މާލޭގައި ވައިރަލް ރޯގާއެއް ފެތުރި ހޮޑުލުމާއި ބޭރަށް ހިންގުން ދަނީ ގިނަވަމުންނެވެ ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ކަންކަން މާލޭގައި ފެތުރެމުން ދިޔުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ފައިސަލް ވަނީ މިފަދަ ހާލަތްތަކުގައި އަމަލު ކުރަންވީގޮތް ވިދާޅުވެ ދެއްވައިފައެވެ.
އެގޮތުން ހޮޑުލާ ކަމުގައި ވާނަމަ ހޮޑަށް ބޭސްފޮދެއް ދީފައި ދިޔާ އެއްޗެހި ރަނގަޅަށް ދީ، ފެން މަދުވިޔަނުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، ބަނޑު ދިޔާވާކަމުގައި ވާނަމަ ކިރާ ޑައިރީ ހުއްޓާލަން ޖެހޭކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ލޮނުޕެކެޓް ނުވަތަ ބަތްޕެންވެސް ރަނގަޅުވާނެ ކަމަށެވެ. އަދި މާބަނޑު މީހުންނަށް ވެސް ލޮނުޕެކެޓް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އާންމުކޮށް ފިހާރަތަކުގައި ވިއްކަން މިހުންނަ ޔޯގަޓަކީ އަސްލު ޔޯގަޓު ނޫން ކަމަށާއި އަދި އެ ދީގެން ކުއްޖާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ފިހާރަތަކުގައި ވިއްކަން މި ހުންނަނީ އަސްލު ޔޯގަޓެއް ނޫނެވެ. އަދި އެއަށްވުރެ ބަތްޕެންވެސް މާ ރަނގަޅެވެ.
ހަމައެހެންމެ ބަނޑަށް ތަދުވާ ނަމަ، ޖެލޫސިލް ކަހަލަ ވަޔަށް ދޭ ބޭހެއް ވެސް ރަނގަޅުވާނެކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ބަނޑަށް ތަދުވުން މާބޮޑަށް ދިގުލައިގެން ދާކަމުގައި ވާނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން ލޭގެ ޕްރެޝަރ ދަށްވާތީ ވެސް ބަނޑަށް ތަދުވާ ކަމަށާއި އެހެންކަމުން ފަހަރުގައި އައިވީ ދޭން ޖެހިދާނެކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުން އިތުރުވެފައިވާ އިރު ރާއްޖޭގައި ވައިރަލް ފީވާތައް ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޭރަށް ހިންގުމާއި، ހޮނޑުލެވުން ފަދަ ކަންކަން ދިމާވާ ނިސްބަތް މިހާރު އިތުރުވެފައިވާތީ ސަމާލުވުމަށް ޑޮކްޓަރުން ވެސް އަންނަނީ ނަސޭހަތްތެރިވަމުންނެވެ.
ފައިސަލް ގަބޫލުކުރައްވަންތޯ އެސްފީނާ
ޢެސްފީނާއަކުން އެހާ ގިނަބަޔަކަށް އަސަރު ކޮށްފާނެބާ . މަމެން ގޭގަ ހަމީހުން ތިބިއިރު ފަސް މީހުނަށް ޖެހިފަ. މިއަކީ އެސްފީނާ އެއްނޫން
..."އާންމުކޮށް ފިހާރަތަކުގައި ވިއްކަން މި ހުންނަނީ އަސްލު ޔޯގަޓެއް ނޫނެވެ. އަދި އެއަށްވުރެ ބަތްޕެންވެސް މާ ރަނގަޅެވެ."
މިހާ ސަޅިކޮށް ކަންކަން ބުނެދޭ ދެވަނަ ޑޮކްޓަރަކު ހުންނަނަމަ މިހާރު ދިވެހިން ސިއްހަތު ރަނގަޅުކާއެއްޗެއްސަށް ފަރިތަވާނެ.
ޖަޒާކަﷲ ޚައިރް
ޚަބަރުގެ ތެރެއިން ކުއްލިއަކަށް ޔޯގަޓްގެ ވާހަކަ އަންނަންވީ ގޮތެއް ނުވިސްނުނު. ލޮނުޕެކެޓް ދޭށޭ ކިޔާފަ ޔޯގަޓް .. .
އެއީ ބައެއް ޑޮކްޓަރުންނާއި ސިއްހީ މަހިރުން ބޭރައް ހިންގާ ކުދިންނަށް ޔޮގަޓް ދިނުމައް ލަފާދޭ އަޑު އަހާފަ ރާއްޖޭގަވެސް އެކަން ކުރާތީ ފިހާރަ ތަކުގަ އާންމުކޮށް ލިބެން ހުންނަ ޔޯގަޓް ޑްރިކްސް އެކަމަށް ކަމު ނުދާ ވާހަކަ އެބުނަނީ
ޑރ. ފައިސަލްއަށް ﷲ ދުޅަހެޔޮ ސިއްޙަތަކާއި ދިގު އުމުރުފުޅެއް ދެއްވާށީ. އާމީން