ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާއިން އާންމު ދިވެހި ރައްޔިތު މީހާއަށް ލިބުނު ލުއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާ ޚާރިޖީ ގުޅުން ގާއިމް ކުރިތާ މި އަހަރު 50 އަހަރު ފުރުމުގެ މުނާސަބަތާއި އެކު، ގުޅުން ބަދަހި ކުރުމުގެ ފަސް އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރިއެވެ. އެއިން އެއް އެއްބަސްވުމަކީ ޗައިނާއިން އޮންއެރައިވަލް ވިސާ ހަމަޖައްސައިދިނުގެ އެއްބަސްވުމެކެވެ.

ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ހަތް އަހަރު ނިމުނު އިރު ވެސް ދިވެހިންނަށް ޗައިނާއިން އޮންއެރައިވަލް ވިސާ ނުލިބި ދިޔައީ، ދުނިޔޭގެ 54 ގައުމު ހިމެނޭ "ކޮމަންވެލްތް" އާއި ވެސް ގުޅުން ކަނޑާލައި، އެކަހެރިވެ ގަތުމުގެ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ސަބަބުން ކަމަށެވެ.

ބޮންޑެ ހަތް އަހަރު ކަމަށް ވިދާޅުވި ނަމަވެސް ޔާމީން ވެރިކަން ކުރެއްވީ ފަސް އަހަރުގެ މުއްދަތަށެވެ. މި ޓްވީޓްގެ ތަފްސީލް ދެއްވަމުން ބޮންޑެ "ވަގުތު" އަށް ވިދާޅުވީ ހަތް އަހަރު ކަމަށް ލިޔުއްވީ ޔާމީންގެ ބައިވެރިވުން އޮތް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ އަހަރާއި އެކުގައި ކަމަށެވެ.

ބޮންޑެ ވިދާޅުވީ، އޭރު ޗައިނާގެ ފަރާތުން އެހީތައް ލިބި ބޮޑު ފައިދާއެއް ވަމުން ދިޔައީ ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް ކަމަށެވެ. އެހެންވިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޗައިނާއިން އެންމެ ފުރަތަމަ ވެސް ބޮޑު ލުޔެއް ލިބުނީ ހުރިހާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

"މިހާރު ލުއި ފަސޭހަ މި ލިބެނީ ރައްޔިތު މީހާއަށް، އާންމު ދިވެހި މީހާއަށް، ފަސޭހައިން ޗައިނާއަށް ގޮސް، ޚިދުމަތް ހޯދޭނެ ގޮތް މިވީ،" ބޮންޑެ ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ޗައިނާއާއި އެކު ގާތް ގުޅުމެއް ބޭއްވިއިރު، އޭރު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގީ ޗައިނާގެ އެހީގައެވެ. މި ގޮތުން ސިނަމާލެ ބްރިޖްއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި، އެ ބިމުގައި ގާއިމްކުރި ފްލެޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، އެ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު އުމްރާނީ ބިނާތަކުގެ މަސައްކަތް ވެސް ހިމެނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފައިދާ ލިބޭނެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޔާމީންގެ ވެރިކަމުގައި ޗައިނާ އާއިއެކު ސޮއި ކުރިއެވެ. ނަމަވެސް އެއްބަސްވުމަށް އަމަލު ނުކުރަން ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އެހާ ގާތް ގުޅުމެއް ޗައިނާއާއި އެކު ނުފެނުނު ނަމަވެސް ގިނަ މަޝްވަރާތަކެއް ދެ ގައުމުގެ ދެމެދުގައި ދަނީ ހިނގަމުންނެވެ. މިހާރުގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަނީ، ޔާމީންގެ ކުރިން އައި ސަރުކާރުތަކުން ވެސް ގާތް ގުޅުމެއް ބޭއްވި އިންޑިއާއާއި އެކުގައެވެ. މި ސަރުކާރުން އިންޑިއާއަށް ބަރޯސާވާން ޖެހޭ އެތައް އެއްބަސްވުންތަކެއް ގާއިމްކޮށްފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ބެއްޔާ

    ހިތާއި ދެކޮޅަށް ގޮތްދޫނުކުރަން ދައްކާވާހަކަ. ބްރިޖްމަތިން ދުވާލަކަށް ކިތައްމީހުން ދަތުރުކުރޭތޯ ބަލަންހުރެބަލަ މިނިޓެއްވަންދެން. ޤާސިމުވެސް އުޅުނު ބްރިޖް މައްޗަށް ނާރަން.

