ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓާއި ގުޅިގެން ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ފަހަކަށް އައިސް ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް އެރުމަށް ހަދާފައިވާ ބްރިޖް ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޒައިކީ

  ތިޔަ ތަނަށް އަރާ ހަވީރު ފިންޏަށް ރޭސްޖަހަން އަރާ ޕާޓޭ ކުދިންގެ ކާރުކޮޅުތައް.. ފުލުހުން އެބަޖެހޭ އެކަންކަން ހައްލުކުރަން

  26
 2. ބުރުގާ

  އެމްޑީޕީ ކުދިން ބުނާހެން "ގޭގަ އޮތްނަމަ"

  20
  7
 3. ބެއްޔާ

  ކުރީ ދުވަހުވެސް ކޮމެންޓްކުރިން ދެވަނަފިޔަވަހީގައިވެސް ދުއްވަނީ ބުރިޖުގައި ދުއްވާވަރަށްވުރެވެސް ބާރަށޭ. މިތާނގާ ދުއްވަންވީ ވަރެއް އެނގޭ ބޯދެއް ނުހުރެޔޭ.

  20
 4. ޢަރީ

  އެންމެއަވަހަށް މިހާރު ކުރަންވީ ކަމަކީ ހިޔާފްލެޓާ ދިމާއިން ބީޗަށް ފައިބާ މަގުގައި މަގުހުރަސް ކުރާ ތަނެއްހެދުން. ނޫނީ އެކްސިޑެންޓް ހިނގުން ވަރަށްގާތް. ރަނގަޅީ މަގުހުރަސްކުރަން ބުރިޖްއެއް ހެދުން.

  23
 5. ހެހެހ

  ބާރަށްދުއްވާ ކާރެއް ، ސައިކަލެއް ހުއްޓުވާލެވޭވަރު މީހަކު މިޤައުމަކުނެތް ، ޕވޓ ކާރުތައް އުޅެނީ އުޅޭނެގޮތަކަށް ، އެމީހުން ނޫންބަޔަކު އުޅޭހެންހީނުވެ

  • ރައްޔިތު މީހާ

   ހަމަ ވަރަށް ބޮޑު ތެދެއް ތިބުނެއްވީ....

 6. މޯޑް

  މިހާ ރު ފު ރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް އަދި ދެވަނަ ފިޔަވަހިން ފު ރަތަމަ ފިޔަވައްސަށް އަ ރަން އޮންނަ ބު ރިޖު ހަދާފަ އޮންނަ ގޮތުން އެސަ ރަހައްދުގައި އެކްސިޑެންޓް ގިނަވަނީ. އެތަނުން ފައިބާއި ރު ދެ
  ފަ ރާތުގަ އެއޮންނަ ހު ރަސް މަގަށް އެ ފޭބެނީ. އެއީ
  ވަ ރަށް ނު ރައްކާ ވާސަބަބެއް. އެތަން އަސްލު ހަދަންވީ މިބުނި 2 ހު ރަސް މަގު ބު ރިޖުގެ ދަށަށް ދާ ގޮތަށް.
  އެއި ރުން އެތަން ބްލޮކް ނުވެ ދުއްވޭނެ.