އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މެޑަމް ފާތުންގެ މޮޓޯކޭޑަށް ހުރަސް އެޅި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށްފަހު އެނބުރި މަރަދޫއަށް ދިޔަ މަގުމަތީގައި ކަމަށް "އައްޑޫ ލައިވް" އިން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ދެމީހުންގެ މައްޗަށް ކުރެވިފައި ވަނީ ފުލުހުންނަށް ނުކިޔަމަންތެރިވުމުގެ ތުހުމަތެވެ.

އިއްޔެ އައްޑޫ ސިޓީގައި ހިނގިދައިދިޔަ އެ ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލައިފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންނެވެ.

އިއްޔެ މެޑަމް ފާތުން އައްޑޫ ސިޓީގައި ބޭއްވި ރެލީގައި އެތައް ހާސް މީހުން ވަނީ ބައިވެރިވެ ރައީސް ޔާމީންއާއެކު ތިބިކަމުގެ ޝުއޫރު ފާޅުކޮށްފައެވެ. އެކަމަނާ އައްޑޫ ސިޓީއަށް ވަޑައިގަތުމުން ޕީޕީއެމް އަދި ރައީީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ވަނީ މަރުހަބާ ކިޔާފައެވެ.

"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ނަމުގައި ބޭއްވި ރެލީގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ފަސްޓްލޭޑީ، ތިން ދުވަހުގެ ދަތުރުފުޅެއް އައްޑުއަށް ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖައުފަރު

    ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތީތަ

  2. ފާތުން

    އެތައް ހާސް ބައެކޭ؟ ޢެތާ ވޯޓް ދެވޭނެ 600 މީހުން ތިބިކަމެއްވެސް ނޭގޭ.

  3. އަލީ

    ހަޔާތްކުޑަ މީހުންވެސް އުޅޭ އެކަމު މިރީނދޫވަރުގެ ނުލަފާ ބަޔަކު ނުދެކެން.

    • ބޮކި ބޮކި ބޮކި

      ރީނދޫބައިގަޑު މާމޮޅުވާނެ ކަލޭމެން އެމީހުންނާ އަރާހަމައެއް ނުކުރެވޭނެ...

  4. ޫމޯޑު

    ޙަޖަމްނުވީދޯ

  5. ވެރި ސޮރު

    ޤާނޫނީ އެއްވެސް ހައިސިއްޔަތު ނެތްމީހަކު ކޮން މޮޓޯ ކޭޑެއްގައިތޯ ތިގެންދަނީ ޕޮލިހުން.!

  6. ސ ނުން ސޮނިބެ

    ގޭގަ އޮތްނަމަ އެހެން ނުވީހެއްނު

  7. ސ ނުން ސޮނިބެ

    އޭނަ ގޭގަ އޮއްވަތަ ހުރަސް އެޅީ

  8. Anonymous

    މިފަހަރުވާ ހުރަސްތާ ދެން ފަހަރަކު...

  9. ބެއާ

    މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައިސް ލާރި ބެހީ