކު ނަގާފަ އޮތް މަހެއްތޯ. އޭތި ހަމަ ކާލާނީ. ހަމަ އެގޮތަށް ދައުލަތުގެ ހަޒާނާ ބަލަހައްޓަން ރައީސަކު ހުރި ޙަވާލުކޮށް ބޮޑު މުސާރައާއި އިނާޔަށް ދީފަ. އޭނަ ދައުލަތުގެ ހާޒާނާ އަށް ހަރާމްކޯޜުވެ ވައްކަން ކޮށް އެފައިސާ ބަހާ އިރު ކޮންމެ ޕާޓީއެއްގެ މެންބަރަކަށްވެސް ލިބިދާނެ. އަދި އެމްޑީޕީ އަކީ އެންމެ މީހުން ގިނަ ޕާޓީއަށް ވީމަ އެންމެ ގިނައިން ބަހާއެއްޗެއް ލިބޭނީވެސް މީހުން ގިނަ ޕާޓީއަށް. އެވާހަކަ ތިދެއްކެނީ ނެއެގި ނަމަވެސް.

  6
  30
 5. ޖުނޭ

  ދެން އެންމެ ގިނަ ބާޣީން ތިބީ ބާޣީ ނާޒިމް ޕާޓީގައި އެއީ ބާޣީ ނާޒިމާއި ބާޣީ ޢަބްދުﷲ ރިޔާޒު

  15
  2
  • އެނގޭތަ

   ބާޣީން އެންމެ ގިނައީ އެމް.ޑީޕީގަ. ބާޣީ ކެރަފާ އާއިލާ ޢާއި ބާޣީ ސިއްކަ އާއިލާ. މި ޖީލުގެ އެއްވެސް ދަރިއަކު ހަނދާނުން ނުފިލާނެ 19 ދިވެހިން ޝަހީދު ކޮށްލި ހާދިސާ. ވ.ސަލާމް

 6. ބޮޑު ބާގީ

  ބަލަ އަދީބު ވައްކަން ނުކުރާ ކަމަށް ކޯޓަކުން ނުވަތަ ކޮމިސަނަކުން ނިންމިޔަސް އަދީބު ވައްކަން ނުކުރާ ކަމަކަށް ނުވާނެ. ހަމަ އެގޮތަށް ބާގީ ނާޒިމު ސިފައިންގެޔަށް އާންމު ރައްޔިތަކަށްވެ ހުރި ވަނީ ކޮން ހައިސިއްޔަތަކުން ކަން އުސާމު ބުނެދީފާނަންތަ؟ އަދި ބާގި ނާޒިމު އާންމުން އެއްކޮށް އޭރުގެ ރައީސް އަންނި އެއްވެސް ސަރުތަކާ ނުލައި އިސްތިއުފާދޭން ގޮވީ ކޮން ހައިސިއްޔަތަކުން. އަންނި ލިޔުނު ސިޓީއެއް ބާގީ ރިޔާޒު ހިފައިގެން ދިޔައީ އުސާމު ބުނެގެންތަ؟ އުސާމަށް އަސަރެއް ކުރާނީ. ވެރިކަންވެސް ހޯދައިފަ އޮންނާނީ. މިހާރު ޔަގީންވީނު ޔާމީނު ބޭރުކޮށް ނާޒިމު ވެރިކަމުގެ ހުވަފެން ދެކުނުކަން. ޔާމީނު ހެދީ ހަމަ ރަނގަޅަށް.

  7
  2
  • ޢާމިރާ

   ސިއްކަ ޢާއިލާ އަށް ބާޣީ ޢާއިލާއޭ ކިޔަނީ ކީއްވެބާ

 7. ވަތަނަބެ

  ކަލޯ ޔާންޓޭވެސް މައިކް ހިފައިގެން ހޭރޭތަން ޓީވީން ދެކުނިން

  2
  13
 8. Anonymous

  ރަނގަޅު ވާހަކައެއް ތިޔައީ ، މޑޕ އަޑީގަ، އޮވެގެން މިގައުމު ހަލާކު ކުރަމުން އެދަނީ.