    81
    • Anonymous

      ޗައިނާއަށް ބެވުން ބޮންޑަ ހުއްޓާލީތަ؟

      65
    • Anonymous

      ބުތިޖުމަތީގަ ދުއްވަނީ އާއްމުރައްޔިތުންގެ ބަދަލުގަ ޖިންނިންތަ؟

      35
      1
  2. މާލެ

    ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ދިވެހިރައްޔިތަކަށް ލިބުނު ލުޔެއްނެތް ހުސް ލިބުނީ ދިވެހި އިގްތިސާދު ފުޑާލާނެ ލޯނާއި ސިފައިންނާއި މިލިޓަރީއާއި ނުފޫޒު. ރައީސް ޔާމީން ގެ ވެރިކަމުގައި އިންޑިއާއިންވެސް ލިބުނީ ދިވެހިންނަށް ފަސޭހަތައް. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ސިފައިން ފޮނުވައި ބާރާއި ނުފޫޒު ހިންގަން އިންޑިއާއަށް ނުކެރޭތީ. ޗައިނާއިން ދިނީ ބްރިޖް، ވެލޭނާ އެއާޕޯޓްގެ ދެވަނަ ރަންވޭ. ހިޔާ ފްލެޓްތައް. މިސަރުކާރުގައި ޗައިނާވެސް ވަނީ ލޯންތައް ދެއްކުން ފަސްކޮށްލުމަށްވެސް ދެކޮޅު ހަދާފައި. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ޔާމީންގެ ވެރިކަމުގައި ސޮއިކުރި ވިޔަފަރީގެ އެއްބަސްވުންވެސް އެއީ ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަ ލިބިގެންދާނެ ކަމަކަށްވާތީ މިސަރުކާރުން ވަނީ އެއެއްބަސްވުން ހުއްޓުމަކަށް ގެނަސްފާ.

    76
    2
  3. ަައިބޫ

    ކަލޯ ކޮސްނުގޮވާ. އަނެއްކާ ހަމަހޭގަތަ ތިހުރީ.

    74
  4. ކޮވިޑް

    ތި ބުނަނީ ދިވެހިންނަކީ ކަނު ބަޔެކޭތަ؟ ސަޅި ތިގޮތްވެސް. ރީތި ކޮށް ދިވެހިން ކަނުބަޔަކަށް ހެދީތީ ވ.ވ. ޝުކުރު. # އިންޑިއާ އައުޓް #

    72
  5. ކުޑޭ

    ފެރީއަށް ސައިކަލުތައް އަރުވައިގެން ހުޅުމާލެދާން އުޅުނުގޮތް އަހަރުމެން އަދި ހަނދާނެއް ނުނެތޭ.

    80
  6. ދޯ

    ޕީޕީ އެމް ކުދިން ނަށް ފަސޭހައިން ދެވޭ ގޮތް ހެދީ ނުން... މަޝްވަރާކުރަން

    33
    1
  7. ދޯ

    ދެން ބޭސް ފަރުވާ އަށް ޗައިނާ އަށް ދާނީ

    56
  8. ފިދަނަ

    ބޯގޯސް ފެށީ

    48
  9. ފިޔަވަޅު

    އެހެންވެދޯ ބްރިޖްގަ ދެކޮޅަށް ތި ދުއްވަނީ.
    ހިތހަހ އަރަ މިކަހަލަ ދެއުޅިއެއްނުވާ މީހުން ހޮވާބަޔަކު ހަމަ ބާވައޭ

    64
    2
  10. ފިޔަވަޅު

    އެހެންވެދޯ ބްރިޖްގަ ދެކޮޅަށް ތި ދުއްވަނީ.
    ހިތހަހ އަރަ މިކަހަލަ ދެއުޅިއެއްނުވާ މީހުން ހޮވާބަޔަކު ހަމަ ބާވައޭ.
    އާންމު ދިވެހި މީހާ ދެއިރު ދެދަޅައަށް ގޮސް އެ އޮންނަނީ ޗައިނާ ގައެއްނު .

