ރާއްޖޭގެ މެދު ތެރޭގައި އަތޮޅުގެ ރަށެއްގައި ފައިސާގެ މައްސަލައެއްގައި ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ އަހްމަދު "ވަގުތު" އަށް ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ. އެރަށު ބަނދަރު ސަރަހައްދުގައިި ހިނގި މި މާރާމާރީގައި ބައިވެރިވެފައިވަނީ 4 ކުދިން ކަމަށާއި، އެކުދިންނަކީ 18 އަހަރު ނުފުރޭ ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މާރާމާރީގެ ސަަބަބުން ޒަހަމްވެފައިވަނީ 17 އަހަރުގެ ކުއްޖަކަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ފަތިހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސްފައިވެއެވެ.
"އެއް ކުއްޖަކަށް އަނިޔާވީ. އެކުއްޖާގެ ބޯ ހަތަރު ތަނަކުން ފަޅައިގެން ގޮސްފައި ހުރީ،" އަލީ އަހްމަދު ވިދާޅުވިއެވެ.
ޒަހަމްވީ ކުއްޖާގެ މަންމަ، އެރަށު ކައުންސިލް މެމްބަރ ސަމީރާ އަހްމަދު "ވަގުތު" އަށް ވިދާޅުވީ. ކުއްޖާގެ ބޮލުގެ އިތުރުން ކަރަށާއި އިނގިލިތަކަށް އަނިިޔާ ވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާގެ ދަރިފުޅާ ހަވާލާދީ ސަމީރާ ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ ފައިސާގެ މުއާމަލާތަކާއި ގުޅިގެެން ކަމަށެވެ.
ކުޑަކުދިންގެ މެދުގައި ވެސް ފައިސާގެ މުއާމަލާތް ހިނގަންޖެހޭތަ.🤦♀️