ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަނަށް ނެރޭ ރަނިންމޭޓް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ކުރިމަތިލައްވައިފި އެވެ.

ޑރ. ހުސެއިން ރަޝީދު ކޯލިޝަންގެ ރަނިންމޭޓަކަށް ކުރިމަތިލައްވާފައިވާއިރު އޭނާއަކީ އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ. އެ މަސްއޫލިއްޔަތު އޭނާއާ ހަވާލު ކުރެއްވީ ކައުންސިލު ބައްދަލުވުމެއްގައި ނެގި ވޯޓަކުން ތާއިދު ލިބިގެންނެވެ.

ފައިސަލް ނަސީމަކީ ޕާޓީގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ޕާޓީއަށް ތާއިދު ހޯދުމަށް ފައިސަލް ނަސީމް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީން ހުޅުވާލާފައިވާއިރު އެ މަގާމަށް ފައިސަލާއި ޑރ. ހުސެއިންގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ރަނިންމޭޓަކު އިޚްތިޔާރު ކުރުމުގައި ޕާޓީގެ ޢާންމު މެންބަރުންގެ ރައުޔާއި ތަދުބީރު ބޭނުންވާނެއެވެ. އެބަހީ، އެބާވަތުގެ ކަންކަމަކީ، ރައްޔިތުންގެ ޚިޔާލާތާއި ގުޅިފައިވާ ކަންކަމެވެ.

  2. ހަބޭސް

    ކޮބާ މޮހަންމާ ކުރިމައްޗެއް ނުލާތަ