    44
  11. Bonde

    India out

    44
  12. ބަނާނާ ސަރުކާރު

    ވަރެ އް އެބަހުރިދޯ ..ލަދުހަޔާތް ކުޑަކަމުން ތިމާމެން މިހުރިހާ ދުވަހު އެ އްޗެހި ގޮވިމީހުންނަ ސަލާންޖެހުމުން އެހީވީމަ....ދެންނިކަން ޗަ އިނާ އަށް އެ އްޗެހިކިޔާބަލަ...ބަލަގަ ރޔާމީން ޗަ އިނާ އާ އެކުވެރިވީމަ ކަމުނުދިޔަ އީ ތިމީހުންނަށޭ...ރޔާމީންގެ އަމި އްލަބޭނުމަށް ބްރިޖް އަޅާ ފްލެޓް އަޅާ އެ އާރޕޯޓް ހަދާ ހޮސްޕިޓާހަދާ މަގުހަދާ ބަނދަރުހަދާ ސްކޫލް އަޅާ ފްރީޓްރޭޑް އެ އްބަސްވުމެހަދާ ސިލްކްރޫޓްގަ ބަ އިވެރިވީ...މޑޕމީހުންނަކީ ވިހެ އިތަނަށްވެސް ދެވަނަފަރަށް ވަންނަން އުޅެފާނެ ބަ އެ އް..

    47
  13. އަކްމެޑް

    އަސްލުވެސް. ކުރިން ފެރީގައި ތަޅުވަމުން ގަދަ ކަނޑެއްގައި ކުރާ ދަތުރު ހާދަ ފަސޭހައޭ މިހާރު އެއޮތް ބުރިޖު މަތިން ދުއްވުމަށްވުރެ ދޯ. 😂

    48
    3
  14. ސަމާސާ

    ޗައިނާ ވިސާގެ ކަންކަން ހަމަޖެހުމަކީ އިންޑިއާ އާއި ނުލައި ދިވެހިން ނަށް ކުރިޔަށްދެވޭނެ އިތުރު ފުރުސަތެއް.
    އިންޑިއާައި ދުރަށްދާން ލިބުނު ހިތްވަރެއް.
    ޝުކުރިއްޔާ ބޮންޑޭ
    އިންޑިއާ އައުޓް

    51
  15. މަތަރަސް

    ބަލަ މިހިރަލަދުކުޑަ ބޮންޑާ ކެނެރިނަޝީދުއާ މިވެރިން އިންޑީއިން ދިނީކިހާވަރެއްތަ؟؟ މިގައުމުވިއްކާލާގެން ތިޔައުޅެނީ؟؟

    46
  16. ހުސޭނުބޭ

    ތިކަމެއް ނޭގެ. ކަލޭ ދަމަކު އެއްފަހަރު ތިއޮއް ބުރިޖު ހުރަސްކުރާއިރުވެސް ދެލޮލަށް ތި ހުންނަނީ މިރުސްފެން އެޅިފައިދޯ!