  18
  2
 9. އަބްދޫ

  . މިއަދު މިގައުމު މިހާލަތަށް ވެއްޓިގެން މިއުޅެނީ ވަގަކު ވެރިކަމަށް ގެނައުމުގެ ސަބަބުން ގާނޫނުއަސާސީގަ އެބައޮތް އިސްލާމްދީނުގަ ހައްދުކަނޑައެޅިފައިވާ ކުށެއްކުރިކަން ސަރީއަތަށް ސާބިތުވެފައިވާ ފަރާތަކަށް ރިޔާސީ ކެންޑިދޭޓަކަށް ނުވެވޭނެ ކަމަށް، ގ،ކެނެރީގެ މުހަންމަދު ނަސީދު ވަނީ ވައްކަންކުރިކަމަސް އަމިއްލަ އިއުތިރާފުން ސަާބިތުވެގެން ރ،އަގޮޅިތީމަށް އަރުކާލާ ހުކުމް ތަންފީޒު ކުރެވިފައިވަފަރާތެއް. ގާނޫނުއަސަސީއަކު ނޯވޭ ވައްކަމުގެ ހައްދުގާ އަތްކެނޑިމީހަކަށް ކެންޑިޑޭޓަކަށް ނުވެވޭވާހަކައެއް . ގާނޫނުއަސާސީގަ އޮންނަނީ ވައްކަން ކުރިކަން ސަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރިޔާސީ ކެންޑިޑޭޓަކަށް ނުވެވޭނެކަމަށް. ވެލާނާގެ އިން އާސާރީ 3 ތަސޅާއި 2 ތަޅުދަނޑިވަގަށްގަގައިގެން އަރުވާލާ ހުކުމް ކުރި މީހާއަށް ރައީސްކަންވެސް ލިބޭ އެވަގު ނަސީދު އމިހުރީ އެމްޑީޕީގެ ރައީސްކަމުގަ އެ ވަގުނަސީދު މިހުރީ ރައްޔިތުންގެ މަޖިލީހުގެރައީސްކަމުގަ ، މިހެން ވުމުން އެޕާޓީގަ ތިބެންޖެހޭނީ ހުސް ވަގުންނޫންތަ؟

  17
  1
  • ބުރޯ

   ނައިބު ރައީސް ލައްވަ ވައްކަން ކުރުވީ ކާކުތަ؟

   2
   5
 10. އަބްދޫ

  ބަގާވާތުގެ ތަހުގީގު ކޮށް ވަގުނަސީދަށް އަދަބު ދޭންޖެހޭ. އެއީ ނަސީދު ލިޔެފަވޭ ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް އައި އިއުލާންކުރީ ގާނޫނުއަސާސީވަނީ ހުއްޓިފާކަމަށް މާނަޔަކީ ގާނޫނުއަސަސީއަށް އަމަލުކުރުން ހުއްޓާލައިފީމާ ނުވަތަ ގާނޫނުއަސާސީ އުވާލައިފީމޭ. އެހިސާބުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އޮތޮމެޓިކުން ހުސްވާން. އެއީ ގާނޫނުއަސސާސީ ނެތިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ދެމި ނޯންނާނެތީ. ވީމާ ވަގުނަސީދު ވަނީ ގާނޫނުއަސާސީ އުވާލިކަން އިއުލާންކުރުމާއެކު މަގާމްގެއްލިފަ. ނަސީދު ވަނީ ދުސްތޫރީ ބަގާވާތެއް ގެނެސްގެން ޑިކްޓޭޓަރަކަށް ވެގެންފަ. އަދި އިއުލާނުކުރި އިސްތިއުފާ ލިޔެފައިވާ ސިޓީންވ3ެސް ދޭހަވޭ ރާއްޖެއަށް ގިނަގުނަގެއްލުންއޭނަ ދީފައިވާކަމާއި އިތުރަށް ހުރެއްޖެ ނަމަ އިތުރުގެއްލުންދެވިދާނެކަމަށް. ވީމާ ބަގާވާތް ކުރިމައްސަލަ ތަހުގީގު ކޮށްވަގުނަސީދު ހައްޔަރުކުރަންޖެހޭނެކަމަށް ދެކެން.

  10
 11. ސލ

  ރާ އްޖެ އިސްލާހު ކުރުމުގެ ހި އްވަރެ އްހުރި ކޮންމެ މީހަކު
  ކޮށްދޭން ޖެހޭ ކަމަކީ ސަރުކާރު ހިގުމުގަ އި ވަގު މޑޕ އަށް
  އެ އްވެސް ފުރުސަތެ އް ލިބުނަ ނުދިނުމެވެ ވޯޓްލާ އިރު މިކަމަށް ޚާ އްސަ ސަމާލުކަމެ އް ދޭންޖެހެ އެވެ.

 12. ސެޓުސެޓު

  ނައިބު ރައީހަކީ، މޑޕ ސެޓު ކުރި މީހެކޭ ވިޑާޅުވިއަޑު އިވުނު މީހުން ބައިވަރު.