ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ފޯރުކޮށްދެމުން ގެންދާ ޕްރީޕެއިޑް ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން އަލަށް ތައާރަފުކުރި ދިރާގު ޕްރީޕެއިޑްގައި ހިމެނެނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ހަމައެކަނި އެންމެ ޕްލޭނެކެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސް.އެމް.އެސް އެޑްއޮންތައް ބައްލަވައި ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕްރީޕެއިޑްގައި ހިމެނޭ އާ ޑޭޓާ އޮޑްއޮންތައް ބައްލަވައިގަތުމުން، ޑޭޓާ އެޑް އޮން ގެ އެލަވަންސް ގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއަޕް އަދި ވައިބަރ ބޭނުން ކުރުމަށް ސޯޝަލް މީޑިޔާ ޑޭޓާ ވެސް ލިބޭނެއެވެ. އަދި އާ ޕްރީޕެއިޑްގައި އެސްއެމްއެސް އެޑްއޮން ގެ އިތުރުން ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައްވެސް ވަނީ ހިމަނާފައެވެ.

ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ބައްލަވައިގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެއެވެ.

ދިރާގުގެ އާ ޕްރީޕެއިޑްގެ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސަާ ފުޅު

    ތިޔަށް ކިޔަނީ އޮޅުވާލައިގެން ފެލާލުން.

  2. ަފބ

    ހަމަ ފެލަނީ

  3. ފެލާ ދިރާގު

    ހަމަ ފެލަނީ ހަމަ ލޭބޮނީ މީ ކެނެރީނަސީދު ދިރާގު މެޖޯރިޓީ ސެއަރ ވިއްކާލުމުން ދެންވާނެގޮތް ކެނެރީ ގައްދާ