    48
  17. Anonymous

    އެމްޑީޕީ މަޖިލިސް މެމްބަރުންގެ ޒިންމާއަކީ ހަމައެކަނި ކުރީސަރުކާރު ނުތަ ޔާމީނުގެ ވެރިކަމޭކިޔައި މިސަރުކާރާއި އަޅުވައި ކިއުންބާއޭ ހިތަށްއަރާ؟؟ އަދި މިއީތޯ އިއްޒަތްތެރި މެމްބަރުންގެ ދާއިރާ ރައްޔިތުންނަށް ޚިދުމަތްދޭންޖެހޭ ގޮތަކީވެސް؟؟ ޔާމީނުގެ ސަރުކާރުގައި ޗައިނާއިން ދިވެހި ރައްޔިތަކަށް އެއްވެސް ދަތިކަމެއް ކުރިމަތި ވެފައިވާކަމެއް އެނގިފައެއްނެތް، ތިޔަ އަނގަފޮޑި ބޮންޑާއަށް އެނގިފައޮތިއްޔާ ނިކަން ބުނެދޭންވެސް ޖެހޭނޫން، ރ.ޔާމީން ދައުރުގަވެސް ޚާއްސަކޮށް މެޑިސިން އާއި އައިޓީ ދާއިރާއިން އެތައްހާސް ދަރިވަރުން ޗައިނާ ޔުނިވަސިޓީތަކުން ގުރެޖުއޭޓްވެގެން އައިސް މިގައުމުގައި ޚިދުމަތްދެމުން އެބަދޭ، ޗައިނާ ހިމަނައިގެން ނޭޕާލް އިންޑިއާގައިވެސް މަތީތައުލީމު ހާސިލުކުރި ދަރިވަރެއްގެ ހައިސިއްޔަތުން ބުނެވޭނީ އެންމެ އުނދަގޫ ކުރިމަިވީ އިންޑިއާގައޭ އަދި އެންމެ ފަސީހަކޮށް ކަންތައްދިޔައީ ޗައިނާގައޭ،

    46
  18. ޑޮންބެ

    މިމީހުންނާއި ޔާމީނާއި ހުރި ތަފާތަކީ އެއީ ، ޔާނމީނުގެ ވެރިކަމުގައި ޗައިނާ އިން ރައްޔިތުމީހާ އަށް ލިބިދީގފައިވަނީ އިންތިހާ ދަރަޖައިގެ ދާއިމީ ފައިދާ ތަކެއް ، މިސާލަކަށް ދަރަުމަވަންތަ ހޮސްޕިޓަލް ސިނަމާލެ ބްރިޖް ފަދަ ދާއިމީ ލުއިފަސޭހަ ފައިދާ ތަށް ރައްޔިތުމީހާ އަށް ލިބެމުންދާކަހަލަ ކަންތައްތައް ،

    47
    2
  19. ބޯގޯސް

    ލޮލަށް ގޮވާކަށް ނެތިން. އެކަމަކު އެއޮށް ބުރިޖާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އަޅާފަހުރި 7000 ފުލެޓާއި، އެއަރޕޯޓުގެ ތަރައްޤީ ޕްރޮޖެކްޓް މީ ރައްޔިތުންނަށް ފަސޭހައެއް ލިބޭ ތަންތަންކަން މިކަލޭގެ ސިކުނޑިއަށް ނުވިސްނުނީތީ ހިތާމަކުރަން.

    21
  20. Anonymous

    ބޮންޑާ އިރުގެ އަލިކަން ކަލޭލޮލަޢް ފެނޭތަ .ޗައިނާއިން ކުރާކޮންމެ ކަމަކީ ޔާނު ފަށާފަހުރި ކަންތައް ކަލޭމެންގެ ބާގައައް އެއްވެސް ކަމެއް ޗައިނާއިންކޮއްނުދޭނެ ތިހިރަ ރޫހާނީ ހާޖިީކަލޭގެފާނު ހުއްޓާ

    16
  21. ބުއްޅަބޭ

    ބޮންޑޭ ދޭބަލަ އިންޑިޔާއަށް!

