ރާއްޖޭގެ ފަސް ރަށެއްގައި ޗައިނާއިން މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ގާއިމު ކުރުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ޕްލާންޓް ގާއިމު ކުރުމަށް ނިންމާފައިވަނީ ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި ކަމަށެވެ.

މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

ފަސް ރަށެއްގައި މި ޕްލާންޓް ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ޕްރޮޖެކްޓް ފަށާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ޕްރޮޖެކްޓުގެ އިތުރުން މިއަދު ޗައިނާ ސަރުކާރުން ވަނީ 968.2 މިލިއަން ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީ ހޭދަކުރަން ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖް ބެލެހެއްޓުމުގެ އެއްބަސްވުމާއި، ފެން ފޯރުކޮށްދިނުމުގެ ނިޒާމު ފަސް ރަށެއްގައި ގާއިމް ކުރުމުގެ އެއްބަސްވުމަކާއި، ސިއްޚީ ދާއިރާއިން އެހީ ދިނުމުގެ އެއްބަސްވުމެއްގެ އިތުރަށް އޮންއެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙސހސ

    ލަދެއްނުގަނޭ ޗައިނާޔަށް ދޮގު ބުހުތާނު ބަސްތައް ރައްދުކޮށްފަ އެންމެފަހުން ތައްޕާހަށް.

    30
    2
  2. މާމީ

    ޕުރޮޖެކުޓު ތައް ހިންގަން ޗައިނާ ސިފައިން ކޮންމެ ރަށެއްގަ ވެސް ތިބޭ ގޮތައްތޯ ސޮއިކުރީ؟

    23
    3
  3. ކީލި

    ޗައިނާ ސަރުކާރަށް ޖައްސަން ގޮވި ގޮވުމާ ދެއްކި ދޮގުވާހަކަ ތައް ކޮބާ ؟ ލަދެއްގެ ކަނފުޅެއްވެސް މިވެރިނގެ ނެތޭ.

    17
    2
  4. އޭނަ

    ގިނަ ގޭގޭގައި ގެންގުޅެނީވެސް އަންޑިއާ މީހުން.. ބޭހަށް އަންޑިއާއަށް...މިވަރު ވާއިރުވެސް ލަދެއް ނުގަނޭބާ🤣

    1
    1
  5. ރައްޔިތުމީހުން

    އިންޑިއާއިން 4 އަހަރު ތެރޭ ނުކުރެވުނު ވަރު މިކުރީ ޗައިނާއިން 1 ދުވަހުން..

  6. ތެޔޮބި

    ކަލޭމެން ބަލަން ތިބޭތި. މިކަން ކުރާނީ ޕްރޮފެޝަނަލްކޮށް. ތިލަމާލޭ ބްރިޖް އަޅާހެން އެއްމެ މީހަކު ގޯޏަކާއި އުދެއްޔެއް ހިފައިގެންގޮސް ތިބެ އަހަރު ނިމެންދެން ކޮނެލަ ކޮނެލާ ތިބޭނީކީނޫން.
    މަސައްކަތުގެ ކޮލިޓީ ހުންނާނެ.

  7. އަހްމަދު

    މިއައްކިޔަނީ ދަރަނީގެދަންތުރައެއްނޫން މިއައްކިޔާނީ “އުނބައްޖެހުން”