    15
  22. ރައްޔިތުމީހުން

    ފްރީޓްރޭޑް އެގްރީމަންޓް އުވާލީ ކޮންބައެއްބާ؟

    12
  23. ނަދާ

    ބޮންޑޭ ކިހިނެއް ވެގެންތަ ރ ޔާމިން ގެ ނަން ތިބޭނުން ކުރަނީ އެހެން ނޫނަސް އެނަން ގިނަ ގިނައިން ބޭނުން ކުރާތި އިގޭ އެއީ މިގައު އާރާސް ކޮށް ދެއްވި މިގައުމުގެ ހީރޯ ވ ވ ވެދުން ބޮންޑޭ އަށް

    13
  24. ކުޔުންތެރިއެއް

    އަހަރެންނަކީ ދެކުދިންގެ މަން މައެއް. ފެރީއިން މާލެ ދަތުރު ކުރަން ހަފްތާއަކު މަދުވެގެން 1ފަހަރު. ބަލި ދަރުފުޅު ގޮވައިގެން ހަގު ދަރި އުރައިގެން ފެރީން ދަތުރު ކުރަނީ ދަތި ހާލުގަ. ގިނަ ފަހަރު ޖާގަ ނުލިބިގެން 2 ދަރިން ފައި މަތީގަ ބައިންދާގެން ދަތުރު ކުރަނީ. މިކަން ތަޖުރިބާނުކުރާ މުއްސަދިންނަކަށް ނޭގޭނެ މިއަދު ބުރިޖު މަތިން ދަތުރު ކުރަނީ ވަރަށް ފަށޭހައިގަ.

    15
  25. ހަނީފް

    ހޭބަލިވާ އަނގަ ޗަރާޑިއާއެވެ. ޗައިނާގެ އެހީ ހޯދައިގެން ޔާމީން އެޅި މާސިންގާ ބުރިޖުން ކަލެއާ ކަލޭގެ ޢާއިލާ ދުވާލަކު ދެފަހަރު ހުޅުމާލެއަށް އަރާ ޖަހާ ސަކަރާތަކީ ފައިދާއެއްނޫންހެއްޔެވެ. ކުދިން ބަރުވެހިކަލްތައް ހުޅުމާލެއަށް ނުގެންދެވި ވަނިކޮށް ބުރިޖުން ބަރުވެހިކަލްތައް ކޮޅުކޮޅަށް މުދާއުފުލައި ދަތުރުކުރުން އެއީ ފަސޭހައެއްނޫންހެއްެޔެވެ އޭ މަޔަގަނޑާއެވެ.

    12
  26. ފާފު ދާލު.

    ޔާމީން ވަގަކަށްވި ޒަމާން ހިގައްޖެ. ޗައިނާގެ ދަރަނީގެ ދަންތުރަ ވާހަކަވެސް ނިމިއްޖެ. އިއްޔެ ޗައިނާގެ ފޮރިން މިނިސްޓަރ އައިސް 968 މިލިއަން ރުފިޔާ ދައުލަތަށް ދޭން ބުނީ. އަސްކަރީ ސިފައިން ބައިތިުއްބަން އަމުރެއް ނުކުރާ. އަވަށްޓެރި އިންޑިއާ މިހާރު ލަދުގަންނަން ޖެހޭނެ. އިންޑިއާ އަށް ބަރޯސާވާ ބޮޓުން ވެސް ލަދުގަންނަން ޖެހޭނެ. ދިވެހި ރައްޔަތުން މިހާރު ފޫހިވެފަ ތިބޭނީ. ދެންވެސް އަނގަ ލައްޕައިގެން ހުރެވޭތޯ ބަލަ.

    13
  27. ދިވެހި ދިދަ

    ޔާމީންގެ ވެރިކަމުގައި ޗައިނާއާއި އެކު ގާތް ގުޅުމެއް ބޭއްވިއިރު، އޭރު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގީ ޗައިނާގެ އެހީގައެވެ. މި ގޮތުން ސިނަމާލެ ބްރިޖްއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި، އެ ބިމުގައި ގާއިމްކުރި ފްލެޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، އެ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު އުމްރާނީ ބިނާތަކުގެ މަސައްކަތް ވެސް ހިމެނެއެވެ.

    ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފައިދާ ލިބޭނެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޔާމީންގެ ވެރިކަމުގައި ޗައިނާ އާއިއެކު ސޮއި ކުރިއެވެ. ނަމަވެސް އެއްބަސްވުމަށް އަމަލު ނުކުރަން ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނިންމާލާފަ އޮތީ ކީކޭތޯ ނޫސްވެރިޔާ ލިޔެފަ...ދެލޯބޮޑުކޮށްފަ ބޮްޑޭކިޔާބަލަ...

    11
  28. ޖާނޭ

    ތިއޮތީ ކަމެއް ކުރެވިފައި! ދެން އެއްޗެތިކިޔާ! ކަންތައް ކުރަން ސަރުކާރެއް ގެންނަނީ. ކަންކަން ކުރަން ޖެހޭނެ. އެއީ ބޮންޑެމެންނަށް މުސާރަދިފައިތިޔަ ބައްިތިއްބަނީ ރައްޔިތުންންށް ކަންތސް ކޮށްދޭން. ހަރުބަހެއްގައި އޮވޭ! " ލޯފަން ޔަޙްޔާ ކާޅު ހިފާހެންނޭ" މިގޮތަށް އުޅުމުގެ ތެރޭގައި ކުޑަކެއްކޮށްލެވުނީމާ މުޅިތަންގަނޑު އެންމެނަށް ނޮފުރައްޕާންވާ ވަަރަށް ހަލޭއްލެވިއަކަސް ތިޔައީ އެހާ ބޮޑު ކަމެއް ކުރެވުނީ ކަމަކަށް ނުދެކެން.
    " އައުކުކުޅަކަށް ގައު ބިހެއް އެޅުނީމަ" ހަޅެއްލަވާ ހެން ބޮންޑޭމެން ހަޅޭއްލަވަނީ.

    12
  29. އަބްދޫ

    ދިވެހިންނަށް ލުއި ލިބުނަ ނުދޭން އެމްޑީޕީ ން ނިކުމެދަނީ މަސައްކަތް ކުރަމުން ،މިހާރު ރަނގަޅުކަންކަމުގަ އެމްޑީޕީއައެކު އިދިކޮޅު މިއޮންނަނީ ގޯސްކަންމުގަ އިހްތިޖާޖްގަ އިދިކޮޅު މިއޮންނަނީ މިހާ ރު އިދިކޮޅުން ނުގޮވާ ޓޫރިސްޓުންނާންނާކަށް އެމްޑީޕީ އިދިކޮޅުގަ އޮވެ ގޮވީ ޓޫރިސްޓުން ނައުމަށް.

    13
    1
  30. ހާމިދު ޝާހިދު

    ދިވެހިން އެހާ ދާހިތުން އުޅޭތަނެއްނޫން ޗައިނާއަކީ. ޑީމާންޑެއް އޮތިއްޔާ އެކަމަކާ އުޅެވޭނީ. އެކަމަކު ދިވެހިންނަށް މުހިންމުވީ، ޗައިނާ ފަތުރުވެރިން. އެކަން މެކުހައްޖަހައިދެއްވީ ރައީސް ޔާމީން. ޗާޓާޑް އަދި ޝެޑިއުލް ދަތުރުތައް މެކުހައްޖެއްސެވި. އެއާއެކުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ ވެގެންދިޔައިރު، ދިވެހި އެތަކެއް ސަތޭކަ ކިޔަވާ ކުދިންނަކަށާއި، ޢާންމުންގެ އެތައްބަޔަކަށް، ސްކޮލަޝިޕްތަކާއި އެނޫން ދަތުރުތައް ލިބިގެން ދިޔަ. އަދި ޗައިނާއިން މުދާ ފަސޭހަކަމާއެކު ގެންނަން ބޭނުންވި މީހުންނަށް އެކަންވެސް ފަހި ކޮށްދެއްވި. ޗައިނާގެ ބޯޑަރު އަދި ހުޅުވާލާނޭ ދުވަހެއް ނޭންގޭއިރު، ވިސާ ފްރީވުމަކުން ލިބޭ މަންފާއެއް އަދި މީން ދުވަހަކު ލިބޭކަށެއް ނެތް.

  31. ޙެހެހެހ

    މީ ކަފަ މުހައްމަދު

  32. ހަސަން ކުރުސީ

    ހާއްޖީ ބޮންޑޭ ޝުކުރިއްޔާ.